Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ ހިދުމަތުގައި އަންހެނުން

ފުރުސަތުތައް އެނގިއްޖެނަމަ ސިފައިންގެ ހިދުމަތަށް ވަންނަ އަންހެނުން އިތުރުވާނެ: މާރިޔާ

މިންތީގެ ހަމަހަމަ ކަމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަ ކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 1 މާރިޗު 2019 | ހުކުރު 07:14
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަންހެން ސިފައިންތަކާއި އެކު

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަންހެން ސިފައިންތަކާއި އެކު

ރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި އަންހެން ކަނބަލުންނަށް ހުރި ފުރުސަތުތައް އެނގިއްޖެނަމަ ހިދުމަތަށް ވަންނަ އަންހެނުން އިތުރުވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ ޚިދުމަތަށް އަންހެނުން ގުޅުނުތާ، 30 އަހަރު ފުރުމުގެ ގޮތުން މާރިޔާ ވިދާޅުވީ، ސިފައިންގެ ހިދުމަތަށް އަންހެނުން އިތުރު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާ މަންޒަރު ފެންނަމުން ދާތީވެ އެކަމާއި އުފާކުރާ ކަަމަށެވެ.

Advertisement - newsAdvertisement
'' އަޅުގަނޑުގެ އުއްމީދަކީ މިހެން ވަޑައިގެން އަންހެން ބޭފުޅުންވެސް ބޭފުޅުންނާއި ބައްދަލުކޮށް ކުރައްވާ އެ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކާއި މި ތަނުގައި އެބޭފުޅުންނަށް ހުރި ސްކޯޕްގެ ވާހަކަ ކިޔަދިނީމާ މި ތަނުން މިހާރަށް ވުރެ މާގިނަ އަންހެން ބޭފުޅުންގެ ފައުޖުތައް ފެނިގެންދާނެ'' ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ކުރިޔާ އަޅާބަލާއިރު ސިފައިންގެ ހިދުމަތުގައި އަންހެނުންގެ ދައުރުބޮޑުވެގެން ދިޔައީ އެންމެ ފުރަތަމަ ސިފައިންގެ ހިދުމަތަށް ނިކުތް އަންހެންކަނބަލުންގެ އަމަލުތައް ބެހެއްޓި ގޮތުން ކަމަށާއި، އުއްމީދަކީ އަންހެނުން އިތުރުވެގެން ދިޔުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އަންހެން މެމްބަރުންގެ އަދަދުވެސް މަދުކަން ފާހަގަ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކުރީގެ މެމްބަރު މާރިޔާ ވިދާޅުވީ، ސިފައިންގޭގައި ވެސް މިންތީގެ ހަމަހަމަ ކަން އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަަމަށެވެ. މާރިޔާ ވިދާޅުވީ ގައުމެއް ކުރިއަށް ދެވޭނީ މިންތީގެ ހަމަހަމަކަން ލިބިގެން ކަމަށެވެ.

އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެން ދިޔައީ 65 އަންހެން ސިފައިންނާ އެކު 1989 މާރިޗު އެއް ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ހަރަކާތްތަކެއް ހުސް ބިން ސަރަޙައްދުގައި މިރޭ އޮންނާނެއެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

ސިފައިންގެ އާއިލީ ހަވީރު ބާއްވައިފި

12 މެއި 2017
ސިފައިންގެ އާއިލީ ހަވީރު ބާއްވައިފި
28 އެޕްރީލު 2017

ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި

28 އެޕްރީލު 2017
ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި
04 އެޕްރީލު 2017

ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި

04 އެޕްރީލު 2017
ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު