Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ އިން ކުނިއުކާލުން

ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓަރ ނުކުރާ މައްސަލަ ވަރަށް ބޮޑު: ވެމްކޯ

28 ފެބުރުއަރީ 2019 | ބުރާސްފަތި 13:19

މާލޭގައި 20.000 ހާސް ހައުސް ހޯލްޑް ހުރޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 28 ފެބުރުއަރީ 2019 | ބުރާސްފަތި 13:19
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެހައުސް ހޯލްޑް މެނޭޖަރ މުހައްމަދު ޝާން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެހައުސް ހޯލްޑް މެނޭޖަރ މުހައްމަދު ޝާން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓަރ ނުކުރާ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް އެ ކޯޕަރޭޝަންގެ ހައުސް ހޯލްޑް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާން ވިދާޅުވީ ރައްޔިތުންނަށް ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގޭގެއިން ކުނިއުކުމަށް ރަޖިސްޓްރީ ނުކުރާ މައްސަލަ ކަމަށެވެ. އެގޮތުން މާލޭގައި 20.000 ހާސް ހައުސް ހޯލްޑް ހުންނައިރު ވެމްކޯގައި ކުނި އުކާލުމަށް ރެޖިސްޓަރ ކޮށްފައިވަނީ އޭގެތެރެއިން 17000 ގެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

" ގިނައިން މިއުޅެނީ ކުއްޔައް އުޅޭ ފަރާތްތައް އިނގޭތޯ. އެބޭފުޅުން ކޮންޓްރެކްޓް ހަމަވީމަ ނުވަތަ އެގްރީމެންޓް ހަމަވީމަ އެގެއިން އެހެން ގެއަކަށް ބަދަލު މިވަނީ. އެވަގުތު އެބަޖެހޭ ވެމްކޯއާއި ދެމެދު ހަދާފައިވާ އެގްރިމެންޓް ކެންސަލް ކުރަން. އެއަށް ފަހު އެފަރާތްތަކުން ބަދަލުވާ ތަނަކަށް އާ ރެޖިސްޓްރޭޝަނެއް ހަދަންޖެހޭ. އެގޮތުން މިހާރުވެސް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 10 އާއި 20 އާއި ދެމެދުގެ އަދަދަކަށް އާ ރެޖިސްޓްރޭޝަން އެބައާދެ. އަދި ކެންސަލޭޝަންސް ވެސް މަދުމަދުން އެބަ އާދެ. އެހެން ކަމުން ހުރިހާ މީހުން ވެސް މި އުސޫލު ގެންގުޅޭ ކަމަށް ވާނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެ މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން." ޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ބިދޭސިން އުޅޭ ގެތަކުގައި ގިނަފަހަރަށް ގޭގެ ވެރިމީހާ ނުހުރުމުގެ ސަބަބުން ގިނަ ފަހަރަށް ރެޖިސްޓަރ ކުރެވޭނެ ގޮތް ވެސް ނޯންނަ ކަމަށާއި އަދި ރެޖިސްޓްރީ ކުރުމަށް ވެސް އެތަންތަނުގައި އުޅޭ ބިދޭސީން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ގޭގެއިން އެއް ދުވަހެއްގައި ދެފަހަރަށް ކުނި އުކާލުމަށް ގުޅާ ކޮމްޕްލެއިން ލޮކް ކުރުމުގެ މައްސައާއި އަދި މަގުމަތީގައި އަދިވެސް ކުނި ބަހައްޓާ މައްސަލަ މީވެސް ވެމްކޯއިން ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވާ ޝާން ވިދާޅުވީ މި ކަންކަން ހައްލު ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި މިކަން ހައްލުވެއްޖެ ނަމަ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކުނީގެ މައްސަލަތައް އެއްކޮށް ކަހަލަ ގޮތަކަށް ހައްލު ވެގެން ދާނެ ކަމަށެވެ.

ވެމްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތުގެ ތޭރޭގައި ގޭގެއިން ކުނި އުކާލުމާއި ވިޔަފާރި ކުރާ ތަންތަނާއި، ސްކޫލުތަކާއި މަގުތައް ސާފް ކުރުމާއި އަދި ކެޕްސްގެ ޚިދުމަތް ހިމެނެއެވެ.

ކުނި އުކާލުމުގެ ޚިދުމަތަށް ވެމްކޯއަށް ރެޖިސްޓްރާ ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް