Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ކުރީގެ ރައިސް ޔާމީން ހިޔާނާތްތެރިވީ ހަމައެކަނީ އެމްއެމްޕީއާރުސީގެ ފައިސާއަކަށް ނޫން، އެއީ ކުޑަވަރެއް: ރައީސް ނަޝީދު

28 ފެބުރުއަރީ 2019 | ބުރާސްފަތި 19:58

ހިޔާނާތް އެތައް 100 މިލިއަން ޑޮލަރަކަށް އަރާ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 28 ފެބުރުއަރީ 2019 | ބުރާސްފަތި 19:58
ރައީސް ނަޝީދު ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސް ނަޝީދު ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހިޔާނާތްތެރިވީ ހަމައެކަނި އެމްއެމްޕީއާރުސީގެ ފައީސާއަށް ނޫންކަމަށާއި އެއީ ކުޑަވަރެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ ހިސާން ހުސެއިންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވުމަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ތުޅާދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައިތުލްމާލުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުގެ އިތުރުން ބޭރުގެ ބޮޑެތި ޖަމާއަތްތަކުން ގެނެސްފައިވާ ފައިސާ ދިވެހި ރާއްޖޭގެ މާލީ އިދާރާތަކަށް ގެނެސް އެ ފައިސާ އިން ކޮށްފައިވާ ވައްކަން މާ ބޮޑު ކަމަށެވެ. އޭގެ ޖުމްލް އެތައް 100 މިލިއަން ޑޮލަރަކަށް އަރާ ކަމަށާއި އެޓަރނީ ޖެނެރަލް އެމައްސަލަ ބައްލަވަމުން ދާ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެ މަސަތްކަތް ތަހުގީގުކޮށް ނަތީޖާ ނެރޭނެ މެމްބަރުން ނެތްކަމުގައިވާނަމަ އެ ހުރިހާ ކަމުގެ ހަގީގަތް ނުހޯދޭނެ ކަމަށެވެ.

Advertisement - newsAdvertisement
" ރައީސް އަބްދުﷲ ޔާމީން ވައްކަން ކުރައްވައިފައިވަނީ ހިޔާނާތްތެރިވެފައިވަނީ ހަމައެކަނި އެމްއެމްޕީއާރުސީ އަކުންނެއް ނޫން، އެއީ ކުޑަ މިންވަރެއް. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާފައިވާ ވައްކަމާއި ސީދާ ދިވެހިރާއްޖޭގެ ބައިތުލްމާލުން ހިންގާފައިވާ، ނަގާފައިވާ ފައިސާޔާ އަދި އޭގެ އިތުރުން ބޭރުގެ ބޮޑެތި ބޮޑެތި ޖަމާއަތްތަކާއި އެކިއެކި ނާޖާއިޒު ގޮތްގޮތައް ހޯދައިފައިވާ ފައިސާ ދިވެހިރާއްޖޭގެ މާލީ އިދާރާތަކަށް ގެނެސް އެ ފައިސާ ދައުރުކުރުވާ ދޮވެ ހަދާ އޭގެއިން ކޮށްފައިވާ ވައްކަން މާ ބޮޑު. އެތައް 100 މިލިއަން ޑޮލަރަކަށް އެބައަރާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ، ރާއްޖޭގެ ރައްޔިތުން ވެރިކަން ބަދަލުކުރީ ވައްކަން ހުއްޓުވުމަށާއި ރާއްޖޭގެ ކުރީގެ ރައީސް ހިމެނިވަޑައިގެން ހިންގެވި ހުރިހާ ވައްކަމެއް ތަހުގީގު ކުރުމުގެ އިތުރުން ގޮތް ނޭނގި މީހުން މަރުވަމުން ދާއިރު އެ މަރުތަކުގެ ހަގީގަތް ރައްޔިތުން އެނގެން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތަކުންވެސް އެމްޑީޕީ މެމްބަރުން އިންތިހާބުކޮށްގެން ނޫނީ އެކަން ނުވާނެކަން ރައްޔިތުންނަށް ސާފުވެފައިވާ ކަމަށާއި މިއަދު އިއްތިހާދަކުން ރައްޔިތުން އެދޭ ކަންތައްތަކަށް މަޖިލީހުގައި ވޯޓް ލަމުންދާތަން ނުފެންނަ ކަމަށްވެސް ރައީސް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަތީ ތައުލީމު ހާސިލް ކުރަން ދާ ކުއްޖާއަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމައްޓަކައި ކިޔަވަން ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް މުއްދަތު އިތުރުކުރުމުގެ އިތުރުން ވަޒީފާ ނުލިބި ދަފްތަރުގައި ތިބޭ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ އިތުރުން މަސްވެރިކަން ކުރާ ފަރާތްތަކަށް އެމަހަށް ވާ ހަމަ އަގު އެޖެންޑާ 19 އިން ހޯދައިދޭނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އެޖެންޑާ 19 އާއި އެކު އެ މަޖިލިސް ވެގެންދާނީ ވަގުން ހިފާ، ނަޒާހަތްތެރި، ފައިސާއަށް ނުވިކޭ މަޖިލީހަކަށް ކަމަށާއި މަޖިލީހުގެ އައުލަބިއްޔަތު އެމްޑީޕީއަށް ދޭން ޖެހޭކަމަށް ރައީސް ނަޝީދު ވަނީ ތުޅާދޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް