Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަކީދޫގެ ސުކޫލް

ވ. ރަކީދޫގައި ސްކޫލެއް ނެތި 11 އަހަރު!

އެ ރަށުގެ އާބާދީގައި 369 މީހުން ހިމެނޭއިރު ރަށުގައި މިހާރު ދިރިއުޅެމުންދަނީ 60 ވަރަކަށް މީހުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ފެބުރުއަރީ 2019 | ބުރާސްފަތި 22:37
ރަކީދޫ ސުކޫލް

ރަކީދޫ ސުކޫލް

"ރަށުގެ ހާލަތު މިއޮތީ ފެންނާކަށް ނޫންތަ؟ މީނަ އެންމެ ކުޑައިރުއްސުރެ ގެންގުޅެނީ ދައްތަ، ދެން މާދަން ކަންނޭނގެ މީނަ ގެންދަންވީ، ގެންދަން ޖެހޭނީ ކިޔަވަން ކެޔޮދޫއަށް"

މިއީ ވ. ރަކީދޫގެ ހާލަތާއި ގުޅޭގޮތުން ސުވާލުކޮށްލުމުން އެރަށު ގިރާގޭ އުމުރުން 44 އަހަރުގެ ސިޔާމާ ހުސެއިން ދިން ޖަވާބެވެ. ސިޔާމަގެ މާމަ ދަރި އެންމެ ކުޑައިރުއްސުރެ ބަލަމުން ދަނީ އޭނައެވެ. މިހާރު އެ ކުއްޖާ ސުކޫލަށް ލާ އުމުރު އައިސް ޖެހުނުއިރު، ރަށުގައި ތައުލީމް ހާސިލްކުރާނެ ސުކޫލެއް ނެތުމުގެ ސަބަބުން، ޖެހެނީ ކައިރީގައި އޮންނަ ވ. ކެޔޮދޫއަށް ފޮނުވާލާށެވެ. މިއީ އެ ރަށުގައި ދިރިއުޅޭ މިފަދަ އާއިލާތަކުގެ ހާލަތެވެ.

އެ ރަށުގެ އާބާދީގައި 369 މީހުން ހިމެނޭއިރު ރަށުގައި މިހާރު ދިރިއުޅެމުންދަނީ 60 ވަރަކަށް މީހުންނެވެ. 2007 ވަނަ އަހަރު ގްރޭޑް ހަތަކާއި ހަމައަށް ކިޔަވަމުން ގެންދިޔަ ރަކީދޫ ސުކޫލް ބަންދުކުރީ އާބާދީ މަދުވެ ކިޔަވާނެ ކުދިން ނެތުމުގެ ސަބަބުންނެވެ. ސުކޫލް ބަންދުކުރުން ވެގެން ދިޔައީ އޭރު ރަށުގައި ދިރިއުޅެމުން ދިޔަ މަދު އާއިލާތަކަށް އަމިއްލަ ވަޒަން ދޫކޮށް ދާންޖެހުނު މައިގަނޑު އެއް ސަބަބުކަމުގައެވެ. އެގޮތުން ދަރިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ އާއިލާތައް ހިޖުރަކުރިއެވެ.

"ހަޤީޤަތުގައި ރެފިއުޖީން އުޅޭ ބީދައިން އަޅުގަނޑުމެން އުޅެން މި ޖެހެނީ. ސަރުކާރުން ކޮންމެވެސް އަވަސް ހައްލެއް ގެނެސްގެން ނޫނީ މިތާނގައި ދިރިއުޅެވޭކަމަށް ނެތް" ރަކީދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ހުސެއިން މުއާޒް ވިދާޅުވިއެވެ.

އެއްބައި އާއިލާތައް މާލެއަށާއި އައްޑޫސިޓީއަށް ހިޖުރަކުރިއިރު ފޯރުންތެރިކަން ކުޑަ އާއިލާތައް އިހްތިޔާރު ކުރީ ރަށުގެ ކައިރީގައި އޮންނަ ކެޔޮދޫއަށް ހިޖުރަ ކުރުމަށެވެ. ދަރިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ފެށި މި ދަތުރުގައި އެ އާއިލާތަކަށް ގިނަގުނަ ގޮންޖެހުންތަކާއި ދިމާވިއެވެ.

ކެޔޮދޫއަށް ގޮސް އެ އާއިލާތަކަށް ޖެހުނީ ކުއްޔަށް އެ ރަށުގައި ދިރިއުޅޭށެވެ. ކެޔޮދޫއަކީ ގެސްޓް ހައުސް ވިޔަފާރީ މިހާރު ފުޅާވަމުން އަންނަ ރަށަކަށްވުމުން، އެ ގެތައް ކުއްޔަށް ދޫކޮށްގެން ތިބި މީހުން، އެ ތަނުގައި ގެސްޓް ހައުސް ތަރައްޤީ ކުރަން ބޭނުންވުމުން އެ އާއިލާތަކަށް ޖެހުނީ އެ ގެތަކުންވެސް ނިކުންނާށެވެ. ދަރިންނަށް "ރަނގަޅު ތައުލީމެއް" ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެ ދަރިންގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އަޒުމް ކަނޑައަޅައިގެން ފެށި މި ދަތުރުގައި މަހެއްގެ މައްޗަށް ދެ ގެ ނުވަތަ ތިން ގެއަށް އެ އާއިލާތައް ބަދަލުވާން ނުޖެހޭ ފަހަރެއް ނާދެއެވެ.

ރަކީދޫ މޫސަގެ އާއިލާގައި 7 ކުދިން ތިބޭއިރު 6 ކުދިން ވަނީ އެކި ރަށްތަކަށް ހިޖުރަކޮށްފައެވެ.

"މިހާރު އަހަރެންގެ ކުއްޖާ ކެޔޮދޫއަށް ގޮސް ފަސް ގެއަށް ބަދަލުވި. ދެން ތިބި ކުދިން ވެސް ހަމަ އެފަދަ ހާލުގައި އެ އުޅެނީ، ވަރަށް ހިތްދަތި" މޫސަ ބުންޏެވެ.

ތައުލީމު އުނގެނުމުގެ ހައްޤު އެ ރަށު ރައްޔިތުންނަށް ކަށަވަރު ނުވިއިރު މިއަދު އެ ރައްޔިތުން އެވަނީ ބޯހިޔަވާހި ކަމަށްވެސް ޖެހިފައެވެ. އެ ރައްޔިތުން އެދެނީ މި ނޫން ދުވަހެއް ފެނި، މިކަންތައްތަކަށް އަވަސް ހައްލެއް ލިބިގެންދިއުމެވެ.

އެ ރަށުގައި ދިރިއުޅެމުންދާ ރައްޔިތުންގެ އުންމީދަކީ ދަރިންނާއި މާމަ ދަރިން އެއް ފަސްގަނޑެއްގައި އުޅޭ ތަން ފެނި އެންމެން އެކީގައި ދިރިއުޅޭނެ ދުވަހެއް ފެނިގެންދިޔުމެވެ. މި އާއިލާތައް ދިރިއުޅޭނެ މަގެއް ދައްކައިދިނުމަށް ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
06 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު