Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫދާން

ސޫދާނުގެ ބޮޑުވަޒީރުކަމަށް އަޔާލާ އައްޔަނުކޮށްފި

ސޫދާނުގެ ނައިބު ރައީސް ކަމަށް ޑިފެންސް މިނިސްޓަރ އަވާދު މުޙައްމަދު އަޙުމަދު އިބްނު އައުފް އައްޔަނުކުރައްވާފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2019 | އާދީއްތަ 14:42
ސޫދާނުގައި ކުއްލި ހާލަތު އިއުލާނުކުރެއްވުމަށް ޓީވީ މެދުވެރިކޮށް ތަގުރީރެއް ދެއްވުމަށް ރައީސް ބަޝީރު ވަޑައިގަންނަވަނީ

ސޫދާނުގައި ކުއްލި ހާލަތު އިއުލާނުކުރެއްވުމަށް ޓީވީ މެދުވެރިކޮށް ތަގުރީރެއް ދެއްވުމަށް ރައީސް ބަޝީރު ވަޑައިގަންނަވަނީ

ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު، އެ ޤައުމުގެ ބޮޑުވަޒީރު ކަމަށް މުޙައްމަދު ޠާހިރު އަޔާލާ އައްޔަނު ކުރައްވާފައިވާ ކަމަށް އެޤައުމުގެ ރިޔާސަތުން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޮޑުވަޒީރު ކަމަށް އައްޔަނު ކުރެވުނު އަޔާލާއަކީ އެ ޤައުމުގެ ގަޒީރާ ސްޓޭޓުގެ ކުރީގެ ގަވަރުނަރެވެ.

އަޔާލާއަކީ ރައީސް ބަޝީރާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. 2020 ވަނަ އަހަރު ސޫދާނުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އަޔާލާ ވާދަކުރައްވަން ނިންމަވައިފި ނަމަ އެމަނިކުފާނަށް ތާޢީދުކުރައްވާނެ ކަން ވެސް ރައީސް ބަޝީރު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

ބޮޑުވަޒީރުކަމަށް އަޔާލާ އައްޔަނުކުރެއްވިއިރު، ހޮނިހިރު ދުވަހު ރައީސް ބަޝީރު ވަނީ އެ ޤައުމުގެ ނައިބު ރައީސް ކަމަށް އެޤައުމުގެ ޑިފެންސް މިނިސްޓަރު އަވާދު މުޙައްމަދު އަޙުމަދު އިބްނު އައުފް އައްޔަނުކުރައްވާފައެވެ. އަވާދުއަކީ ސޫދާނުގައި ނައިބު ރައީސްކަން ކުރައްވާ ފުރަތަމަ ބޭފުޅާއެވެ. ނައިބު ރައީސްގެ މަޤާމަށް އަވާދު އައްޔަނުކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރުގެ މަޤާމު ވެސް ފުރުއްވާ ގޮތަށެވެ.

ރައީސް ބަޝީރު ސޫދާނުގެ ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުން ގެންދަވާއިރު، ހުކުރު ދުވަހު އެމަނިކުފާނު ވަނީ، އެ ޤައުމުގެ މައި ސަރުކާރާއި ސަރަޙައްދީ ސަރުކާރުތައް އުވާލައްވައި، އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ޤައުމުގައި ކުއްލި ހާލަތު އިއުލާނު ކުރައްވާފައެވެ.

ކުއްލި ހާލަތު އިއުލާނުކުރައްވައި މައި ސަރުކާރާއި ސަރަޙައްދީ ސަރުކާރުތައް އުވާލެއްވި ނަމަވެސް، ރައީސް ބަޝީރު ވަނީ އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރާއި، ފޮރިން މިނިސްޓަރު އަދި ޖަސްޓިސް މިނިސްޓަރުގެ މަޤާމު ދަމަހައްޓަވާފައެވެ.

ސަރުކާރު އުވާލައްވައި، ރައީސް ބަޝީރު ކުއްލި ހާލަތު އިޢުލާނު ކުރެއްވިއިރު، ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް ސޫދާނުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. ހުކުރު ދުވަހު ކުއްލި ހާލަތު އިއުލާނު ކުރުމާއި ހަމައަށްވެސް މުޒާހަރާތައް ކުރިއަށް ގޮސްފައިވާއިރު، ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު ސޫދާނުގެ ވެރިރަށް ޚަރްތޫމްގައި ކުރިއަށްދިޔަ ބޮޑު މުޒާހަރާތައް ރޫލާލާފައި ވަނީ ކަރުނަގޭސް ބޭނުންކޮށްގެންނެވެ.

ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް މި މުޒާހަރާތަކުގައި 60 މީހުން މަރުވެފައިވާ ކަމަށް އެކްޓިވިސްޓުން ބުނާއިރު، ސޫދާނު ސަރުކާރުން ބުނެފައި ވަނީ މުޒާހަރާތަކުގައި މަރުވެފައި ވަނީ 31 މީހުން ކަމަށެވެ. މީގެ އިތުރުން ބޮޑެތި ބާރުތަކެއް ދީފައިވާ ނޭޝަނަލް އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ސަރވިސް (އެންއައިއެސްއެސް) އިން ވަނީ އެތައް ސަތޭކަ މުޒާހިރީންނާއި، އިދިކޮޅު ލީޑަރުންނާއި، އެކްޓިވިސްޓުން އަދި ނޫސްވެރިން ހައްޔަރުކޮށް ޖަލަށް ލާފައެވެ.

ކުއްލި ހާލަތު އިއުލާނު ކުރުމާއިއެކު ސޫދާނުގެ ފުލުހުންނާއި، ސަލާމަތީ ބާރުތަކާއި އަސްކަރިއްޔާއަށް ހިފެހެއްޓުމެއް ނެތް ބާރުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ވޮރަންޓަކާއި ނުލައި ބޭނުން މީހެއް ނުވަތަ ތަނެއް ބަލައި ފާސްކުރުމާއި، ތަންތަން ރެއިޑް ކުރުމާއި، ސަބަބެއް ބަޔާން ނުކޮށް މީހުން ހައްޔަރުކުރުން ހިމެނެއެވެ. ސަލާމަތީ ބާރުތަކަށް މި ބާރުތައް ލިބިގެން ދިއުމާއިއެކު، ރައީސް ބަޝީރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ވަރަށް ބޮޑަށް ބުރޫ އަރައި، މުޒާހަރާތައް ހުއްޓުމުގެ ފުރުޞަތުވެސް އެބަ އޮތް ކަމަށް މުރާސިލުން ބުނެއެވެ.

ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގުރީރެއްގައި ކުއްލި ހާލަތު އިއުލާނު ކުރެއްވުމަށް ފަހު، ވޭތުވެދިޔަ މަސްތަކުގައި ރައީސް ބަޝީރުގެ ސަރުކާރަށް ބޮޑު ލޮޅުންތަކެއް ގެނައި މުޒާހަރާތަކަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުން އެދޭ އެދުމަކީ އެމަނިކުފާނު ބަލައިގަންނަ އެދުމެއް ކަމަށެވެ. ހުރިހާ ސިޔާސީ ޕާޓީތައް މަޝްވަރާގެ މޭޒަށް ޖަމާވުމަށް އެމަނިކުފާނު ގޮވާލައްވަމުން ގެންދަވާ ގޮވާލެއްވުން ތަކުރާރުކުރައްވާ ރައީސް ބަޝީރު ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ ސޫދާނުގެ ކުރިމަގު ކަމުގައިވާ ޒުވާނުންނާއިއެކު ކަމަށެވެ.

އަސްކަރީ ބަގާވާތަކުން 1989 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އޭގެ ފަހުންއޮޅުވާލާފައިވާ އިންތިޚާބުތަކަކުން ރައީސްކަމަށް އިންތިޚާބު ވެވަޑައިގެން ހުންނެވި ރައީސް ބަޝީރަކީ ދާރްފޫރްގައި ހިންގި ގަތުލުއާންމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރުމަށް އަމުރުވެސް ނެރެފައިވާ ފަރާތެކެވެ. އެމެރިކާއިން ރައީސް ބަޝީރުގެ ސަރުކާރަކީ ޓެރަރިސްޓް ސަރުކާރެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން އެ ޤައުމަށް ލިބޭ އެތައް އެހީތަކެއް ހުއްޓި ސޫދާނުގެ އިޤުތިޞާދު އަޑިއަޅާލާފައިވާއިރު، އެ ޤައުމުގެ ރައްޔިތުން ދަނީ ފަޤީރު ކަމާއި ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ބަލައިގަތުމަށް ލަންކާ ޕާލަމެންޓްގެ ރައީސް ދެކޮޅު

ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ބަލައިގަތުމަށް ލަންކާ ޕާލަމެންޓްގެ ރައީސް ދެކޮޅު

06 ނޮވެމްބަރު 2018
ސޫދާނުގެ ކުރީގެ ރައީސް އަބްދުރަހްމާން ސިވާރު އަލް ޛަހަބް 83 އަހަރުގައި އަވަހާރަވެއްޖެ

ސޫދާނުގެ ކުރީގެ ރައީސް އަބްދުރަހްމާން ސިވާރު އަލް ޛަހަބް 83 އަހަރުގައި އަވަހާރަވެއްޖެ

19 އޮކްޓޯބަރު 2018
ދެކުނު ސޫދާނުގެ މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ

ދެކުނު ސޫދާނުގެ މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ

09 ސެޕްޓެމްބަރު 2018
މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް ހައުސިން މިނިސްޓަރ މަދްބޫލީ

މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް ހައުސިން މިނިސްޓަރ މަދްބޫލީ

08 ޖޫން 2018
އުރުދުންގެ ބޮޑުވަޒީރުކަމަށް ރައްޒާޒް އައްޔަނު ކުރައްވައިފި

އުރުދުންގެ ބޮޑުވަޒީރުކަމަށް ރައްޒާޒް އައްޔަނު ކުރައްވައިފި

05 ޖޫން 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު