Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލިއްޔަތު ކޮމެޓީ

އެފްއައިޔޫގެ ކުރީގެ ދެ ވެރިން ކޮމިޓީއަށް ހާޒިރުކުރުން އަންނަ ހަފްތާގައި

26 ފެބުރުއަރީ 2019 | އަންގާރަ 08:12

އެފްއައިޔޫގެ ކުރީގެ ދެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓް އާންމުކޮށްފައިވުމާއެކު، އެކަމާއި ގުޅިގެން ސުވާުލުކުރުމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 ފެބުރުއަރީ 2019 | އަންގާރަ 08:12
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ދެ ވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުން އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އަންގާފައި ވަނީ މި ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރު 2:30 އަށެވެ. އާތިފްގެ ފަހުން އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ އަބްދުﷲ އަޝްރަފް ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި އޮތީ ވެސް ހަމަ އަންގާރަދުވަހުއެވެ.

Advertisement - newsAdvertisement

މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ(ގަބޯ) ވިދާޅުވީ އެފްއައިޔޫގެ ކުރީގެ ދެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން މި ހަފްތާގައި އޮތް ނަމަވެސް، އެކަން އަންނަ ހަފްތާގެ ތާރީޚަކަށް ފަސްކުރެވިފައިވާ ކަމަށެވެ.

އެފްއައިޔޫގެ ދެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގް ރިޕޯޓް އާންމުކުރުމާއި ގުޅިގެން، އެކަމާއި ގުޅޭ ގޮތުން މެމްބަރުން ސާފުކުރަން ބޭނުންފުޅުވާ ކަންތައް ސާފުކުރުމަށް ކަމަށް ޢަފޫރު ވިދާޅުވިއެވެ.

ކޮމިޓީގެ މެމްބަރު ޢަފޫރު ވިދާޅުވީ އެފްއައިޔޫގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އެ ޔުނިޓުން ދިރާސާ ކުރުމަށް ފަހު، އެ މައްސަލަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އޭރު އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވާފައިވާ ދެ ބޭފުޅުންގެ އެއްވެސް ނުފޫޒެއް މިކަމުގައި އޮތްތޯ ބެލުމަށް ކަމަށެވެ.

އާތިފް އެފްއައިޔޫގެ ވެރިޔަކަށް ހުންނެވީ ގަވަރުނަރަކަށް އަޒީމާ އާދަމް ހުންނެވި ދުވަސްވަރުއެވެ. އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އަމިއްލަފުޅަށް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގް އޭސީސީން ފެށުމުގެ ކުރިންނެވެ.

އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކިކުރެއްވީ17 ސެޕްޓެމްބަރ 2018 ވަނަ ދުވަހު، މިހާރުގެ ގަވަރުނަރު އަހްމަދު ނަސީރުއެވެ. އަޝްރަފް މިހާރު ވަޒީފާ އަދާކުރައްވަނީ އެމްއެމްއޭގެ ސްޓްރެޖިކް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސެކްޝަނުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ނަޤުދު ފައިސާ ޖަމާކޮށް އަދި އެފައިސާ ނަގުދު ފައިސާ އިން ނަގާފައިވާކަމުގެ މައުލޫމާތު ރިޕޯރޓް 13 ސެޕްޓެމްބަރު 2018 ދުވަހު، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ފޮނުވީ އޭރުގެ އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފެވެ.

މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ސިޓީ ފޮނުވުމާއި ގުޅިގެން ކުރީގެ އެފްއައިޔޫގެ ވެރިޔާ އާތިފް ޝަކޫރު ވިދާޅުވެފައިވަނީ އެފްއައިޔޫގެ ވެރިޔާގެ ގޮތުގައި ހޭދަކުރެއްވި ހަތް މަސް ދުވަހުގެ ވާހަކަތައް ހިއްސާކުރައްވާނެ ފުރުސަތަކަށް އެދިއެދި ހުންނެވި ކަމަށާއި، ވާހަކަ ދައްކަވާނީ އިހުލާސްތެރިކަމާ އެކުގައި ކަމަށެވެ.

އާތިފްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމް ފުރުއްވި އާޒިމާ ޝަކުރޫގެ ބޭބެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ދައުލަތުގެ އިދާރާއަކަށް ދޮގު ހެކި ދިނުމާއި، މަނީ ލޯންޑަރކުރި ކުރުމަށް އެހީތެރިވެދިން ކަމުގެ ދައުވާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް