Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން-އެމެރިކާ

އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި

އެމެރިކާ އިން މިހެން ބުނިއިރު ހަމަ އެދުވަހު އިރާނުން ވަނީ އެމެރިކާ ރައްޔިތަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 17 ޖުލައި 2017 | ހޯމަ 04:52
1980 އިން ފެށިގެން އެމެރިކާ އާއި އިރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނެތް

1980 އިން ފެށިގެން އެމެރިކާ އާއި އިރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނެތް

އިރާނުގެ ގައުމީ ސަލާމަތަށްޓަކައި ކަމަށް ބުނެ ބަންދުކޮށް "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން މިހާރުން މިހާރަށް ދޫކޮށްލުމަށް އެމެރިކާ އިން އިރާނަށް ގޮވާލައިފިއެވެ.

އާާދީއްތަ ދުވަހު އެމެރިކާ އިން މިހެން ބުނިއިރު އިރާނުން ވަނީ އެމެރިކާ ރައްޔިތަކު 10 އަހަރަށް ޖަަލަށް ލުމަށް ހުކުމްކޮށްފައެވެ. އެމީހާ ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އިރާނަށް އެތެރެވެ، "ސިއްރުން" މައުލޫމާުތު ހޯދުމުގެ ކުށުގައެވެ.

އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ "އިރާނުން ނުހައްގުން ހައްޔަރުކޮށް ބަންދުކޮށްފައިވާ އެމެރިކާ ރައްޔިތުން މިހާރުން މިހާރަށް ދޫކޮށްލާ އެމީހުންގެ އާއިލާތަކާއި ހަވާލު ކުރުމަށް ގޮވާލާ "ކަމަށެވެ. އެމެރިކާ އިން ނެރުނު ބަޔާނުގައި ވަކި މީހަކު ދޫކޮށްލުމަށް ގޮވާލާފައި ނުވެއެވެ.

އާދީއްތަ ދުވަހު ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އެމެރިކާ މީހާގެ ތަފްސީލީ މައުލޫމާތު އިރާނުގެ ދައުލަތުން ހާމަކޮށްފައިނުވާއިރު އިރާނުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތައް ބުނެފައި ވަނީ އެމީހާއަކީ ޑުއަލް ސިޓިޒެންޝިޕް އޮތް މީހެއް ކަމަށެެވެ. އަދި އެމީހާ އަށް އިއްވައިފައިވާ ހުކުމް އިސްތިއުނާފްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިރާނުގެ ސެންޓާ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ އާދީއްތަ ދުވަހު އިރާނުން ހުކުމް ޖަލަށް ލުމަށް ހުކުމް އިއްވައިފައި ވަނީ ޗައިނީސް ދަރިކޮޅަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ، ޔުނިވާސިޓީއެއްގެ ޕްރޮފެސަރެއް ކަމަށެވެ.

މިދިޔަ ޖެނުއަރީގައި އިރާނުގެ ޗީފް ޕްރޮސިކިއުޓަރު ވިދާޅުވެފައި ވަނީ އިރާނުގެ ޖަލުތަކުގައި 70 އަށް ވުރެ ގިނަ "ޖާސޫސޫން" ހުކުމް ތަންފީޒު ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް

29 މެއި 2017
އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް
27 މެއި 2017

ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް

27 މެއި 2017
ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް
13 މެއި 2017

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ
04 މެއި 2017

އުތުރު ކޮރެއާ އިން އެމެރިކާގެ ޕްރޮފެސަރަކު ހައްޔަަރުކޮށްފައިވާކަން ކަށަވަރުކޮށްދީފި

04 މެއި 2017
އުތުރު ކޮރެއާ އިން އެމެރިކާގެ ޕްރޮފެސަރަކު ހައްޔަަރުކޮށްފައިވާކަން ކަށަވަރުކޮށްދީފި
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު