Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯއަސީގެ 46ވަނަ ކައުންސިލް ބައްދަލުވުން

އިސްލާމީ ގައުމުތައް އެއްބައިވަންތަވުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

3 މާރިޗު 2019 | އާދީއްތަ 02:11

މިނިސްޓަރ ވަނީ އެކުގައި މަސައްކަތް ކޮށްގެން ކަންކަމަށް ހައްލު ހޯދުމަށް އިސްލާމީ އުއްމަތަށް ގޮވާލައްވާފައި

އަމަން ހަލީމް
އަމަން ހަލީމް | 3 މާރިޗު 2019 | އާދީއްތަ 02:11
މިނިސްޓަރ ޝާހިދު އޯއައިސީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ

މިނިސްޓަރ ޝާހިދު އޯއައިސީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ

ޔޫއޭއީގައި ކުރިޔަށް ގެންދިޔަ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަންގެ (އޯއައިސީގެ) ބައްދަލުވުމުގައި، އިސްލާމީ ގައުމުތައް އެއްބައިވަންތަވުމަށާއި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އޯއަސީގެ 46ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އިންސާނީ ހައްގުތަކާ، ވިޔަފާރި އަދި މައުލޫމާތު ބަދަލުކުރުމުގެ ދާއިރާއިން އިސްލާމީ ގައުމުތަކުން އެކުގައި ކުރާ މަސައްކަތްތައް އިތުރުކުރަން ޖެހޭ ކަމަށެވެ. މިނިސްޓަރ ވަނީ މި ލަނޑުދަނޑިއަށް ވާސިލްވުމަށް އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް އިސްކުރަން ބާރުއަޅުއްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ މިދިޔަ ރިޔާސީ އިންތިހާބަށް ފަހު ރާއްޖެއިން އިންސާނީ ހައްގުތަކުގެ ދާއިރާއިން ހޯދި ކުރިއެރުންތަކާއި ޑިމޮކްރެޓިކް ހަމަތަކަށް ވާސިލުވުމަށް ކުރެވުނު މަސައްކަތްތަކާއި ބެހޭގޮތުން މެމްބަރު ގައުމުތަކަށް މައުލޫމާތު ދެއްވާފައެވެ.

މީގެ އިތުރުން ޝާހިދު ވަނީ ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖެއިން ޓެރަރިޒަމް، ހާއްސަކޮށް އިސްލާމް ދީނުގެ ނަމުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މަޝްރަހުގައި އިސްލާމީ އުއްމަތަށް މުހިންމު ކަންކަމަށް އަލިއަޅުވާލަމުން ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައާއި ރޮހިންޔާ މުސްލިމުންގެ މައްސަލައާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ޝާހިދު ވަނީ ފަލަސްތީނު މިނިވަން ދައުލަތެއްގައި ގޮތުގައި އޮންނަން ދިވެހިރާއްޖެއިން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި ރޮހިންޔާ މުސްލިމުންނަށް އެއްވެސް ކަހަލަ ހުރަހަކާއި ނުލާ އިންސާނީ އެހީ ލިބޭނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު އަބޫ ދާބީއަށް ކުރައްވާ ދަތުރުފުޅުގެ ހަވާސާގައި އެހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި އެކު ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވެއެވެ. އަދި އޯއައިސީގެ ސެކެޓްރީ ޖެނެރަލާއި އެކު ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މުސްލިމް 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީގެ މެމްބަރަކަށް ރާއްޖެވީ 1967 ވަނަ އަހަރުގައެވެ. އަދި ރާއްޖެއިން މި އަހަރުގެ ތެރޭގައި އޯއައިސީއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައި ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް