Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ

ކޮރަޕްޝަންއަށް މަގުފައިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ: މައުސޫމް

21 ފެބުރުއަރީ 2019 | ބުރާސްފަތި 19:05

އެމްއެމްޕީއާރްސީގެ ތަހުގީގަށް އެއްބާރުލުން ދޭނަން

އަމްނާ އިމާދު
އަމްނާ އިމާދު | 21 ފެބުރުއަރީ 2019 | ބުރާސްފަތި 19:05
ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމް

ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމް

ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ޑޮލަރު ޖަމާކޮށްފައިވާކަމަށް އެސީސީގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވީ ނަމަވެސް ގާނޫނާއި ހިލާފަށް ނުވަތަ ކޮރަޕްޝަންއަށް މަގުފައިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިމައްސަލައާ ގުޅިގެން މައުސޫމް ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ތެރޭގައި އޭނާއާ ދޭތެރޭ ނުބައި ތަސައްވަރެއް އުފެދިދާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއްގައި މައުސޫމްގެ ފަރާތުން ގާނޫނާއި ހިލާފަށް ނުވަތަ ކޮރަޕްޝަންއަށް މަގުފައިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުންދޭނެކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ ކަމާއި ގުޅޭ އިދާރާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭނެ ކަމަށެވެ.

މީގެ އިތުރުން މައުސޫމްގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާއިއެކު އެސްއޯއެފުން ކޮށްފައިވާ އެއްވެސް މުއާމަލާތެއްގައި ގާނޫނާއި ހިލާފު ނުވަތަ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އެއްވެސް މުއާމަލާތެއް ކޮށްފައިވޭތޯ ތަހުގީގު ކޮށްދިނުމަށާއި، އަދި ކޮރަޕްޝަނަށް މަގުފައިވާފަދަ އެއްވެސް ކަމެއްގައި އެއްވެސް ދައުރެއް އޮތްތޯ ނުވަތަ ނެތްތޯ ސާފުކޮށްދިނުމަށް ޕޮލިހުގެ އިތުރުން އޭސީސީގައި އެދިފައިވާ ކަމަށެވެ.

ބައެއް ނޫސްތަކުގައި ހަގީގަތާއި ހިލާފަށް ޚަބަރު ފަތުރާފައިވާކަން ފާހަގަކޮށް މިބަޔާނުގައި ބުނީ މައުސޫމްގެ އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއްކަމުގައި ބަޔާންކޮށްފައި ވީނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށާއި، މީގެ 20 އަހަރު ކުރިން އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އެނާގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"މިހެންކަމުން ނޫސްވެރިކަމުގެ ތެރޭގައި ކަމުގެ ހަގީގަތް ރަނގަޅަށް ހޯދާ އާއްމު ރައްޔިތުންނާއި ހަމައަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. އަޅުގަނޑަކީ ވަރަށް ގިނަ ވިޔަފާރިތައް ކުރަމުން އައިސްފައިވާ ފަރާތެއްކަމާއި، އަދި ގިނަ ކުންފުނިތަކެއްގެ ޝެއަރ ހޯލްޑަރެއްގެ ދައުރުކަމާއި ކުންފުނީގެ ހިންގުމުގައި އަމަލީ ގޮތުން އަޅުގަނޑު ބައިވެރި ނުވާކަމުގައިވެސް ފާހަގަކުރަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ސީޖީޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އަލިއަޅުއްވާލައްވާ މިބަޔާނުގައި ބުނީ އެކުންފުންޏަކީ ގިނަ ޝެއަރ ހޯލްޑަރުންތަކެއް ތިބި ކުންފުންޏެއް ކަމަށާއި، މައުސޫމްގެ ދައުރަކީ ސައިލެންޓް ޝެއަރ ހޯލްޑަރެއްގެ ދައުރުކަމާއި އެކުންފުނިން ދުވަހުން ދުވަހަށް ހިންގާ މުއާމަލާތްތަކުގައި އެނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

"އެހެނިހެން ވިޔަފާރިތަކެކޭ ވެސް އެއްފަދައިން އަޅުގަނޑުމެން ކުރާ ވިޔަފާރިތަކަކީ ވެސް ޑޮލަރު ގަނެގެން ރާއްޖޭން ބޭރުން މުދާ ގެނެސް ކުރާ ވިޔާފާރިތަކަށް ވީހިނދު ޑޮލަރު ގަތުމުގެ އެއްވެސް މުއާމަލާތެއް އެސް.އޯ.އެފްއާއެކު އަޅުގަނޑުގެ ހިއްސާއެއް އޮންނަ އެއްވެސް ކުންފުންޏަކުން ކޮށްފައިވާނަމަ އެކަމުގައި އާދަޔާ ޚިލާފު އެއްވެސް ކަމެއް ނުވާނެ ކަމާއި، އަދި ގަނެފައިވާ ކޮންމެ ޑޮލަރަކަށް އޭގެ އަގު ފުރިހަމައަށް އަދާކޮށްފައިވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ބަޔާނުގައި ބުނެފައެވެ.

މިބަޔާނުގައި ބުނީ ކަމާގުޅޭ އެންމެހާ ލިޔެކިޔުންތަކުން އެކަން ސާބިތުކޮށްދެވޭނެ ކަމަށާއި، އަދި ކަމާގުޅޭ ތަހުގީގީ އިދާރާތަކަށް މިކަމުގެ މައުލޫމާތު ހިއްސާކޮށް ވީއެންމެ އަވަހަށް ރައްޔިތުންނާއި ހަމައަށް މިކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ ފަދައިން މައުސޫމުގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގު ލިބިދީފައިވާ ކަމަށާއި، އޭސީސީގެ މިރިޕޯޓުގެ ސަބަބުން އާއްމު ރައްޔިތުންގެ މެދުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅުގައި، ކަމާގުޅޭ އެންމެހާ ހަގީގަތްތައް ހާމަވެގެން ދިޔުމަށް އެދޭ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް