Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އަމިތް ޝަރްމާގެ ސްޕޯޓްސް ބައޯޕިކްގައި އަޖޭ

މި ފިލްމްގައި އެޖޭ ފެނިގެންދާނީ އިންޑިއަން ނެޝަނަލް ފުޓްބޯޅަ ޓީމްގެ ކުރީގެ ކޯޗު ސައީދު އަބްދުއްރަހީމްގެ ރޯލުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 މާރިޗު 2019 | ހޮނިހިރު 02:23
އަޖޭ ދޭވްގަން

އަޖޭ ދޭވްގަން

ކާމިޔާބު ބޮލީވުޑް ފިލްމް "ބަދާއީހޯ" ގެ ޑައިރެކްޓަރ އަމިތު ޝަރްމާގެ ދެން ޑާއިރެކްޓް ކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ބައޯޕިކްގައި ފެނިގެންދާނީ އަޖޭ ދޭވްގަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމްގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ އިންޑިއާގެ ފުޓްބޯޅައިގެ ރަން އަހަރުތައް ކަމަށްވާ 1951 އަދި 1962 އަކަށެވެ.

މި ފިލްމްގައި އެޖޭ ފެނިގެންދާނީ އިންޑިއަން ނެޝަނަލް ފުޓްބޯޅަ ޓީމްގެ ކުރީގެ ކޯޗު ސައީދު އަބްދުއްރަހީމްގެ ރޯލުންނެވެ.

"އަހަރެންގެ ދެން އަންނަން އޮތް ފިލްމަކީ ފުޓްބޯޅައާ ގުޅުން ހުރި ފިލްމެއް،" އަމިތު ޝަރްމާ ވަނީ ބުނެފައެވެ.

މި ފިލްމްގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި ނުވަތަ ޖޫން މަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ފިލްމަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަޖޭ އެންމެ ފަހުން ވެނިގެން ގޮސްފައިވަނީ މިދިޔަ ހަފްތާގައި ރިލީޒް ކުރި ކޮމެޑީ ފިލްމް "ޓޯޓަލް ދަމާލް" އިންނެވެ.

އަމިތު ޝަރްމާ އެންމެ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމް "ބަދާއީ ހޯ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމަދަނީއެއް ލިބިގެންގޮސްފައެވެ. އަދި މި ފިލްމްވަނީ ބޮކްސް އޮފީހުގައި ސަތޭކަ ކްރޯޑް ކްލަބަށް ވެސް ވަދެފައެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

އަޖޭގެ އެންމެ ފުރަތަމަ މަރާތީ ފިލްމަކީ "އާޕްލާ މާނަސް"

25 ޑިސެމްބަރު 2017
އަޖޭގެ އެންމެ ފުރަތަމަ މަރާތީ ފިލްމަކީ "އާޕްލާ މާނަސް"
25 ޑިސެމްބަރު 2017

އަޖޭގެ ފިލްމުގައި ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން

25 ޑިސެމްބަރު 2017
އަޖޭގެ ފިލްމުގައި ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން
28 އޮކްޓޯބަރު 2017

އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި

28 އޮކްޓޯބަރު 2017
އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި
20 އޮކްޓޯބަރު 2017

އަހަރެން އަޖޭއާ އެއްކޮށް ފިލްމެއް ކުޅެން ނޫނެކޭ ނުބުނާނަން: ތައްބޫ

20 އޮކްޓޯބަރު 2017
އަހަރެން އަޖޭއާ އެއްކޮށް ފިލްމެއް ކުޅެން ނޫނެކޭ ނުބުނާނަން: ތައްބޫ
03 ސެޕްޓެމްބަރު 2017

އަޖޭގެ "ބާދްޝާހޯ"އަށްފުތަރަމަ ދުވަހުވެސް 10.24 ކުރޯޑް ރުޕީސް

03 ސެޕްޓެމްބަރު 2017
އަޖޭގެ "ބާދްޝާހޯ"އަށްފުތަރަމަ ދުވަހުވެސް 10.24 ކުރޯޑް ރުޕީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު