Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރިޔާ އަހުމަދު ދީދީ

ކުރީ ސަރުކާރުން ސިފައިން ބޭނުން ކުރީ ރަސްރަނި ޕާކު ފަދަ ޕާކުތައް ހެދުމަށް: މިނިސްޓަރު މާރިޔާ

4 މާރިޗު 2019 | ހޯމަ 06:15

ހުރިހާ ކަމެއް ގުޅިފައި ހުރީ ސިޔާސީ މަސްލަހަތާ

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2019 | ހޯމަ 06:15
މިނިސްޓަރު މާރިޔާ، ސިފައިންގެ ބޭފުޅުންނާއެކު

މިނިސްޓަރު މާރިޔާ، ސިފައިންގެ ބޭފުޅުންނާއެކު

ކުރީ ސަރުކާރުގައި ސިފައިން ބޭނުން ކުރީ ރަސްރަނި ޕާކުފަދަ ޕާކުތައް ހެދުމަށް ކަމަށާއި، ގައުމީ ސަލާމަތަށް ގުޅުން ހުރި ކަންކަމަށް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއަށް ހާޒިރުކުރުމުން ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގެ އަސްކަރީއާއަކީ ވަރުގަދަ އަޒުމެއްގައި ތިބޭ ބައެއް ކަމަށާއި، ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވުމާއި ގުޅިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ދިވެހި އަސްކަރިއްޔާ އޮތް ހާލަތު ދެނެގަތުން ކަމަށެވެ.

އެގޮތުން ކުރި ދިރާސާގައި މިގައުމުގައި އަސްކަރިއްޔާ އޮތް ހާލު ފެނިވަޑައިގެން ހައިރާންވެވަޑައިގެންނެވި ކަމަށާއި، ކުރީގެ ސަރުކާރުން ސިފައިންއިންތިހާއަށް ބޭނުން ކޮށްފައިވަނީ ނާޖާއިޒް ގޮތުގައި އެކިއެކި ޕްރޮޖެކްޓް ހިންގުމަށް ކަމަށް ވިދާޅުވިއެވެ.

"އަސްކަރިއްޔާ އޮޕަރޭޝަނަލް ގާބިލްކަން ހަރުދަނާކޮށް ކުރިއަރުވައި ގައުމަށް ކުރިމަތިވެދާނެ ހަމަލާއަކުން ދިފާއު ކުރުމުގެ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތްތަން އަޅުގަނޑަށް ފެނިގެންދިޔައީ." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ ބޭފުޅުން ބޭނުން ކުރީ ރަސްރަނި ޕާކު ފަދަ ޕާކު ހެދުމަށްކަމަށާއި، އެކިއެކި އިމާރާތް ކުރުމުގެ މަސައްކަތައް ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ގުޅިފައިހުރީ ސިޔާސީ މަސްލަހަތާ ކަމަށާއި، ގައުމީ ސަލާމަތަށް ގުޅުންހުރި ކަންކަމަށް ނޫން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަސްކަރިއްޔާގެ ބޭނުން ކުރަން ހުރި އާލާތްތަކުގެ ތެރެއިން ގިނަ އާލާތްތައް ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ދިފާއީ ހަރަކާތްތަކުގައި ހަރަކާތްތެރިވާން ތިއްބެވި ބޭފުޅުން ތިއްބެވީ ނާއުންމީދުވެ މާޔޫސްވެފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށެވެ.

"މިއީ އެބޭފުޅުންގެ ކުށެއް ނޫން. މިކަމާ ޒިންމާ ނަގާނީ ކޮން ފަރާތެއްތޯ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގައުމަށް އެތައް ޒަމާންތަކެއް ވަންދެން ޚިދުމަތްކޮށްދީފައިވާ ސިފައިންގެ އެތައް ބޭފުޅުންނެތް ވަނީ އެއްވެސް ސަބަބަކާ ނުލާ ގޮތެއް ފޮތެއް ނެތި ނުބަލައި ނުހައްގުން ވަޒީފާއިން ވަކިކޮށްފައި. ނުހައްގުން އެބޭފުޅުންނާ ދޭތެރޭގައި، މިފަދަ ފިޔަވަޅުތައް ބެލޭނެ ނިޒާމެއް ނެތިފައި. އެބޭފުޅުން ޝަކުވާ ހިތްޕަވައިގެން ވަޑައިގަންނަވާނެ ތަނެއް ނެތިފައި. އެބޭފުޅުންގެ ހިތުގެ އުދާސްތައް އަޑުއަހާލާނެ ބަޔަކު ވެސް ނެތިފައި. " މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ ވެރިން ގާނޫނޫ އަސާސީއާ ގާނޫނާ ގަވާއިދަށް އެއްވެސް ބެލުމެއް ނެތި ކުރާ އަމުރުތަކަށް ސުވާލެއް ކޮށްލިކަމުގައި ވިޔަސް، އެތައް ޒަމާނެއްވަންދެން އިހުލާސްތެރިކަމާއެކު ވަޒީފާ އަދާކުރި އެތައް ބަޔަކު މަސައްކަތަށް ބެލުމެއް ނެތި ވަޒީފާއިން ވަކިކުރުމަށް ނުވަތަ އެމީހުން އެންމެ މަސައްކަތް ކުރާ ހިތް ނުވާ ދިމާލަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިން ތިބީ މާޔޫސްވެ ނާއުންމީދު ވެފައި ކަމަށާއި، ވަޒީފާގެ އެއްވެސް ޔަގީންކަމެއް ނެތިފައި ކަމަށެވެ. އަދި މިހުރިހާ މާޔޫސްކަމުގެ އިތުރުން ސިފްކޯ ހިޔާގެ މަޝްރޫއިން ބޯހިޔާވަހިކަން ހޯދުމަށް ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއާ މެދު ވެސް ކަންބޮޑުވެގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ހައިސިއްޔަތުން ރަނގަޅު އުސޫލުތަކެއް ކަނޑައަޅައި ކަންކަން ތަރުތީބު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް