Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަބުދުﷲ ޖާބިރު

ޕާޓީއަށް އެޅޭނެ ފިޔަވަޅެއް ނެތް، މަޖިލީހަށް ކުރިމަތިލާނަން: ޖާބިރު

ކާށިދޫގައި އެއާޕޯޓެއް އަޅަން ވައުދުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2019 | އަންގާރަ 13:52
ރައީސް ސޯލިހް ޖާބިރުއަށް މަގާމުގެ ފަތްކޮޅު އަރުއްވަނީ:- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖާބިރު އަމިއްލަ ގޮތުން ވާދަކުރައްވަން ވަނީ ނިންމަވާފައި

ރައީސް ސޯލިހް ޖާބިރުއަށް މަގާމުގެ ފަތްކޮޅު އަރުއްވަނީ:- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖާބިރު އަމިއްލަ ގޮތުން ވާދަކުރައްވަން ވަނީ ނިންމަވާފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލެއްވި ނަމަވެސް ޕާޓީއަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށާއި ކާށީދޫ ދާއިރާއަށް އަމިއްލަ ހަސިއްޔަތުން ކުރިމަތިލައްވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ރާއްޖެއެމްވީއަށް ވިދާޅުވީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ މަތިން ކަމަށާއި އެހެން ކަމުން ޕާޓީއަށް އެކަމުގައި އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ. އެހެންވެ ކޮންމެ ފިޔަވަޅެއް އެޅިޔަސް އޭނާއަށް މައްސަލައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރެއްވުމަށް ޕާޓީން ވަކިވެވަޑައިނުގަންނަވާނެ ކަމަށްވެސް މީގެ ކުރިން ކާށީދޫ ދާއިރާގެ މެމްބަރުންކަން ކުރައްވާފައިވާ ޖާބިރު ވިދާޅުވިއެވެ.

ފްރައިމަރީގައި ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގެންނެވި ޖާބިރު ވިދާޅުވީ ކާށިދޫ ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޭނާއަށް އެބަ އޮތް ކަމަށެވެ. އެގޮތުން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަމުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައިގެންވެސް ހޮވިވަޑައިނުގެންނެވީ ކުޑަ ތަފާތަކުން ކަމަށް ޖާބިރު ފާހަގަ ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައިވެސް ހުންނެވި ޖާބިރު ވިދާޅުވީ އޭނާގެ ތަސައްވަރަކީ ގާފަރުގައި ރިސޯޓެއް އަޅައި، ކާށިދޫގައި އެއާޕޯޓެއް އަޅައި ސިޓީއެއްގެ ދަރަޖައިގައި އެ ދާއިރާ ތަރައްގީ ކުރުން ކަމަށެވެ. އަދި ބައެއް އެހެން މަޝްރޫއުތައްވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ނަމަވެސް އެމްޑީޕީގެ އިސް އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވަން އެދިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އެއްވެސް ބޭފުޅަކު އަމިއްލަ ހަސިއްޔަތުން މަޖިލީހަށް ވާދަ ނުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެގޮތައް ކުރިމަތިލައްވާ ކެންޑިޑޭޓުންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ޖާބިރު ވިދާޅުވީ ކެންޑިޑަސީ ފޯމް އަންނަ ބުރާސްފަތި ދުވަހު އިލެކްޝަނަށް ހުށައަޅުއްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު