Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ވޯޓް ކަރުދާހުގައި ކުރަހައިފިނަމަ ބާތިލްވާ އިސްލާހު މަޖިލީހުން ފާސްކޮށްފި

4 މާރިޗު 2019 | ހޯމަ 09:43

އިންތިޚާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައި، މިއީ ދެވަނަ ފަހަރު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 4 މާރިޗު 2019 | ހޯމަ 09:43
މަޖިލިސް ޗެމްބަރުގައި މެމްބަރުން

މަޖިލިސް ޗެމްބަރުގައި މެމްބަރުން

ރަނގަޅު ފާހަގަ ފިޔަވާ އިތުރު ކުރެހުން ކުރަހާފައިވާ ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ބަލައިގަތުމަށް އިންތިހާބާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.މި އިސްލާހު ފާސްކޮށްފައި ވަނީ 53 މެމްބަރުންގެ ވޯޓުންނެވެ.

އިންތިހާބާއި ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހު ފާސްކޮށްފައި ވަނީ، އިސްލާހު ގެންނަން ހުށަހެޅުއްވި ގޮތަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސްއެވެ. މި އިސްލާހު ދިރާސާ ކުރެއްވުމަށް އެކުލަވާލެވުނު ފަސް މެމްބަރުންގެ ކޮމިޓީ ރިޕޯރޓް މަޖިލީހަށް ހުށަހަޅުއްވަމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް ވިދާޅުވީ ކޮމިޓީ މަރްހަލާގައި ބިލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ބިލް ދިރާސާ ކުރެއްވި ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު،މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުއެވެ.

އިންތިހާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޕީޕީއެމްއިން ހުށަހެޅުއްވި މިއީ ދެވަނަ ފަހަރުއެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕީޕީއެމްގެ މަޖިލިސް މެޖޯރިޓީގައި އޮވެ، އޭރު އެ ޕާޓީން ހުށަހަޅުއްވާފައި ވަނީ ރަނގަޅު ފާހަގައެއް ފިޔަވާ އިތުރު ކުރެހުމެއް ކުރަހާފައިވީ ކަމުގައި ވީނަމަވެސް އެއީ ސައްހަ ވޯޓްގެ ގޮތުގަައި ބަލައިގަތުމަށެވެ. މިހާރު އިދިކޮޅުގައި ޕީޕީއެމް އޮވެ، ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް އެ ޕާޓީން ހުށަހަޅާފައިވަނީ ރަނގަޅު ފާހަގައެއް ފިޔަވާ އިތުުރު ކުރެހުމެއް އޮވެއްޖެނަމަ، އެއީ ބާތިލް ވޯޓްގެ ގޮތުގައި ބަލައިގަތުމަށް އިންތިޚާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ޝާހިދު ހުށަހެޅުއްވީ އިންތިޚާބާއި ބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ ހަތަރުވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތިން ވޯޓް ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓް ބާތިލުވާނެ ކަމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގްކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚަކީ ހައެއް އެޕްރީލްއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
11 ފެބުރުއަރީ 2017

ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް

11 ފެބުރުއަރީ 2017
ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް