Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19

ސަރުކާރު ކޯލިޝަން މެމްބަރުން، ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލިސް ތެރެއިން އެއްބާރުލުން ނުދެއްވާ: އަފްޝަން

28 ފެބުރުއަރީ 2019 | ބުރާސްފަތި 10:02

ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކޯލިޝަން މެމްބަރުން އެއްބާރުލުން ނުދެއްވާތީ، ކަންބޮޑުވުން ފާޅުކުރެއްވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 28 ފެބުރުއަރީ 2019 | ބުރާސްފަތި 10:02
އެމްޑީޕީގެ  ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް

ސަރުކާރު ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި ތިއްބަސް ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެ މެމްބަރުން އެއްބާރުލުން ނުދެއްވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ހަތަރު ފަހަރަށް އެޖެންޑާކޮށް، އެ ބިލް ފާސްނުކޮށް ބުރާސްފަތިދުވަހުގެ ޖަލްސާގައި ބިލްވަނިީ އެޖެންޑާއިން ނަގާފައެވެ.

Advertisement - newsAdvertisement

އެމްޑީޕީން ސިލްސިލާކޮށް ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ބުރާސްފަތިދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން އަފްޝަން ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮވެ، ފާސްނުވެ މަޖިލިސް އެޖެންޑާއިން އެ ބިލް ނަގާފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަފްޝަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލިސްގައި ތިއްބެވި ސަރުކާރު ކޯލިޝަަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން އެއްބާރުލުން ދެއްވަންޖެހޭ ކަމަށެވެ. ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) 10ގެ މެމްބަރުން ބައިވެރިވެވަޑައިނުގެންނެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.

"އެމްޑީޕީގެ ސްޓޭންޑަކީ ސަރުކާރުން ވެފައިވާ ވައުދުތަކާއި ސިޔާސަތުތައް ފުއްދުމަށް ސަރުކާރު ކޯލިޝަނުން އެއްބާރުލުން ދެއްވަންޖެހޭ ކަމަށް. އެއީ އެމްޑީޕީން ގަބޫލުކުރާ ގޮތަކީ. އެ ބޭފުޅުން އެ ގޮތަށް އަމަލުނުކުރުމަކީ އެމްޑީޕީން އެކަމާއި ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް. އަޅުގަނޑމެންގެ އިލްތިމާސްއަކީ މިކަން ވީހާވެސް އަވަހަކަށް ކޮށްދެއްވާ އަލުން ވޯޓަށް އެހޭނެ ގޮތް ހައްދަވާ އަލުން މި ވޯޓް ބައިވެރިވެވަޑައިގެން ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކޮށްދެއްވުން" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ދޭންޖެހެނީ މި ފަދަ ސަބަބުތަކާ ހެދި ކަމަށެވެ. ސަރުކާރުގެ ވައުދުތައް ރައްޔިތުންގެ މަޖިލިސް ތެރެއިން ފުއްދުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތަކަށް އެމްޑީޕީ މެމްބަރުން ހުރަސްނާޅުއްވާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އަހަން އެޖެންޑާކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެފައެއް ނުވެއެވެ.

އަންގާރަދުވަހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އެހިއިރު، އެމްޑީޕީގެ މެމްބަރެއް ވޯޓްގައި ބައިވެރިވެފައިނުވާއިރު، ޕާޓީގެ ލީޑަރޝިޕުން އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި، އެ މެމްބަރާ މެދު އަމަލުކުރާނެ އުސޫލެއް ހާމަކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ހިޔަނާތާއި ފަސާދައިގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު، ދެ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށް، ހަަތަރުވަނަ ދުވަހު މަޖިލީހުގެ ރިޔާސަތުން ވަނީ މި ބިލް އެޖެންޑާއިން ނަގާފައެވެ.

ހޯމަ، އަންގާރަ، ދުވަހުގެ ޖަލްސާއަށް ރިޔާސީ ކޮމިޝަންތަކުގެ ބިލް އެޖެންޑާކޮށް ފާސްނުވެފައިވަނީ، ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ކަމަށްވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނެތުމުންނެވެ. ބުދަ ދުވަހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށް، އެޖެންޑާއިން ބިލް ނަގަމުން ރިޔާސަތުން ވިދާޅުވެފައިވަނީ، ބިލް ދިރާސާކުރި ކޮމިޓީން ނުނިންމާ ކަންތައްތައް ރިޕޯޓްގައި އޮތް ކަމަށް ބުނެ މެމްބަރުންތަކެއް މައްސަލައެއް ހުށަހަޅާފައިވާތީ، އެ ރިޕޯޓް އަނެއްކާވެސް ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އެޖެންޑާ 19 އިގެ ނަމުގައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ފަށާފައިވާއިރު، ޕާޓީން ކުރަމުންދާ ކަންތައްތައް ކޮންމެދުވަހަކުވެސް ދަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ހާމަކުރަމުންނެވެ.

އަފްޝަން ވިދާޅުވީ ކުރިއަށް އޮތް މި އޮތް ދެ ދުވަހު ވެސް ކެމްޕޭންގެ ފޯރިގަދަ ހަރަކާތްތަކެއް އެބައޮތް ކަމަށެވެ. އެގޮތުން ބުރާސްފަތިދުވަހުގެ ރޭ ސަލްޓަންޕާރކްގައި ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަފްޝަން ވިދާޅުވީ މިއީ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންއެއް ކަމަށެވެ. މި ޑިސްކަޝަންގައި މަޝްވަރާކުރެވޭނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާ ހޯދާ ފަރާތްތަކަށް އެހީތެރިވެ ދިނުމާއި، ދަރިވަރުންގެ ދަރަނީގެ ވާހަކަތައް ކަމަށެވެ. އަފްޝަން ވިދާޅުވީ މި ޕެނަލް ޑިސްކަޝަންގައި ވީހާ ވެސް ގިނަ ޒުވާނުން ބައިވެރިވުމަކީ، އެ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު 4.15 އިގައި އެޖެންޑާ 19 ކެމްޕޭން ހިގާލުން ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، މި ހިގާލުން ފެށޭނީ އާރޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތިން ކަމަށް އަފްޝަން ވިދާޅުވިއެވެ.

މީގެ އިތުރުން ހޮނިހިރުދުވަހު ޕޯސްޓަރ ހަރުކުރުމާއި،ބިލް ބޯޑް ހަރުކުރުމާއި ލީފްލެޓް ބެހުން އޮންނާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. މި ހަރަކާތް ކުރިއަށްދާނީ ހޮނިހިރުދުވަހުގެ ހެދުނު ނުވަ އަކުން ހަވީރު ހައެއް ޖަހަންދެން އެ ދާއިރާއެއްގެ ޖަގަހައިން ހެދުނުގެ ސައިފޮދަކާއި އެކު ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް