Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމިންގެ ކޮރަޕްޝަން

ވަގަކަށް ހާސް ދުވަސް، ވެރިއަކަށް އެއް ދުވަސް، މިއަދު މިއީ ވެރިންގެ ދުވަސް!

މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2019 | އަންގާރަ 14:07
ކުރީގެ ރައީސް އަބްދުﷲ ޔާމިން މި ވަގުތު ހުންނެވީ މާފުށީ ޖަލު ބަންދުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމިން މި ވަގުތު ހުންނެވީ މާފުށީ ޖަލު ބަންދުގައި

ކުޑަ ކޮޓަރިއެއްގެ ތެރޭގައި ގައިދުވެފައި އެ އޮންނަވި ބޭފުޅަކީ މީގެ ކުރިން އެސްޓީއޯގެ ޗެއާމަނެވެ. އެއީ ޓްރޭޑް މިނިސްޓްރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ކުރީގެ ވަޒީރެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އެތައް އަހަރެއް ވަންދެން ކުރެއްވި މެމްބަރެކެވެ. އެއީ ފާއިތުވި ފަސް އަހަރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރެއްވި ކުރީގެ ރައީސެވެ. މިއަދު އެ އޮންނެވީ ކަޅުފައިސާ ދޮވުމުގެ ކުށުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ދިވެހި އަދަބީ ބަހެއްގައި އޮވެއެވެ. "ވަގަކަށް ހާސް ދުވަސް، ވެރިއަކަށް އެއް ދުވަހެވެ".

ރައީސް ޔާމިންގެ މައްޗަށް ވައްކަމާއި ހިޔާނާތުގެ އެތައް ތުހްމަތުތަކެއް ކުރެވުނެވެ. ނަމަވެސް ދުވަހަކު ވެސް އެމަނިކުފާނުގެ މައްޗަށް އެއިން ކަމެއްގެ ތުހްމަތެއްގައި ދައުވާކޮށްލެވޭ ވަރު ވެސް ނުވެއެވެ. އެމަނިކުފާނު ޓްރޭޑް މިނިސްޓަރު ކަމާއި އެސްޓީއޯގެ ޗެއާމަން ކަމާއި ސްޓެލްކޯގެ ޗެއާމަން ކަމުގައި ހުންނެވި ދުވަސްވަރު ދައުލަތުގެ މާލިއްޔަތުން ނާޖާއިޒް ފައިދާ ހޯއްދެވި ކަމަށް އަބަދުވަސް ތުހްމަތުތައް ކުރެވިފައި އެބަ ހުއްޓެވެ. ގައުމީ އެއާލައިން ވުޖޫދުން ފުހެވިގެން ދިއުމުގައި ވެސް ތުހުމަތުގެ އިނގިލި އެމަނިކުފާނަށް އަމާޒުވެއެވެ. މާލިއްޔަތުން ވައްކަން ކުރާ ކަމަށް ޔާމިންގެ މައްޗަށް ކުރާ ތުހްމަތުތަކުން އެމަނިކުފާނު ވަނީ މީގެ ކުރިން ރެކިވަޑައިގެންފައެވެ.

ޔާމީން އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވިއިރު، ސިންގަޕޫރުގައި ތެލުގެ ވިޔަފާރި ކުރުމަށް އުފެއްދި މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށް ސިންގަޕޫރުގައި ވަގަށް ހިންގި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލައިގެ ވާހަކަ މީހުންގެ ހަނދާނުގައި ހުންނާނެއެވެ. އެ މައްސަލަ ބެލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގައި މަސައްކަތް ކުރެއްވިއެވެ. ޔާމިންގެ މައްޗަށް ތުހްމަތުކުރާ އެ މައްސަލަ ތަހްގީގު ކުރުމަށް އެމްޑީޕީގެ ވެރިކަމުގައި އިނގިރޭސިވިލާތުގެ ތަހްގީގު އޮޑިޓް ކުންފުންޏެއް ކަމަށްވާ ގްރާންޓް ތޯންޓަންއާ ހަވާލު ކުރުމުން، އެ ތަހުޤީޤް ނިންމައި، ރިޕޯޓް ހަވާލުކުރުމަށް ކައިރިވެފައި އޮއްވާ އެ ވެރިކަން މަގުމަތިން ވައްޓާލިއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުން ނަމަ އެ ތަހްގީގު ރިޕޯޓް ލިބެން ހަމަޖެހިފައި އޮތީ 6 ފެބްރުއަރީ 2012 އެވެ. ނަމަވެސް އެކަން ނުވެ އުޅެނިކޮށް އެމަނިކުފާނުގެ ވެރިކަން ޖެހިގެން އައި ދުވަހު ބަދަލު ވުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކުލަވާލި ސަރުކާރުގައި ބޮޑު ބާރެއް ދިނީ ރައީސް ޔާމިނަށެވެ. އަދި ސިންގަޕޫރުގެ ކޯޓަށް ހުށައެޅެން އޮތް ރައީސް ޔާމިންގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ހުއްޓުވާލީ ދިވެހި ސަރުކާރުން 10 މިލިއަން ޑޮލަރު ދިނުމަށް ފަހުއެވެ.

ޔާމިން ހިންގާފައިވާ ކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު ވިޔަފާރި"ގެ މައްސަލައިގައި ޔާމީން އާއި އިތުރު ނުވަ ފަރާތެއްގެ މައްޗަށް ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ލިޔުންތައް ވެސް ވަނީ ލީކްވެފައެވެ.

އޭގެ ފަހުން ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވި ފަހުން ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރައްވަމުން ގެންދެވި ކަމަށް އެކި ފަހަރު ތުހްމަތުތައް ކުރެވިފައި އެބަހުއްޓެވެ. ހުދު އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މައްޗަށް ވެސް އެ ތުހްމަތުތައް ކުރެވިފައި އެބަހުއްޓެވެ. ހާއްސަކޮން ސަދަގާތު ފައުންޑޭޝަނުގެ ނަމުގައި ދައުލަތުގެ މާލިއްޔަތު ބޭނުން ކޮށްގެން ހިންގި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ ކަންކަން އަދި ހުރީއެވެ.

ރައީސް ޔާމިން ވެރިކަމުގައި ހުންނަވަނިކޮށް ރާއްޖޭގެ ދިދަ ބޭނުންކޮށްގެން އދ. ގެ ގަވާއިދުތަކާ ޚިލާފަށް އުތުރުކޮރެއާއާ އެކު ތެލުގެ ވަގު ވިޔަފާރި ހިންގި ބޯޓާއި އެބޯޓާ ގުޅިފައިވާ ކުންފުނިތަކާއި ރައީސް ޔާމީނާ ގުޅުން އޮތް ކަމަށް އެމްޑީޕީން އޮތީ ތުހްމަތުކޮށްފައެވެ. އެހެން ނަމަވެސް އެ ތުހްމަތުގައި ވެސް ޔާމިިނަށް ކުރި ލިބުނެވެ. ފުލުހުން ބުނީ އެ މައްސަލައާ ޔާމިންއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ރައީސް ޔާމިންގެ މައްޗަށް ތުހްމަތުކުރެވޭ ވައްކަމުގެ މައްސަލައިގެ ލިސްޓެއް ލިޔަންވެއްޖެ ނަމަ އެހާ ކުރުކޮށް ނިންމައެއް ނުލެވޭނެ އެވެ. އެ ވާހަކަތަކަށް ބާރު ލިބެނީ ފާއިތުވި އަހަރުތަކުގައި ވެސް އެއްވެސް ވިޔަފާރިއެއް ރަސްމީ ސިފައެއްގައި ނެތް ބޭފުޅެއްގެ އެކައުންޓްގައި މިލިއަން ޑޮލަރުތަކާއި ރުފިޔާތައް ހުރުމުންނެވެ. އެ ފައިސާތައް ލިބުނު ގޮތެއް އެމަނިކުފާނަށް ބުނެދެވިފައި ނެތުމެވެ.

އެ ހުރިހާ ތުހްމަތުތަކެއް އެހެން ހުއްޓާ މިއަދު މިއީ ވެރިންނަށް އެއް ދުވަހޭ ބުނާ ދުވަހެވެ. ދިވެހި ރާއްޖެ ފަޅުރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގައި މައިދައުރެއް އަދާކުރި ކުންފުނިން ޔާމިން އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ދޮވެ ސާފުކުރަން ކުރެއްވި މަސައްކަތުގައި އެމަނިކުފާނު އެ ވަނީ ދަންތުރައެއްގައި ޖެހިފައެވެ. ރައީސް ޔާމިންގެ ކަޅުފައިސާ ދޮވުމުގެ އަމަލެއް ހިންގި ކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައި ފުލުހުންގެ ތަހްގީގުން އެކަން ސާބިތުވާނެ ކަމަށް ބެލެވޭ ސަބަބުތައް ގިނައެވެ. އެހެންވެ ފުލުހުން އެ މައްސަލަ ތަހްގީގުކުރުމަށް ފަހު ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނަރަލްގެ އަރިހުން އެދުމުން ޕީޖީ ވަނީ ދައުވާކުރަން ޖެހޭ ކަމަށް ފެނިވަޑައިގެން ދައުވާ އުފުއްލަވާފައިއެވެ. އަދި ނުވިތާކަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ އަމުރަކަށް ޔާމިން މި ވަގުތު ހުންނެވީ މާފުށީގައި ހައްޔަރުކުރެވިފައެވެ. ޔާމިނަށް ހާސް ދުވަސް ލިބުމަށް ފަހު މިއަދު މި އޮތީ ވެރިންގެ ދުވަހަށް ވެފައެވެ. ރައްޔިތުންގެ ދުވަހަށް ވެފައެވެ. ނަމަވެސް މިއީ އެމަނިކުފާނަށް ތުހުމަތުކުރެވޭ ބިޔަ ބޮޑެތި މައްސަލަތަކުގެ ތެރެއިން ކުޑަކުޑަ މިންވަރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު