Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އާމިރު ހާން އަޖޭ

އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި

އަޖޭގެ ފިލްމް މިއަހަރު ދެ ވަނަ އަށް އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެންދާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2017 | ހޮނިހިރު 09:48
ގޯލްމާލް ތަރިންގެ ތެރެއިން

ގޯލްމާލް ތަރިންގެ ތެރެއިން

އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ޝާހުރުކް ޚާން އާއި އާމިރު ޚާން އަދި ސަލްމާން ޚާންގެ އިތުރުން ސައިފް އަލީ ޚާންގެ ފިލްމަކާ އެކު ރިލީޒް ކުރާ އެހެން ފިލްމަކަށް ކުރިލިބިދާނެ ކަމަށް ގަބޫލުކުރާ މީހުން މަދޭ ދެންނެވުން ދޮގޮކަށް ނުވާނެއެވެ. ގިނަ ފަހަރަށް މި ހަތަރު ޚާންގެ ފިލްމް ރިލާޒް ކުރާ ދުވަހު ނުވަތަ އެ ފިލްމަކާ އެކުއެކީގައި ރިލީޒް ކުރާ ފިލްމަކަށް ބޮކްސްއޮފީހުގައި މާ އެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިފަހަރު މަންޒަރު މުޅިން ބަދަލުވެއްޖެއެވެ.

ބޮލީވޫޑްގެ ސްޕަސްޓާ އާމިރު ޚާންގެ "ސީކްރެޓް ސްޕަސްޓާ"އާ އެކުއެކީގައި ރިލީޒް ކުރި އަޖޭ ދޭވްގަންގެ " ގޯމާލް އެގައިން" މިވަނީ އާމިރު ޚާންގެ "ސީކްރެޓް ސްޕަސްޓާ" ފަހަތަށް ޖައްސާލާފައެވެ. އަދި އާމިރުގެ " ސީކްރެޓް ސްޕަސްޓާ" ގެ މައްޗަށް އަޖޭގެ "ގޯލްމާލް އެގައިން" އަށް ކުރި ލިބިދާނެ ކަމަށް ގޯލްމާލްގެ ޓީމުން ވެސް އުންމީދެއް ނުކުރެއެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައި " ގޯލްމާލް އެގައިން" ގައި ފެނިގެންދާ މުހުންމު ތަރިންނަކީ އަޖޭ ދޭވްގަން އާއި ޕަރިނީތީ ޗޯޕްޅާ، ތާބޫގެ އިތުރުން އަރުޝަދު ވަރުޝީއެވެ.

ބޮލީވޫޑްގެ ފިލްމްތައް ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ތަރުން ބުނެފައި ވަނީ އަޖޭގެ " ގޯލްމާލް އެގައިން" އަށް މިއަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު ދެ ވަނަ ފިލްމްގެ މަގާމް ލިބޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް އަޖޭގެ "ގޯލްމާލް އެގައިން" އަށް މިހާތަނަށް 136.07 ކްރޯޑް ރުޕީޒް ލިބިފައިވާ ކަމަށް ތަރުން ވަނީ ބުނެފައެވެ. އަދި އެއީ ހަމައެކަނި އިންޑިއާގައި އެ ފިލްމަށް ލިބުނު އާންމުދަނީ ކަމަށް ވެސް ތަރުން ބުނެފައި ވެއެވެ.

ދެން އޮތީ އާމިރު ޚާންގެ "ސީކްރެޓް ސްޕަސްޓާ" ގެ ވާހަކައެވެ. މި ފިލްމަކީ "ޑަންގަލް" އަށް ފަހު އާމިރު ޚާން ޕްރޮޑިޔުސްކޮށް ރިލީޒް ކުރި ފުރަތަމަ ފިލްމެވެ. މި ފިލްމުގައި އާމިރު ޚާންގެ އިތުރުން ފެނިގެންދަނީ ކުޑަކުދިންގެ ރޯލްތައް ކުޅޭ އެކްޓްރެސް ޒައިރާ ވަސީމްއެވެ. އަދި ފިލްމުގައި ލީޑްރޯލް އަދާކޮށްފައި ވަނީ ވެސް ޒައިރާއެވެ.

ސީކްރެޓް ސްޕަސްޓާ އަށް މިހާތަނަށް ލިބިފައި ވަނީ 41.59 ކޮރޯޑް ރުޕީޒްއެވެ. އެ ފިލްމަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މާ އެދެވޭ ކާމިޔާބީއެއް ލިބިދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް ފިލްމް އުފައްދަން ދިޔަ ހަރަދު ވަނީ ފިލްމަށް ލިބިފައެވެ. އެގޮތުން "ސީކްރެޓް ސްޕަސްޓާ އުފައްދަން ދިޔައީ 15 ކްރޯޑް ރުޕީޒްއެވެ.

އާމިރު ޚާންގެ "ސީކްރެޓް ސްޕަސްޓާ" 100 ކްރޯޑް ރުޕީޒް ވެސް ނުލިބޭނެކަން ޔަގީންވެފައިވާއިރު ފިލްމަށް މިހާތަނަށް ލިބިނު ކާމިޔާބީއާ ގުޅޭ ގޮތުން އަމީރު ޚާން ބުނެފައި ވަނީ ދުނިއޭގެ އެކި ހިސާބުތަކުން ފިލްމަށް ލިބެމުންދާ ތަރުހީބާއި ލޯތްބަށް ޝުކުރު އަދާ ކުރުމަށެވެ. އަދި ފިލްމަށް ލިބެމުންދާ އާންމުދަނީއާ މެދު ވަަރަށް ހިތްހަމަ ޖެހޭ ކަމަށް އާމިރު ވަނީ ބުނެފައެވެ.

ނަމަވެސް ފިލްމް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އާމިރު ޚާންގެ މި ފިލްމަކީ މިވަގުތު ބެލުންތެރިން ބޭނުންވާ ފަދަ ވާހަކައެއްެގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ނޫނެވެ. ނަމަވެސް ފިލްމް ޑިސެންބަރު މަހު ރިލީޒް ކުރި ނަމަ މިއަށްވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ފިލްމް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި

ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި

13 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު