Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕް : ޓީސީ ސްޕޯރޓްސް ކްލަބް ބަލިކޮށް ޗެމްޕިއަންކަން އީގަލަސް ހޯދައިފި

20 ފެބުރުއަރީ 2019 | ބުދަ 03:39

ފައިނަލް މެޗު އީގަލްސް ކާމިޔާބުކުރީ ޓީސީ އާއި ވާދަކޮށް އެކެއް ސުމަކުން

މިއުނާ ހަސަން
މިއުނާ ހަސަން | 20 ފެބުރުއަރީ 2019 | ބުދަ 03:39
ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އީގަލްސް

ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އީގަލްސް

ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޓީސީ ސްޕޯރޓް ބަލިކޮށް އީގަލްސް ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗު އީގަލްސް ކާމިޔާބުކުރީ ޓީސީ އާއި ވާދަކޮށް އެކެއް ސުމަކުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިެއަށް ގެންދާ ޔޫތު ޗެމްޕިއަންޝިޕް ކްލަބް އީގަލްސް ކާމިޔާބުކުރި މިއީ ހަތަރު ވަނަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުން ދާދިއެއްވަރެއްގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ އަދި ހަމައެކަނި ގޯލް ޖަހާ އީގަލަސްއަށް ލީޑްހޯދައި ދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު އަޒުމޫނެވެ. މެޗުގެ ފުރަތަަމަ ހާފުގައި އަޒުމޫނު ޖަހައިދިން ގޯލުގެ ފަހުން ވެސް އީގަލްސަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ފައިނަލް މެޗަށްފަހު ވަނީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަގުތީގޮތުން ޔޫތު މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި ޓުއަރިސަމް މިނިސްޓަރ އަލީ ވަހީދް ބައިވެރިވެ ވަޑައިންނެވިއެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އީގަލްގެ ކޯޗު އިބްރާހިމް ސައީދު ބުނީ، މުޅި މުބާރާތުގައިވެސް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށެވެ. އަދި އީގަލްސްއަކީ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު އިސްކަމެއް ދޭ ޓީމެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ އީގަލްސް ހޯދި ކާމިޔާބީއަކީ އޭނާއަށް ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި، އޭނާއަށް ޓީމުން އިތުބާރު ކުރީތީ ޝުކުރުވެރިވާ ކަމަށެވެ.

ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް އަޒުމޫން ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގަިއވެސް އީގަލްސްގެ ދެ ކުޅުންތެރިއަކު ހިމެނުނެވެ. އީގަލްސްގެ ޖާޒީ ނަމްބަރު ހަތެއް ހަސަން ރާއިފް އަހްމަދު (ހަންނަ) އާއި، ޖާޒީ ނަމްބަރު 27 ޝައިފުއްﷲ އިބްރާހިމްއެވެ. މީގެ އިތުރުންވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ހޮވުނީ ކްލަބް ގްރީން ސްޓްރީޓުގެ ޖާޒީ ނަމްބަރު 7, އަބްދުއްﷲ ޔަމީންއާއި، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނު ވިކްޓްރީ ސްޕޯރޓްސް ކްލަބުގެ ޖާޒީ ނަމްބަރު 22, މާހީ އަބްދުއްﷲ އެވެ.

މިއަހަރުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވިކްޓްރީ ސްޕޯރޓްސް ކްލަބެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް