Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަރުދީ ޒިންމާ އަދާކުރުން

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ޑޮނެހިއުގެ ކޭސްގެ ސަބަބުން ޤާނޫނީ މުހިއްމު އުސޫލުތަކެއް ކަނޑައެޅުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2019 | ހޯމަ 12:04
ފިނިހަކައެއްގެ ފޮޓޯއެއް

ފިނިހަކައެއްގެ ފޮޓޯއެއް

އިންސާނުންނަކީ "އިޖުތިމާއީ ހައިވާނެކޭ" ބުނަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އިންސާނާއަކީ ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންޖެހޭ މީހަކަށް ވާތީއެވެ. ކުރާ މުއާމަލާތްތަކާއި، އާންމު ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއްގައި ވެސް އިންސާނުން އެހެން މީހުންގެ އެހީތެރިކަން ބޭނުންވެއެވެ. އެސަބަބުތަކާ ހުރެ އިންސާނުންގެ މެދުގައި ހުންނަ އެކި ގުޅުންތައް ތަންޒީމުކޮށް ބެލެހެއްޓުމަށް އެކަށައެޅޭ ޤާނޫނުތަކެއް ހުރެއެވެ. ކަނޑައެޅޭ އުސޫލުތަކެއް ހުރެއެވެ. އެކަށައެޅޭ ވަކި ގޮތްތަކެއް ހުރެއެވެ.

މީހަކު ސްޕީޑް ލިމިޓަށް ވުރެ ބާރަށް ސައިކަލު ދުއްވުމުގެ ސަބަބުން އެހެން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ އެ ވެވެނީ އިހުމާލެކެވެ. ޑޮކްޓަރަކު ފަރުވާކުޑަކޮށް ސާޖަރީއެއް ހެދުމުގެ ތެރޭގައި ބަލި މީހާ އަށް ގެއްލުމެއް ވެއްޖެ ނަމަ އެ ވެވެނީ އިހުމާލެކެވެ. ރެސްޓޯރަންޓެއްގައި ކާން ތިބި ބަޔަކަށް ގެނައި ކާއެއްޗެއްގެ ސަބަބުން މީހެއްގެ ސިއްހަތަށް ގެއްލުމެއް ކުރިމަތިވެއްޖެ ނަމަ އެ ވެވެނީ ވެސް އިހުމާލެކެވެ. މިފަދަ ހުރިހާ އިހުމާލެއްގައި ވެސް އެކަންކުރި މީހާ ޒިންމާ ކުރެވެނީ "ޑިއުޓީ އޮފް ކެއަރ"ގެ އުސޫލުގެ ދަށުންނެވެ.

"ޑިއުޓީ އޮފް ކެއަރ" ނުވަތަ ތިމާ އަނެކާއާ މެދު އޮންނަންޖެހޭ ޒިންމާގެ މިންގަނޑު 1932 ގެ ކުރިން ޤާނޫނީ ގޮތުން ވަކި އުސޫލެއްގެ ގޮތުގައި ކަނޑައެޅިފައެއް ނުވެއެވެ. މިސާލަކަށް އެކްސިޑެންޓްގެ ކޭސްތަކާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާގުޅޭ މައްސަލަތަކުގައި އެފަދައިން ވަކި އުސޫލެއް އޭރު ކަނޑައެޅިފައެއް ނޯވެއެވެ. ނަމަވެސް ޑިއުޓީ އޮފް ކެއަރގެ އުސޫލު ޤާއިމުވެގެން ދިޔައީ މުޅި ޤާނޫނީ ނިޒާމަށް ބޮޑު އިންޤިލާބެއް ގެނައި ކޭސްއެއް ކަމަށްވާ "ޑޮނެހިއު ވާސަސް ސްޓީވަންސަން" ގެ ކޭސްއެވެ. އާންމުކޮށް ބުނާ ނަމަ ބިޔަރު ފުޅިއެއްގެ ތެރޭގައި އޮތް ފިނިހަކައިގެ ކޭސްއެވެ.

ޑޮނެހިއު އާއި އޭނާގެ އެކުވެރިއެއް ކެފޭއަކަށް ދިޔައީ މީރު ކެއުމަކަށް އިންސާފުކޮށްލައި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ކެފޭގައި ތިބެ ކާއެއްޗެއްސަށް އޯޑަރު ދިން އިރު އައިސް ކްރީމް ފްލޯޓް ކާހިތުން އިން ޑޮނެހިއުއަށް ގެނައީ އައިސްކްރީމް ތަށްޓަކާއި، ޖިންޖަރ ފްލޭވަރގެ ބިޔަރު ފުޅިއެކެވެ. މުށި ކުލައިގެ ބިއްލޫރި ފުޅިއެއްގައި ހުރި މި ބިޔަރު ފުޅީގައި ސްޓީވަންސަންގެ ލޭބަލް ޖަހާފައި ހުއްޓެވެ.

ކޯކް ފްލޯޓް ހެދުމަށް ފަހު ޑޮނެހިއު އާއި އޭނާގެ އެކުވެރިޔާ ކެއުމަށް އިންސާފުކުރަން ފެށިއެވެ. ނަމަވެސް ހިތަށް ވެސް ނާރާ ފަދަ ގޮތަކަށް އެ ހިތްގައިމު ހަވީރުގެ ކަންކަން ބަދަލުވެގެންދިޔައީ ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޑޮނެހިއު އަށް ގެނަ ބިއަރު ފުޅީގައި ބާކީ ހުރި ބިޔަރު ތަށްޓައް އޮއްސާލި ވަގުތު ފުޅި ތެރެއިން ވެއްޓުނީ ކުނިވެ ހަލާކުވެފައިވާ ބޮޑު ފިނިހަކައެކެވެ. އެކަމާ ގުޅިގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ކުއްލި ފަރުވާ ދޭން ޖެހުނުއިރު، ކާނާ ވިހަވެ ނަފްސާނީ ގޮތުން އޭނާ އަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

އެ ހާދިސާއާ ގުޅިގެން ޑޮނެހިއު ދައުވާކުރީ ބިޔަރު އުފެއްދި ކުންފުނީގެ ވެރިޔާ ސްޓީވަންސަންގެ މައްޗަށެވެ. އަދި އެ ކޭސްގެ ފަހުން ޤާނޫނީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް ޤާނޫނީ މާހިރުން ބުނެއެވެ. އެގޮތުން އަނެކާގެ މައްޗަށް އަދާކުރަންޖެހޭ ފަރުދީ ޒިންމާ އާއި، ޑިއުޓީ އޮފް ކެއަރ ޤާއިމުވެގެންދިޔައެވެ. އަދި އިހުމާލުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި ޤާނޫނީ ގޮތުން ބަލާ އެންމެ މުހިއްމު އެއް ކޭސްގެ ގޮތުގައި "ޑޮނެހިއު ވާސަސް ސްޓީވަންސަން"ގެ ކޭސް ވެގެންދިޔައެވެ. ރެސްޓޯރަންޓްތަކުން ތައްޔާރުކުރާ ކާބޯތަކެތީގައި މައްސަލައެއް ދިމާވެއްޖެ ނަމަ އަޅާކިޔާ ކޭސްއެއްގެ ގޮތުގައެވެ. އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގެ ތެރޭގައި ވެވޭ އިހުމާލުގެ ކޭސްތަކުގައި މިސާލު ނެގެމަށެވެ. ފަރުވާކުޑަ ވުމުގެ ސަބަބުން މީހަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަދޭ ކޭސްއެއްގެ ގޮތުގައެވެ.

މި ހާދިސާ އަށް ފަހު އެކި ޤާނޫނީ ނިޒާމުތަކުގައި އިހުމާލުގެ މައްސަލަތަކުގެ މިސާލީ ގަޞިއްޔާއެއްގެ ގޮތުން މި ގަޞިއްޔާ ނަގަން ފެށިއެވެ. އެގޮތުން މަދަނީ ޤާނުނުގެ ދަށުން ހިމެނޭ "ނެގްލިޖެންސް" ނުވަތަ އިހުމާލުގެ މައްސަލަތަކުގައި ޤާނޫނީގޮތުން ޒިންމާ ކުރެވޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިގެން ދިޔައެވެ. އޭގެތެރޭގައި އިހުމާލާއި، ފަރުދީ ޒިންމާއާއި، "ނެއިބަރހުޑް ޕްރިންސިޕަލް" ނުވަތަ ތިމާގެ އަވައްޓެރިޔާއާމެދު ފަރުވާތެރިވާން ޖެހޭނެ ކަން ފަދަ ޤާނޫނީ އައު މަބުދައުތައް ތައާރަފްވެގެންދިޔައެވެ. އަދި އެކި ޤައުމުތަކުގެ ކޯޓުތަކުގައި ހަވާލާދެވޭ ގަޞިއްޔާއަކަށް މި ގަޞިއްޔާވެ، މި އުސޫލުތައް ބޭނުންކުރާއިރު، އޭގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިިމެނެއެވެ.

ރާއްޖޭގައި ވެސް އެފަދަ ހާދިސާތައް ކުރިމަތިވާއިރު، އިހުމާލުގެ މައްސަލަތަކަށް ވަކި ޤާނޫނެއް ލިޔެވިފައި ނެތް ނަމަވެސް، ކުށާއި އަދަބު ކަނޑައެޅުމުގަ އާއި، މަދަނީ އިހުމާލުގެ މައްސަލަތަކުގައި ގޮތް ނިންމުމުގައި މި ގަޞިއްޔާގެ އުސޫލުތައް ބޭނުންކުރެއެވެ. ނަމަވެސް ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށްޓަކައި އިހްމާލުގެ މައްސަލަތަކަށް ވަކި ގާނޫނެއް އޮންނަންޖެހެއެވެ. ބޮޑެތި އެކްސިޑެންޓްތަކާއި އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވުން ފަދަ ހާދިސާތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ތަންތަނުގެ ސާފުތާހިރުކަން ކުޑަވެ ކާބޯތަކެތި ވިއްކާ ތަންތަނާއި ކެފޭ ފަދަ ތަންތަން ބަންދުކުރާ އިރު އެފަދަ ތަންތަނުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގައި ދާނެ މަގު މިހާރު އޮތީ ހަނިވެފައެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ބަދަލު ލިބޭނެ މަގެއް ތަނަވަސްކުރުމަށް ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށްޓަކައި "ޑޮނެހިއު ވާސަސް ސްޓީވަންސަން"ގެ އުސޫލުން މިސާލު ނަގައި "ނެގްލިޖެންސް" ގާނޫނެއް ވުޖޫދުވާންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

08 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

31 ޖުލައި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު