Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލިއްޔަތު ކޮމެޓީ

ގަވަރުނަރާއި އެފްއައިޔޫގެ ކުރީގެ ދެ ވެރިން މާދަމާ ކޮމިޓީއަށް ހާޒިރުކުރަނީ

4 މާރިޗު 2019 | ހޯމަ 14:10

ހާޒިރު ކުރަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 4 މާރިޗު 2019 | ހޯމަ 14:10
އެމްއެމްއޭގެ ކުރީގެ ދެ ވެރިންނާއި، ގަވަރުނަރު ކޮމިޓީއަށް ހާޒިރުކުރަނީ އަންގާރަދުވަހު

އެމްއެމްއޭގެ ކުރީގެ ދެ ވެރިންނާއި، ގަވަރުނަރު ކޮމިޓީއަށް ހާޒިރުކުރަނީ އަންގާރަދުވަހު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު ނަސީރާއި ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ދެ ވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އަންގާރަ ދުވަހު ހާޒިރުކުރަން ނިންމައިފިއެވެ.

އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކުރަނީ އަންގާރަ ދުވަހުގެ 11.45 އަށެވެ. އާތިފް އަށް ފަހު އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ އަބްދުﷲ އަޝްރަފް ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި އޮތީ އަންގާރަ ދުވަހުގެ 11:15 އަށެވެ. މީގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު އާއި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހްމަދު ނާސިރު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ 12:30 އަށެވެ.

Advertisement - newsAdvertisement

އެފްއައިޔޫގެ ކުރީގެ ދެ ވެރިންނާއި، މިހާރުގެ އެފްއައިޔޫގެ ހެޑްގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު ކޮމިޓީއަށް ހާޒިރުކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓް އާންމުކުރުމާއި ގުޅިގެން، އެކަމާއި ގުޅޭ ގޮތުން މެމްބަރުން ސާފުކުރަން ބޭނުންފުޅުވާ ކަންތައް ސާފުކުރުމަށް ކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވަނީ ވިދާޅުވެފައެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރު ޣަފޫރު ވިދާޅުވީ އެފްއައިޔޫގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އެ ޔުނިޓުން ދިރާސާ ކުރުމަށް ފަހު، އެ މައްސަލަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އޭރު އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވާފައިވާ ދެ ބޭފުޅުންގެ އެއްވެސް ނުފޫޒެއް މިކަމުގައި އޮތްތޯ ބެލުމަށް ކަމަށެވެ.

އާތިފް އެފްއައިޔޫގެ ވެރިޔަކަށް ހުންނެވީ ގަވަރުނަރަކަށް އަޒީމާ އާދަމް ހުންނެވި ދުވަސްވަރުއެވެ. އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އަމިއްލަފުޅަށް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގް އޭސީސީން ފެށުމުގެ ކުރިންނެވެ.

އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކިކުރެއްވީ17 ސެޕްޓެމްބަރ 2018 ވަނަ ދުވަހު، މިހާރުގެ ގަވަރުނަރު އަހްމަދު ނަސީރުއެވެ. އަޝްރަފް މިހާރު ވަޒީފާ އަދާކުރައްވަނީ އެމްއެމްއޭގެ ސްޓްރެޖިކް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސެކްޝަނުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށް އަދި އެފައިސާ ނަގުދު ފައިސާ އިން ނަގާފައިވާކަމުގެ މައުލޫމާތު ރިޕޯޓް 13 ސެޕްޓެމްބަރު 2018 ދުވަހު، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ފޮނުއްވީ އަޝްރަފެވެ.

އާތިފް ޝަކޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމް ފުރުއްވި އާޒިމާ ޝަކުރޫގެ ބޭބެއެވެ. ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ދައުލަތުގެ އިދާރާއަކަށް ދޮގު ހެކި ދިނުމާއި، މަނީ ލޯންޑަރކުރި ކުރުމަށް އެހީތެރިވެދިން ކަމުގެ ދައުވާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް