Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޕީއޭ

ޑެންގީ ޖެހިގެން 368 ކޭސްއެއް، ޗިކުންގުންޔާ ޖެހިގެން 75 ކޭސްއެއް، ރިޕޯޓްކޮށްފައިވޭ: އެޗްޕީއޭ

3 މާރިޗު 2019 | އާދީއްތަ 17:19

ޖެނުއަރީ މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 5500 މީހުން ރިޕޯޓްކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 3 މާރިޗު 2019 | އާދީއްތަ 17:19
ފްލޫ ކްލިނިކެއްގައި ފަރުވާދެނީ

ފްލޫ ކްލިނިކެއްގައި ފަރުވާދެނީ

ނިމިގެން ދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން 368 ކޭސްއެއް ރިޕޯޓް ކޮށްފައިވާއިރު، ޗިކުންގުންޔާ ޖެހިގެން 75 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތުގެ މައްޗަށް އެޗްޕީއޭއިން އާންމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން ޑެންގީ ޖެހިގެން ޖެނުއަރީ މަހުގައި ރިޕޯޓްކޮށްފައި ވަނީ 518 ކޭސްއެކެވެ. އަދި ފެބުރުއަރީ މަހުގެ ތެރޭގައި 368 ކޭސްއެއް ރިޕޯޓް ކޮށްފައިވާއިރު، ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި ރިޕޯޓް ކޮށްފައި ވަނީ 51 މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބުރުއަރީ މަހުގެ ޑެންގީ ޖެހިގެން ރިޕޯޓް ކުރި އަދަދު މަދު ނަމަވެސް އެހެން އަހަރުތަކާއި ބަލާއިރު މި އަހަރުގެ ފުރަތަމަ 2 މަސް ދުވަހު ޑެންގީ ޖެހިންގެ ރިޕޯޓް ކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން އެ އެތޯރިޓީން ވަނީ ޑެންގީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

އޭގެއިތުރުން އެޗްޕީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން 206 ކޭސްއެއް ރިޕޯޓް ކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ފެބުރުއަރީ މަހުގެ 2 ވަނަ ހަފްތާގައި 75 ކޭސްއެއް ރިޕޯޓް ކޮށްފައިވާއިރު، ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި 32 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވެފައިިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ޖެނުއަރީ މަހުގެ ތެރޭގައި 5500 މީހުން ރިޕޯޓް ކުރިއިރު، ފެބުރުއަރީ މަހުގެ ތެރޭގައި އެ އަދަދު ވަނީ 3319 އަށް ދަށްވެފައި ކަމަށެވެ. އޭގެތެރެއިން ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 723 މީހަކުކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ވަނީ އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ، އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެއްޖެ

25 މާރިޗު 2017
އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ، އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެއްޖެ
23 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 23 މީހުން

23 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 23 މީހުން
21 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން މިހާރު 32 މީހަކު ވަނީ އެޑްމިޓްކޮށްފައި

21 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން މިހާރު 32 މީހަކު ވަނީ އެޑްމިޓްކޮށްފައި
20 މާރިޗު 2017

އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ

20 މާރިޗު 2017
އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ
16 މާރިޗު 2017

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ
08 މާރިޗު 2017

މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް