Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކ. ހުރާ ކައުންސިލް

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް

ރަށުގެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދެނީ ރަށު ކައުންސިލުން

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2019 | ހުކުރު 14:45
ކ. ހުރާ

ކ. ހުރާ

އާބާދީގައި 1200 މީހުން ވެސް ހަމަ ނުވާ މާލެ އަތޮޅު ހުރާ ކައުންސިލަކީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަށް ފޯރުކޮށްދިނުމުގައި ނަމޫނާ ކައުންސިލެކޭ ބުނެގެންވެސް ފަރު ޖައްސާލެވޭކަށް ނެތެވެ. އެހެނީ މި ރަށުގައި ފޯރުކޮށްދޭ ހުރިހާ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދެނީ އެ ރަށު ކައުންސިލުންނެވެ. ކަރަންޓާއި ފެނާ އަދި ނަރުދަމާގެ ޚިދުމަތް ވެސް ފޯރުކޮށްދެނީ ހަމަ އެ ރަށު ކައުންސިލުންނެވެ. ރަށުގެ ޕްރީސްކޫލް ހިންގަނީވެސް ހަމަ އެ ކައުންސިލުންނެވެ.

ހުރާ ކައުންސިލުން މި ހުރިހާ ޚިދުމަތްތަކެއްވެސް ރަށަށް ފޯރުކޮށްދެނީ އެ ރަށު ކައުންސިލަށް ވަންނަ އާމްދަނީގެ އިތުރުން ސަރުކާރުން ފޯރުކޮށްދޭ ބަޖެޓުގެވެސް އެހީގައެވެ. އެހެން ކައުންސިލްތަކާއި ތަފާތުވާ އެންމެ ބޮޑު އެއް ކަމަކީ، ސަރުކާރުން ހަމަޖައްސައިދޭ ބަޖެޓުގެ އިތުރަށް، ކައުންސިލަށް ލިބޭ އާމްދަނީންވެސް ކަންކަމަށް އިތުރަށް ޚަރަދުކޮށްގެންވެސް ކަންކަން ކުރަން ތައްޔާރަށް ތިބުމެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހުރާ ކައުންސިލްގެ ނައިބު ރައީސް ފަޔާޒް އިބްރާހިމް ވިދާޅުވީ އެއްވެސް ކަމެއްގައި ސަރުކާރުން ހުރިހާ ޚަރަދެއް ކުރުމުގެ ބަދަލުގައި، އެ ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ ކައުންސިލަށް ލިބޭ އާމްދަނީވެސް އޭގައި ހިމަނައިގެން ސަރުކާރުގެ އެއްބާރުލުމާއި އެކީ ޕްރޮޖެކްޓުތައް ހިންގުމަށެވެ.

"އަޅުގަނޑުމެން މި ކުރާ ކަންތައްތަކުގައި އެއް ފަހަރުވެސް ސަރުކާރަކަށް ނުދައްނަވަން މުޅި ޕްރޮޖެކްޓް ހިންގައިދޭށޭ. އަޅުގަނޑުމެން ކައުންސިލުން (ބޭނުންވަނީ) ކޮންމެ ކަމެއް ކުރާ އިރުވެސް (ސަރުކާރުން) އެހީތެރިކަމެއް ފޯރުކޮށްދޭށޭ" ފަޔާޒް ވިދާޅުވިއެވެ.

ހުރާގެ ނަރުދަމާގެ ޚިދުމަތަށް ބަލާލާ އިރު ކައުންސިލުން އެ ޚިދުމަތްތައް ފޯރުކޮށްދީފައިވަނީ، ހުރާއާއި އެއް ފަޅެއްގެ ތެރޭގައި އޮންނަ ފޯ ސީޒަންސް ކުޑަ ހުރާގެ އެކޮމޮޑޭޝަން ބްލޮކްއަށް ދޫކޮށްފައިވާ ބިމުން އެޑްވާންސްގެ ގޮތުގައި ކައުންސިލުން ނެގި 15 މިލިއަން ރުފިޔާއިންނެވެ. ފަޔާޒް ވިދާޅުވީ އެ ފައިސާއިން ކައުންސިލުން ނަރުދަމާ އަޅަން ނިންމީ އޭރު އެ ރަށުގެ 160 ގެއަކަށް ނަރުދަމާގެ ޚިދުމަތް ނުލިބި އޮތުމުން ކަމަށެވެ. ފަހުން ސަރުކާރުން އެ ޕްރޮޖެކްޓަށް ހަރަދު ކުރި ފައިސާގެ ތެރެއިން 7.8 މިލިއަން ރުފިޔާ ދިންކަމުގައިވީ ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ރަށު ކައުންސިލުން މި މަސައްކަތް ފެށީ އަމިއްލަ އިސްނެގުމުގައި ކަމެވެ.

ހުރާ އިންޖީނު ގެ އެ ރަށު ކައުންސިލުން ހިންގާ އިރު، އިންޖީނުގެ ހިންގައިގެން ލިބޭ ފައިދާއިން ރަށު ކައުންސިލުން ކުރަމުންދާ މަސައްކަތަކީ އެ ރަށުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. އެ ގޮތުން މިހާރުވެސް އެ ރަށުގައި ކުރީގައި ހުރި ކަރަންޓު ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ދަނީ ކުރަމުންނެވެ. އަދި ސަރުކާރުގެ 50 އިންސައްތަ އެހީއާއި އެކު ހަމަ އެ ކައުންސިލުން ދަނީ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރަމުންނެވެ. މި ހުރިހާ ކަމަކަށް ޖުމުލަ 9.7 މިލިއަން ރުފިޔާ ހަރަދުވާއިރު، ސަރުކާރުގެ ބަޖެޓުން މި ކަމަށް ހަރަދުކުރަނީ އެންމެ 2.5 މިލިއަން ރުފިޔާއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ރަށު އިންޖީނުގެ ހިންގުމާއި ހަވާލުވެގެން ހުންނެވި އަބްދުﷲ ނާޒިމް ވިދާޅުވީ މިހާރު ކުރިއަށްދާ ކަރަންޓް ޚިދުމަތް ތަރައްގީ ކުރުމުގެ 3 ވަނަ ފޭސް ނިމުމުން ރަށުގައި ހުރި ގޭބިސީތަކާއި، ގެސްޓްހައުސްތަކާއި އެހެނިހެން ވިޔަފާރިތަކަށް ކަރަންޓު ފޯރުވައިދިނުމުގައި އެއްވެސް ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ހުރާ ކައުންސިލުން ވަނީ ރަށުގައި އަޅާފައި ހުރި ފުޓްސަލް ދަނޑު އިތުރަށް ބޮޑު ކުރުމަށް 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެ ރަށު ޕްރީ ސްކޫލްވެސް ހިންގަނީ ހަމަ ހުރާ ކައުންސިލުންނެވެ. އަދި މިހާރު ހުރާ ކައުންސިލުން ދަނީ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ވަހީދުއްދީންގެ ދީލަތި އެހީއާއި އެކު ޒުވާނުން ކަސްރަތު ކުރުމަށް ހަދާފައިވާ ޖިމެއް ވެސް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. މިހެން ގޮސް އެތައް އެތައް ކަމެއް ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ކައުންސިލުން ރާވާފައިވާކަމަށް ކައުންސިލުގެ ނައިބު ރައީސް ފަޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން އިންތިހާބު ކޮށްފައިވާ ކައުންސިލުން މި ދަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެހެން ކައުންސިލްތަކަށް މިސާލު ދައްކަމުންނެވެ. ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކާއި އިންޖީނުގެ ހިންގައިގެން ލިބޭ އާމްދަނީން މުޅި ރަށް ހިންގާއިރު، ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ހަމަ ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެން ނުވެ އޮތްކަމަކި ކައުންސިލްތައް އުވާލުމެވެ. އެކަންވެސް ކުރައްވާށެވެ.

ދެން ނުވެ އޮތްކަމަކި ކައުންސިލްތައް އުވާލުމެވެ. އެކަންވެސް ކުރައްވާށެވެ.

13 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު