Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަފީރުކަމުގެ ފަތްކޮޅު އެރުވުން

ޕޯޗުގަލް އާއީ ބެލްޖިއަމްގެ އާ ސަފީރުން މަގާމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ރައީސް ސޯލިހު ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ދެ ބޭފުޅުންނަށް ވެސް ތަހުނިޔާ ވިދާޅުވެފަ

އަމަން ހަލީމް
އަމަން ހަލީމް | 4 މާރިޗު 2019 | ހޯމަ 04:16
ސަފީރުން ރައީސް ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވަނީ

ސަފީރުން ރައީސް ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވަނީ

ޕޯޗުގަލްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކަރލޮސް ޖޯސް ޑެ ޕިންހޯ ޕެރޭރާއާއި ބެލްޖިއަމްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ފްރެންސުއާ ޑެލްހާޔޭގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުތަކުގައި، ރައީސް ސޯލިހު ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ދެ ބޭފުޅުންނަށް ވެސް ތަހުނިޔާ ވިދާޅުވެފައެވެ.

އެގޮތުން ބެލްޖިއަމްގެ އާ ސަފީރާ އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އިންސާނީ ޙައްޤުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހެޔޮ ވެރިކަމެއްގެ މުހިންމުކަމާއި ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން، މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އީ.ޔޫ. ޕޮލިސީ ޑައަލޮގްއާއި، އަންނަ ޖޫން މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ޕާޓްނަޝިޕް ފޯރަމްގެ މައްޗަށްވެސް ރައީސު އަލިއަޅުއްވައިލެއްވިއެވެ. އަދި މި ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އިންވެސްޓްމަންޓްތަކާއި އިގްތިސާދީ އެކިއެކި ހަރަކާތްތަކަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕޯޗުގަލްގެ އާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެެއްވުމުގައި ދެބޭފުޅުން ވަނީ، ޤަރުނުތަކެއް ކުރިން ދެޤައުމުގެ ދެމެދުގައި ހިނގާފައިވާ ތާރީހީ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވޭތުވެދިޔަ ތަނަށްވުރެ ކުރިޔަށް އޮތްތާގައި ވާން ހުރިކަންތައްތަކަށް އަހައްމިއްޔަތުކަން ދިނުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި ދެގައުމުގެ ގުޅުން އާ ފެށުމަކުން ފެށުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުންބަދަހިކުރެއްވުމާއި، އިގްތިސާދީ ގޮތުންނާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ރޮނގުން ގުޅުން ބަދަހިކުރެއްވުމާ ބޭހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޕޯޗުގަލްގެ އާ ސަފީރު ޖޯސް ޑެ ޕިންހޯ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރަން ލިބުމަކީ ފަހުރެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވެއެެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް ޕިންހޯ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2018

ބޭރު ޤައުމުތަކުގެ ސަފީރުންނާ ދޭތެރޭގައި ދަށު ދަރައިޖައިގެ އަމަލުތައް ހިންގުމުގެ ނަތީޖާ މި ފެންނަނީ: އަލީ ހުސެއިން

09 ޖޫން 2018
ބޭރު ޤައުމުތަކުގެ ސަފީރުންނާ ދޭތެރޭގައި ދަށު ދަރައިޖައިގެ އަމަލުތައް ހިންގުމުގެ ނަތީޖާ މި ފެންނަނީ: އަލީ ހުސެއިން
24 ޑިސެމްބަރު 2017

ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ދީނީ އަގީދާއާއީ ދީނީ އެއްބައިވަންތަކަމުގެ މަތީގައި: އަލީ މައުރޫފް

24 ޑިސެމްބަރު 2017
ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ދީނީ އަގީދާއާއީ ދީނީ އެއްބައިވަންތަކަމުގެ މަތީގައި: އަލީ މައުރޫފް
06 ޑިސެމްބަރު 2017

މިނިސްޓަރު ސައީދަށް އަބްދުﷲ ރިޔާޒު ދެއްވި ރައްދު: ތިޔައީ މީސްމީހުންގެ ތައްޕާހުން މަގާމުގެ ދިފާއުގައި އުޅޭ މީހެއް؟

06 ޑިސެމްބަރު 2017
މިނިސްޓަރު ސައީދަށް އަބްދުﷲ ރިޔާޒު ދެއްވި ރައްދު: ތިޔައީ މީސްމީހުންގެ ތައްޕާހުން މަގާމުގެ ދިފާއުގައި އުޅޭ މީހެއް؟
21 ނޮވެމްބަރު 2017

ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ޚިޔާނާތުގެ ތުހުމަތު އަބްދުއްރަހީމްގެ މައްޗަށް ކުރާ ސިޓީއެއް ލީކުކޮށްލައިފި

21 ނޮވެމްބަރު 2017
ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ޚިޔާނާތުގެ ތުހުމަތު އަބްދުއްރަހީމްގެ މައްޗަށް ކުރާ ސިޓީއެއް ލީކުކޮށްލައިފި
19 އޮކްޓޯބަރު 2017

ވިލާތުގެ އިއްތިޙާދުގެ ސަފީރުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

19 އޮކްޓޯބަރު 2017
ވިލާތުގެ އިއްތިޙާދުގެ ސަފީރުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
16 ސެޕްޓެމްބަރު 2017

ކަމަދޫ ކައުންސިލަރު ސާޖިދު މަގާމުގެ ހުވާ ކުރައްވައިފި

16 ސެޕްޓެމްބަރު 2017
ކަމަދޫ ކައުންސިލަރު ސާޖިދު މަގާމުގެ ހުވާ ކުރައްވައިފި
30 ޖުލައި 2017

ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ

30 ޖުލައި 2017
ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ
12 ޖުލައި 2017

ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

12 ޖުލައި 2017
ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
23 އެޕްރީލު 2017

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި
19 އެޕްރީލު 2017

ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

19 އެޕްރީލު 2017
ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު