Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓްރީ

ޔޫތް ލީޑަރސް ނެޓްވޯކްގެ ބައްދަލުވުން އިފްޠިތާހުކޮށް ދެއްވައިފި

22 ފެބުރުއަރީ 2019 | ހުކުރު 14:07

މިއީ ދެ ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 22 ފެބުރުއަރީ 2019 | ހުކުރު 14:07
ޔޫތް ލީޑަރސް ނެޓްވޯކްގެ އިފްތިތާހްކޮށްދެއްވުމަށްފަހު މިނިސްޓަރު ބައިވެރިންނާއި މުހާތަބުކުރައްވަނީ

ޔޫތް ލީޑަރސް ނެޓްވޯކްގެ އިފްތިތާހްކޮށްދެއްވުމަށްފަހު މިނިސްޓަރު ބައިވެރިންނާއި މުހާތަބުކުރައްވަނީ

ހއ.ހޯރަފުށީގައި ބާއްވާ ޔޫތް ލީޑަރސް ނެޓްވޯކްގެ މި ދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ މިއަދު އިފްޠިތާހުކޮށް ދެއްވައިފިއެވެ.

ހއ.އަތޮޅުގެ ރަށްތަކުން ޒުވާނުން ބައިވެރިވާ މި މަސައްކަތުގައި ބައްދަލުވުން ކުރިއަށް ގެންދަނީ ޒުވާނުންނާއި މީޑިޔާ، މިޝިއާރުގެ ދަށުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ހޯރަފުށީގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި މީޑިޔާގެ ދާއިރާއާއި، ދީނީ އިލްމާއި، ތާރީޚާއި، ސަޤާފަތް ހިމެނޭ ގޮތަށް މައިގަނޑު ހަތް ސެޝަނެއް ވަނީ ހިމަނާފައެވެ. އެ ދާއިރާތަކުން ޒުވާނުންނަށް މައުލޫމާތު ދިނުމަށް ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުން ބައިވެރިވެލައްވާނެއެވެ.

ހޯމް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ މައުލޫމާތު ދިނުމާއި، ޒުވާނުންގެ މެދުގައި ދީނީ އަޤީދާ ހަރުދަނާ ކުރުމަށް މައުލޫމާތު ދިނުމާއި، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމާއި، ދިވެހި ސަޤާފަތާއި އާދަކާދަތައް ގެންލިގެން ނުދާނެ ގޮތް ހޯދުން ފަދަ ބައިތައް ހިމެނޭ ކަމަށެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ހަރުދަނާ ޒުވާނުން ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށާއި، ޒުވާނުންނަކީ އެއްބައިވަންތަ، މައުލޫމާތު މުއްސަނދި، ދިވެހި ތާރީޚާއި، ސަޤާފަތަށް ޝައުޤުވެރި ބަޔަކަށް ހެދުން ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މިމަސައްކަތު ބައްދަލުވުމުގައި ހއ. ގެ ހަތް ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެ އެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

ޔޫއެންޑީޕީން އިސްނަގައިގެން ބޭއްވި ޔޫތް ލިޑަރޝިޕް ޕްރޮގްރާމު ނިންމާލައިފި!

15 ޖުލައި 2017
ޔޫއެންޑީޕީން އިސްނަގައިގެން ބޭއްވި ޔޫތް ލިޑަރޝިޕް ޕްރޮގްރާމު ނިންމާލައިފި!
19 ޖޫން 2017

ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި

19 ޖޫން 2017
ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި
19 އެޕްރީލު 2017

ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

19 އެޕްރީލު 2017
ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި
12 އެޕްރީލު 2017

ގާސިމްއާ ބައްދަލުކުރުމަށް ޖޭޕީއަށް ފުރުސަތު ދިނުމަށް ފަހު ބައްދަލުވުން ކެންސަލްކޮށްފި

12 އެޕްރީލު 2017
ގާސިމްއާ ބައްދަލުކުރުމަށް ޖޭޕީއަށް ފުރުސަތު ދިނުމަށް ފަހު ބައްދަލުވުން ކެންސަލްކޮށްފި
26 މާރިޗު 2017

ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

26 މާރިޗު 2017
 ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް