Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - ޗައިނާ

ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުގެ ޓެރިފް އިތުރުކުރުން މަޑުޖައްސާލައިފި

25 ފެބުރުއަރީ 2019 | ހޯމަ 10:13

ޓެރިފް ނެގުން މަޑުޖައްސާލަން ނިންމީ ޗައިނާގެ މަންދޫބުންނާ އެކު ހަފުތާ ބަންދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު

އަމަން ހަލީމް
އަމަން ހަލީމް | 25 ފެބުރުއަރީ 2019 | ހޯމަ 10:13
ޓްރަމްޕްއާ އެކު ޗައިނާގެ ވައިސް ޕްރިމިއަރ ލިއު ހޭ ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ

ޓްރަމްޕްއާ އެކު ޗައިނާގެ ވައިސް ޕްރިމިއަރ ލިއު ހޭ ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ

ޗައިނާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތައް ލިބެމުން ދިޔުމާ ގުޅިގެން، އެ ގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން އިތުރުކުރަން ނިންމާފައިވާ ޓެރިފް ނެގުން މަޑުޖައްސާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

އާދިއްތަ ދުވަހު ކުރެއްވި ޓްވީޓްއެއްގައި ޓްރަމްޕް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް ޝީއާ އެކު ފްލޮރިޑާގައި ސަމިޓެއް ބޭއްވުމަށް ރާވަމުންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މިކަން އިއުލާން ކުރެއްވީ، ޓެރިފް ނެގުން މަޑުޖައްސާލަން ދެ ގައުމުގެ ދެމެދުގައި 90 ދުވަހުގެ ވަގުތީ އެއްބަސްވުމެއް ސޮއިކުރެވިފައި ވަނިކޮށެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ޑިސެމްބަރު މަހު އާޖެންޓީނާގައި ބޭއްވީ ޖީ20 ސަމިޓުގެ ތެރެއިންނެވެ.

ހަފުތާ ބަންދުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ އިރު، ޗައިނާގެ ރައީސް ޝީ ވަނީ ދެ ގައުމަށް ވެސް ފައިދާހުރި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުއްމީދު އާ ވެފައިވާ ކަމަށް ވިދާޅުވެފައެވެ. ޝީގެ ފަރާތުން ޓްރަމްޕައާއި ބައްދަލުކުރެއްވި ވައިސް ޕްރިމިއަރ ލިއު ހޭއެވެ.

އެމެރިކާ އަށް ޗައިނާ އިން އެތެރެކުރާ މުދަލުން ޑިއުޓީ ނަގަން ނިންމީ، އެމެރިކާގެ އިގްތިސާދަށް ޗައިނާ މުދަލުގެ ސަބަބުން ގެއްލުންވާ ކަމަށް ބުނެފައެވެ. އަދި 2018 ވަނަ އަހަރު އެމެރިކާއާއި ޗައިނާގެ ޓްރޭޑް ޑެފިސިޓް ވަނީ 55.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް