Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކޮށްދިނުމަށް ވަޒީރުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

26 ފެބުރުއަރީ 2019 | އަންގާރަ 17:44

ރައްޔިތުންނާއި ގުޅުންހުރި މިފަދަަ މުހިއްމު ބިލެއް ފާސްނުވެދާތީ ރައީސް ހިތާމަކުރައްވާކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 26 ފެބުރުއަރީ 2019 | އަންގާރަ 17:44
ރައީސް ސޯލިހު އެމަނިކުފާނުގެ ކެބިނެޓްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

ރައީސް ސޯލިހު އެމަނިކުފާނުގެ ކެބިނެޓްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

ހިޔަނާތާއި ފަސާދައިގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފާސްކޮށްދިނުމުގައި ވަޒީރުންގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު އެދިވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކަމަށް އެދިވަޑައިގެންނެވީ، އަންގާރަ ދުވަހު އޮތް ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ކަމަށް ރައީސްގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ތިންވަނަ ފަހަރަށް އެ ބިލް އެޖެންޑާ ކުރުމުންވެސް ބިލް ފާސްވާ ގޮތް ވަނީ ނުވެފައެވެ. ކޮމިޝަންތަކުގެ ބިލް ފާސްނުކޮށް މަޖިލިސް ނިންމާލާފައި ވަނީ، ވޯޓަށް އަހަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުވެވަޑައި ނުގަތުމުންނެވެ. އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 36 މެމްބަރުންނެވެ.

"މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮވެމެ، ރައްޔިތުންނާއި ނުހަނު ގުޅުން ހުރި މިފަދަ ބިލެއް ފާސްވާވަރަށް މެންބަރުން ބައިވެރިވެވަޑައި ނުގަތުމުން، ވަރަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވި. ހުރިހާ މިނިސްޓަރުންނާއި މިއަދު ބައްދަލުކުރައްވާ ވެސް ވިދާޅުވި މަސައްކަތް ކޮށްދެއްވުމަށް،" ރައީސްގެ ތަރުޖަމާނު ހޫދު ވިދާޅުވިއެވެ.

ބިލްތައް ފާސްކޮށްދިނުމުގައި ވަޒީރުން މަސައްކަތް ކޮށްދިނުމަށް ރައީސް ސާލިހު އެދިވަޑައިގެންފައިވާއިރު، ވަޒީރުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފަސް ވަޒީރުން ތިއްބަވާއިރު، އެމްއާރުއެމްގެ ހަތަރު ވަޒީރުންނާއި، އަދާލަތު ޕާޓީގެ ތިން ވަޒީރުން ތިއްބަވައެެވެ. އަދި މީގެ އިތުރުން އެމްޑީޕީގެ ހަތް ވަޒީރުން ރައީސް ސާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވައެވެ.

ރާއްޖެެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސްގެ ތަރުޖަމާނު ހޫދު އިތުރަށް ވިދާޅުވީ، ރައްޔިތުން ބޭނުންވާ މިކަހަލަ މުހިއްމު ކަންތައްތައް ވީހާވެސް އަވަހަށް ނިމުމަކީ ރައީސް ސޯލިހު އެދިވަޑަގަންނަވާ ގޮތް ކަމަށާއި، ތިންވަނަ ފަހަރަށް އެޖެންޑާ ކުރުމުންވެސް ބިލްތައް ފާސްނުވުން ރައީސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިކަމަށެވެ.

ހިޔަނާތާއި ފަސާދައިގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފާސްކުރުމަށް އެންމެ ފުރަތަމަ އެޖެންޑާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހުވެސް މެންބަރުން ހަމަނުވުމުގެ ސަބަބުން ބިލް ފާސްވާގޮތެއް ނުވިއެވެ. އަދި އެއަށްފަހު މަޖިލިސް ދިޔައީ ޗުއްޓީއަށެވެ. އަދި ބިލް ފާސްނުކޮށް މެމްބަރުން ޗުއްޓީއަށް ދިއުމާ ގުޅިގެން، ރައީސް ސޯލިހު އޭރުވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ މެންބަރުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް ވެސް މަސައްކަތް ކުރިނަމަވެސް ކާމިޔާބެއް ނުވިއެވެ. އަދި އޭގެ ފަހުން ދެފަހަރުވެސް ބިލަށް ވޯޓަށް އެހުމުން ފާސްވާވަރަށް މެންބަރުން ހަމަވެފައެެއް ނުވެއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވެ. ނަމަވެސް އެ ބިލު ފާސްކުރަން މިހާތަނަށް ވޯޓަށް އެހި ކޮންމެ ފަހަރަކު އެ އަދަދަށް މެމްބަރުން ތަޅުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްރުމަށްޓަކާ ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައިކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް