Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮންސިއުމަރް ޕްރޮޓެކްޝަން އެކްޓް

ކޮންސިއުމަރ ޕްރޮޓެކްޝަން ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުށައަޅައިފި

މާރޗު 11 ގެ ކުރިން ހިޔާލު ފޮނުވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 މާރިޗު 2019 | ހޯމަ 06:07
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލް (ކޮންސިއުމަރ ޕްރޮޓެކްޝަން ބިލް)އަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 1/96 ( މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ޤާނޫނޫ އުވާލެވިފައިވާ ކަމަށާއި، އެފަރާތްތަކުގެ ހައްޤުތައް ކަށަވަރު ކުރުމަށް ކުރިއަށް ވުރެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށްޓަކައި އާ ބިލެއް އެކުލަވާލާފައިވާ ކަމަށާއި، 11 މާރިޗު 2019 ވާ ހޯމަ ދުވަހުގެ ކުރިން މިނިސްޓްރީގެ އީމެއިލަށް ހިޔާލު ފޮނުވުމަށް ހުޅުވާލެވިފައިވާ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލުގެ މައިގަނޑު މަޤްސަދު ތަކުގެ ތެރޭގައި މުދާ ގަންނަ ފަރާތްތަކާއި، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރު ކޮށްދިނުމާއި، އެ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމާއި، މަނާ ކުރެވިފައިވާ ކަންކަން ބަޔާން ކުރުމުގެ އިތުރުން އެ ފަރާތްތަކަށް ބަދަލު ހޯދޭނެ ގޮތްތައް ބަޔާން ކުރުން ހިމެނެއެވެ.

އޭގެ އިތުރުން، މި ބިލު ފަރުމާ ކުރެވިފައިވަނީ ކޯޓުން ބޭރުން މައްސަލަތައް ހައްލު ކުރެވޭނެ އިންތިޒާމެއް ހިިމެނޭ ގޮތަކަށް ކަމަށާއި، މުދާ ވިއްކުމާއި ޚިދުމަތްތައް ލިބިގަތުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ އެފަދަ މައްސަލަތައް ބަލާނެ "ކޮންސިއުމަރ އޮމްބަޑްސްމަން" ގެ މަޤާމެއް އުފައްދައި އެފަރާތުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް ބިލުގައި ކަނޑައެޅިގެންދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ކޮންސިއުމަރ ޕްރޮޓެކްޝަންގެ އާ ޤާނޫނުގެ ދަށުން އުފުލާ ޝަކުވާތައް ބެލުމަށްޓަކައި ޢައްޔަން ކުރެވޭ މިނިވަން، މުސްތަޤިއްލު ކޮންސިއުމަރ އޮމްބަޑްސްމަންއެއް ހުންނަންވާނެ ކަމަށާއި، އެ މަޤާމަށް މީހަކު ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގެ ޑްރާފްޓްގައި ބަޔާން ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށްފި

27 އޯގަސްޓު 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ  ބަޔާންތައް ބަދަލު ކޮށްފި
26 އޯގަސްޓު 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް މާދަމާ

26 އޯގަސްޓު 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް މާދަމާ
13 ޖުލައި 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި

13 ޖުލައި 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި
23 މެއި 2017

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު