Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެލާޖިކްވުން

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

1 މާރިޗު 2019 | ހުކުރު 11:55

އެލާޖިކްވާ ތަކެތިން ދުރުވާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2019 | ހުކުރު 11:55
އެލާޖިކްވުމުން އަމިއްލައަށް ބޭސް ބޭނުން ކުރުމަކީ ނުރައްކާތެރިކަމެއް..

އެލާޖިކްވުމުން އަމިއްލައަށް ބޭސް ބޭނުން ކުރުމަކީ ނުރައްކާތެރިކަމެއް..

ރެސްޓޯރަންޓަކުން ސީފުޑް ކައިގެން އެލާޖިކްވެ، ޒުވާން އަންހެން ކުއްޖަކު ކޯމާއަށް ދިޔަ ޚަބަރަކީ މުޅި ރާއްޖެ ސިއްސުވާލި ޚަބަރެކެވެ. ފެބްރުއަރީ މަހު 22 ވަނަ ދުވަހު އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މިޒުވާނާ އިއްޔެ ނިޔާވީ އެތައް ބަޔަކު ރޮއްވާލުމަށްފަހުއެވެ. ދާންދޫ ދާއިރާގެ މެމްބަރު، އަހުމަދު އައްސަދުގެ ދަރިފުޅު ފާތިމަތު ހަނާ، އަޅުގަނޑުމެންނާ ވަކިވެ އެ ދިޔައީ މުޅި ރާއްޖެއަށް ފިލާވަޅެއް ދިނުމަށްފަހުއެވެ. އެ ހާދިސާއިން އެލާޖިކްވާ އެއްޗެއް ކެޔުމުގެ ސީރިއެސްކަން އެންމެ ކުޑަ ކުއްޖާއަށް އެނގިގެން އެބަދެއެވެ. ނަމަވެސް ހިތާމައަކީ އެލާޖިކްވާއިރު، ކާހިތްވާނަމަ ފަރުވާ ކުޑަ ކުރުމަށްފަހު އެއެއްޗެއް ކާޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވެސް ގިނައެވެ.

އެލާޖިކެއް ވަނީ އިމިއުން ސިސްޓަމް އަށް "އެލަރޖެން" ނުވަތަ އެލާޖިކް ވާން މެދުވެރިވާ ފަދަ ކާނާއެއް، ބޭހެއް ނުވަތަ ކުނޑި/ހިރަފުސް ޖެހުމުންނެވެ. އަދި އެކަމުގެ އިންސާނާގެ ދިފާއީ ނިޒާމު ބަލިކޮށްލައެވެ.

އެލާޖިކްގެ ސީރިއަސް ކަމާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އާއްމު ބަލިތަކާއި ބެހޭ ޑޮކްޓަރެއް ކަމަށްވާ ޑރ.އުސާމާ އަލީ އުމަރު ވިދާޅުވީ އާދައިގެ އެލާޖިކެއްގައި ހަށިގަނޑު ހިރުވައި ބިހި ނާގާނެ ކަމަށާއި، މީހާގެ ނޭވައަށް އުނދަގޫވާ ހިސާބަކީ އެލާޖިކްގައި އެންމެ ނުރައްކާވާ ހިސާބު ކަމަށެވެ. މި ހިސާބުން ނޭވާލުން އެއްކޮށް ބެދޭނެ ކަމަށް ޑޮކްޓަރު އުސާމާ ވިދާޅުވިއެވެ.

އުސާމާ ވިދާޅުވީ އެލާޖިކްގެ އެންމެ ސީރިއަސް ލެވަލްގައި އެނަޕެލަޓިކް ޝޮކް ލިބޭ ހިސާބުން އަވަހަށްފަރުވާ ދޭންޖެހޭ ކަމަށާއި، ނުދެވިއްޖެނަމަ މިހާގެ ފުރާނެދާނެ ކަމަށެވެ. މިޝޮކްގައި އިންސާނާގެ ލޭގެ ހިނގުން ދަށްވެ، ނޭވާލުމަށް އުނދަގޫވާނެއެވެ. އަދި ހިތުގެ ވިންދު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ.

ޑޮކްޓަރު ވިދާޅުވީ އެލާޖިކްވާ އެއްޗެއް ކެޔުމަށްފަހު، ބޭސް ކައިގެން ބައެއް މީހުން ނިދާ ކަމަށާއި، ބައެއް ހާލަތްތަކުގައި ނިދުމަށްފަހު ކޯމާއަށްވެސް ގޮސްފައި އެބަހުރި ކަމަށެވެ. މިގޮތަށް ކޯމާގައި އޮތުމަށްފަހު ހޭނާރައި ބައެއް މީހުން ދުނިޔެ ދޫކޮށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުސާމާ ވިދާޅުވީ އެލާޖިކްވާ މީހެއްނަމަ، އެލާޖިކްވަނީ ކޮން އެއްޗެއްކަން އެމީހަކަށް އެނގެންޖެހޭ ކަމަށާއި، އެފަދަ ކެޔުންތަކުން ދުރުވާން ޖެހޭ ކަމަށެވެ. އެލާޖިކްވާ އެއްޗެއް ބޭނުންކޮށްފައި ހުންނަ ބާވަތެއް ކާނާ ވެސް ނުކެއުމަށް ވެސް ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ.

"އެލާޖިކްވަންޏާ އަމިއްލައަށް އެލާޖިކް ލިސްޓެއް ހެދުން ވަރަށް މުހިންމު. ކާން އިށީނަސް އޭގެން އެއްޗެއް ނުހިމެނޭ އެއްޗެހި ކާންވާނީ. އެފަދަ އެއްޗެއް ގެއަށް ނުވައްދަން އިލްތިމާސްކުރަން. އެލާޖިކްވާކަން އެނގި އެކްސިޕްރިމެންޓް ކޮށްފިއްޔާ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ" ޑރ ހުޝާމާ ވިދާޅުވިއެވެ.

ކެއުން މަނާ ތަކެތި އަބަދު ވެސް އިންސާނާ ކާހިތްވާނެކަން ފާހަގަކުރައްވައި އުސާމާ ވިދާޅުވީ އެއީ ސައިކޮލަޖީ ގޮތުންވާ ކަމެއް ކަމަށާއި، ނަމަވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އަމިއްލަ މީހާ އެކަމަށް އެޑިޔުކޭޓެޑްވެ ދުރުވެވޭނެ ކަމަށާއި، ކެއުމުން ގެއްލުންވާނެކަން އަމިއްލަ ސިކުޑިން ވިސްނަންޖެހޭ ކަމަށް އުސާމާ ވިދާޅުވިއެވެ.

"މިސާލަކަށް ޑައިބެޓިކް މީހާ ހަކުރުފޮނި އެއްޗެހި ކާން ކްރޭވްވާނެ. އެގޮތަށް އެލާޖިކްވާ އެއްޗެހި ކާން ބޭނުންވާނެ ބައެއް ފަހަރަށް ވަރަށް ބޮޑަށް. އެއީ ސައިކޮލޮޖީ ގޮތުންވާ ކަންކަން. އެއީ ކޮންމެހެން މީހާއަށް ލިބެންޖެހޭ އެއްޗެއް ނޫން. ކައިފިއްޔާ ވާނެ ގެއްލުން އެގޮތަށް ވިސްނުން އަބަދު ވެސް ބަހައްޓަންވީ" އުސާމާ ވިދާޅުވިއެވެ.

އެލާޖިކްވުމުން ހޯދަން ޖެހޭ ފަރުވާއަށް އިޝާރާތް ކުރައްވާ ޑޮކްޓަރު ވިދާޅުވީ އަމިއްލައަށް ބޭސް ގަނެގެން ބޭނުން ނުކުރުމަށް އެދޭ ކަމަށާއި، އެކެވޭ ބޭހަކުން ވެސް ހާލަތު ގޯސްވެދާނެ ކަމަށެވެ. އެންމެ ފުރަތަމަ ވެސް ހޮސްޕިޓަލަށް ނުވަތަ ސިއްހީ ޚިދުމަތްދޭތަނަކަށް ގޮސް ފަރުވާ ހޯދުމަށް އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން ޑޮކްޓަރު ވިދާޅުވީ އެލާޖިކްވާ މީހުން އިންސުލިން ގޮތަށް ބޭނުންކުރާ އަމިއްލައަށް ބޭނުންކުރެވޭ އިންޖެކްޝަނެއް ހުންނަ ކަމަށާއި، ނަމަވެސް ރާއްޖޭން މިއިންޖެކްޝަން ނުލިބޭ ކަމަށެވެ.

ކާތަކެތީގެ ތެރެއިން ގިނަ ދިވެހިން، ބަދަން، ރިހާކުރު، މަހުގެ ބާވަތްތަކަށް އެލާޖިކްވެއެވެ. މީގެ އިތުރުން އުޅޭ މާހައުލު ބަދަލުވެ، ހިރަފުހަށް ވެސް އެލާޖިކުވެއެވެ. އެހެންކަމުން އެލާޖިކުވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއްދީގެން ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަންޖެހެއެވެ. ޚާއްސަކޮށް ކެއުމުގެ ކަންކަމުގައި ފަރުވާ ކުޑަ ނުކޮށް އެލާޖިކްވާ ނަމަ އެކެޔުމަށް ކިތަންމެ ހިތް އެދުނަސް އޭގެން ދުރުވާންޖެއެވެ. އަދި އެލާޖިކްވާ އެއްޗެއް ކާން ބޭނުންވިއަސް އާއިލާ މީހުންނާއި، ރައްޓެހިން އެއްޗަކުން އެމީހަކު ދުރުކޮށްދޭން ވެސް ޖެހެއެވެ. މިކަމުގައި ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2017

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
06 އޯގަސްޓު 2017

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!
31 ޖުލައި 2017

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް
21 ޖުލައި 2017

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް