Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބް

އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި

26 ފެބުރުއަރީ 2019 | އަންގާރަ 14:38

އިތުރު ދެ ޑޮކްޓަރަކަށް ދެއްކުމަށް ވަނީ ލަފާ ދީފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 ފެބުރުއަރީ 2019 | އަންގާރަ 14:38
އަންގާރަ ދުވަހު އަދީބް އައިޖީއެމްއެޗްގައި

އަންގާރަ ދުވަހު އަދީބް އައިޖީއެމްއެޗްގައި

ތަފާތު އެކި މައްސަލަތަކުގައި 33 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށްލާފައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

އަންގާރަ ދުވަހު އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،އަދީބް މާލެއަށް ގެނެސް ޑޮކްޓަރަށް ދައްކާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ނިމިގެން ދިޔަ ހަފްތާގައި މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން އަދީބްގެ އާއިލާއާ ހިއްސާކޮށްފައިވާ ސިއްހީ ލިޔެކިޔުންތަކުން، މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އަދީބް ގެނެސް، ނާރުގެ ބަލިތަކުގެ ޑޮކްޓަރަކަށް އެމަނިކުފާނު ދައްކާފައިވާކަން ވެސް ހާމަވެފައިވާ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިއުރޮލޮޖިސްޓް ޑރ. ޕިޔުޝް ނިރޫލާއަށް އަދީބް ދައްކާފައިވާ ލިޔުން ނަޝްވާ އާންމު ކުރެއްވިއިރު، އެ ލިޔުމުގައިވާ ގޮތުން ދެ ފަހަރެއްގެ މަތިން އަދީބް ވަނީ ހޭނެތިފައެވެ. އެގޮތުން ފުރަތަމަ އަދީބް ހެނެތިފައި ވަނީ މީގެ އެއް އަހަރު ކުރިން ކަން ޑޮކްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. ދެވަނަ ފަހަރަށް އަދީބް ހޭނެތިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ޖަލުގައި ހުންނަވަނިކޮށް ހޭނެތިގެން ވެއްޓުމުން އަދީބްގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި ލިޔުމުގައި ޑޮކްޓަރު ވަނީ އަދީބްގެ ސިކުނޑީގެ އެމްއާރްއައިއަކުން ހާމަވި ކަންކަން ވެސް ބަޔާން ކުރައްވާފައެވެ.

އެމްއާރްއައި އިން ހާމަވި ކަންކަމާ ގުޅިގެން ޑޮކްޓަރު ވަނީ ސޯމަޓޮފޯމް އޮޓޯނޯމިކް ޑިސްފަންކްޝަން ކިޔާ ބައްޔަކަށް އަދީބް ޑައިގްނޯސް ކުރައްވާފައެވެ.

މި ކަންކަންމަށް ރިއާޔަތް ކުރައްވައި މި ލިޔުމުގައި ޑޮކްޓަރު ވަނީ ކަންތައްތަކަކަށް ލަފާ ވެސް ދެއްވާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރުމަށާއި، ކަންބޮޑުވާ، ނުވަތަ ހާސްވާ ފަދަ ހާލާތްތަކާއި ދުރުގައި އަދީބް ބެހެއްޓުމަށާއި، ކޮންމެ ވަގުތެއްގައި ވެސް އަދީބް ހޭނެތުމުގެ ފުރުޞަތު އޮތުމުން އަބަދު ވެސް އެމަނިކުފާނު ކައިރީގައި މީހަކު ހުރުމަށް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ. އަދި ސައިކޮލޮޖިސްޓަކާށާއި، ކާޑިއޮލޮޖިސްޓަކަށް ދެއްކުމަށާއި، އެއް މަސް ފަހުން ނާރުގެ ޑޮކްޓަރަށް އަލުން ދެއްކުމަށް ވެސް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހު އަދީބް ދައްކާފައި ވަނީ ކާޑިއޮލޮޖިސްޓަކަށެވެ.

ނަޝްވާ ކުރެއްވި ޓްވީޓްގައި އަންގާރަ ދުވަހު އަދީބް ޑޮކްޓަރަށް ދެއްކީ އަނެއްކާ ވެސް އެމަނިކުފާނު ހޭނެތިގެން ވެއްޓުމުންތޯ ވަނީ ސުވާލުކުރައްވާފައެވެ. އަދި ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އަމަލުކުރައްމުން ނުދާކަމަށް ނަޝްވާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި އަދީބްގެ ސިއްހީ ހާލު ގޯސްވެ، ކުރިން ފާހަގަކުރެވިފައި ނުވާ ބައެއް ސިއްހީ މައްސަލަތައް ފާހަގަވެފައިވާއިރު، އެމަނިކުފާނުގެ އާއިލާއިން ދަނީ އެމަނިކުފާނުގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ގޭބަންދުގައި ބަހައްޓައިދިނުމަށް އެދެމުންނެވެ. ނިމިގެންދިޔަ އަހަރު ސަރޖަރީއަކަށް ފަހު ދުވަސްކޮޅަކަށް އެމަނިކުފާނު ގޭބަންދަށް ބަދަލުކުރި ނަމަވެސް، ޑޮކްޓަރުން ލަފާދެއްވާފައިވާ މުއްދަތުގެ ކުރިން އެމަނިކުފާނު ވަނީ ޖަލުބަންދަށް ބަދަލުކޮށްފައެވެ. ގޭގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ވަނީ އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް ވެސް އުފައްދަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް