Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު މަޚްލޫފް

މަޚްލޫފު އޭސީސީ އަށް ހާޒިރުކޮށް ބަޔާން ނަގައިފި

20 ފެބުރުއަރީ 2019 | ބުދަ 11:37

މި މައްސަަލައިގައި އޭސީސީން ވީހާ ވެސް އަވަހަށް ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 20 ފެބުރުއަރީ 2019 | ބުދަ 11:37
ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް

ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް

ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

ބުދަ ދުވަހު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭސީސީން މިއަދު އޭނާގެ ބަޔާން ނަގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަޚްލޫފް އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައި މިވަނީ އެމްއެމްޕީއާރުސީގެ ފައިސާ ހުރި އެސްއޯއެފްގެ އެކައުންޓުން މަޚްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭސީސީން އާއްމުކުރި ލިސްޓްގައި މަޚްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން އެނގެން އޮވެއެވެ.

އެ ރިޕޯޓްގައި މަޚްލޫފްގެ ނަންފުޅު އޮތުމުން، އެކަމާ ގުޅޭ ގޮތުން ރިޕޯޓް އާއްމުވި ދުވަހު މަޚްލޫފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ވެސް އަދި އެހެން ވެސް ކޮރަޕްޝަންގެ ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށެވެ. އަދި މައްސަލަ ބެލުމަށް ފަހު ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މަހުލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މަހުލޫފު ވިދާޅުވީ އެ މުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމާލެތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ. "ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރީއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ. މަހްލޫފް ވަނީ 33000 ޑޮލަރަށްވާ ދިވެހި ފައިސާ (508،860ރ.) އެސްއޯއެފް އަށް ލިބުނު ކަމަށް އެ ކުންފުނީގެ ނަމުގައި ދޫކޮށްފައިވާ ސްލިޕެއް ވެސް ޓްވީޓްކުރައްވާފައެވެ. ނަމަވެސް އެ ޑޮލަރުގެ މުއާމަލާތް އެސްއޯއެފް އިން ކޮށްފައި ވަނީ ބޭންކް ރޭޓް ކަމަށްވާ 15.42ރ. ގެ ރޭޓުން އެއްވެސް ފައިދާއެއް ނެތް ގޮތަށް ކަން އެނގެއެވެ. މިއީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި އިރު އެސްއޯއެފްއަކީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮތް ބައެއް ވެސް ނޫނެވެ.

މި މައްސަލައާ ގުޅިގެން ރައީސް އިބުރާހިމް މުހަައްމަދު ސާލިހު ވަނީ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑް ކުރަައްވާފައެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު ބުދަ ދުވަހު ވިދާޅުވީ ސަސްޕެންޑް ކުރި ބޭފުޅުން މަސްއޫލިއްޔަތަށް ނުކުންނަވާނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

ބުދަ ދުވަހު އޭސީސީއަށް ހާޒިރުވެ ބަޔާން ދެއްވުމަށް ފަހު މަޚްލޫފް ވިދާޅުވީ، މި މައްސަަލައިގައި އޭސީސީން ވިހާ ވެސް އަވަހަށް ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަޚްލޫފާ އެކު ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ވަނީ ހަމަ މި މައްސަލައިގައި ސަސްޕެންޑް ކުރައްވަފައެވެ. އޭނާގެ އެކައުންޓަށް ވެސް އެސްއޯއެފުން 30000 ޑޮލަރު ޖަމާކޮށްފައި ވެއެވެ. އަދި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސްވެރިން ވެސް ސަސްޕެންޑްކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް