Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްއައިޔޫ ހެޑް

އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

21 ފެބުރުއަރީ 2019 | ބުރާސްފަތި 07:02

އާތިފް އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 21 ފެބުރުއަރީ 2019 | ބުރާސްފަތި 07:02
އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް ޝަކޫރު

އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް ޝަކޫރު

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ހެޑް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން އަންގައިފިއެވެ.

އާތިފް މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރު 2:30 އަށެވެ. މަޖިލީހުގެ އިދާރާއިން އާތިފް މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން ފޮނުވާފައިވާ ސިޓީ އޭނާ ވަނީ ޓްވިޓަރ އާންމުކުރައްވާފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީ ޓްވިޓަރގައި އާންމުކުރެއްވުމަށް ފަހު އާތިފް ވިދާޅުވެފައި ވަނީ އެފްއައިޔޫގެ ވެރިޔާގެ ގޮތުގައި ހޭދަކުރެއްވި ހަތް މަސް ދުވަހުގެ ވާހަކަތައް ހިއްސާކުރައްވާނެ ފުރުސަތަކަށް އެދިއެދި ހުންނެވި ކަމަށާއި، ވާހަކަ ދައްކަވާނީ އިހުލާސްތެރިކަމާ އެކުގައި ކަމަށެވެ.

މަޖިލީހުގެ އިދާރާއިން އާތިފަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގާފައި ވަނީ އޭނާ، އެފްއައިޔޫ ޔުނިޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު ކަމަށް ވާތީ، މާލިއްޔަތު ކޮމެޓީގެ މެންބަރުން އާތިފްއާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އަމިއްލަފުޅަށް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގް އޭސީސީން ފެށުމުގެ ކުރިންނެވެ.

އޭސީސީން ނެރުނު އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތަހްގީގްގެ ރިޕޯޓްގައި ބުނެފައި ވަނީ އެސްއޯއެފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތް ކަމަށެވެ. އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ނަމަވެސް، އެކަން ތަހުގީގުކުރުމަށް ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އޭރުގެ ގަވަރުނަރު އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް އާތިފް އޭސީސީއަށް ދެއްވި ބަޔާނުގައި ވަނީ ބުނެފައެވެ.

އާތިފްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމް ފުރުއްވި އާޒިމާ ޝަކުރޫގެ ބޭބެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ދައުލަތުގެ އިދާރާއަކަށް ދޮގު ހެކި ދިނުމާއި، މަނީ ލޯންޑަރކުރި ކުރުމަށް އެހީތެރިވެދިން ކަމުގެ ދައުވާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިޔާ ޒަރީރު 3،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފި

27 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިޔާ ޒަރީރު 3،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި

21 ފެބުރުއަރީ 2017
ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް