Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީއޭ ޗެމްޕިއަންޝިޕް

ޔޫއެން ފްރެންޑެސް ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި!

19 ފެބުރުއަރީ 2019 | އަންގާރަ 07:57

ޔޫއެން ފްރެންޑްސް 70 ޕޮއިންޓް، ޓީރެކްސް 32 ޕޮއިންޓް

މިއުނާ ހަސަން
މިއުނާ ހަސަން | 19 ފެބުރުއަރީ 2019 | އަންގާރަ 07:57
އެންބީއޭ ޗެމްޕިއަންޝިޕް

އެންބީއޭ ޗެމްޕިއަންޝިޕް

އެމްބީއޭ ޗެމްޕިއަންޝިޕްގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުވެސް ތަފާތު ބޮޑު ނަތީޖާއަކުން ޔޫއެން ފްރެންޑްސް ކާމިޔާބު ކޮށްފިއެވެ.

ބާސްކެޓުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޔޫއެން ފްރެންޑް މެޗު ކާމިޔާބު ކުރީ ޓީރެކްސް ސްޕޯރޓްސް އެކަޑަމީއާއި ވާދަކޮށެވެ.

މި މެޗުގެ ނަތީޖާއަކީ ޔޫއެން ފްރެންޑްސް 70 ޕޮއިންޓް، ޓީރެކްސް 32 ޕޮއިންޓެވެ.

ސޯޝަލް ސެންޓާ އިންޑޯގައި ކުޅުނު މި މެޗު ފުރަތަމަ ކުއާޓާ ބޮޑު ލީޑަކާއި އެއްކޮށް ފްރެންޑްސް ޓީމް ގެންދިޔައިރު ޓީރެކްސްގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް ނުފެނެއެވެ. މި ކުއާޓާގައި ފްރެންޑްސް ޓީމުން 22 ޕޮއިންޓް ހޯދިއިރު ޓީރެކްސްއަށް ކާމިޔާބު ކުރެވުނީ އަށް ޕޮއިންޓެވެ.

ދެވަނަ ކުއާޓާ ފެށިގެން ޓީރެކްސްގެ ފަރާތުން ރީތި ކުޅުމެއް ފެނިގެން ދިޔައިރު ލީޑުގައި އޮތް ފްރެންޑްސް ޓީމަށް ރަނގަޅު ހަމަލާތަކެއްދިނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ކުއާޓާގައި 11 ޕޮއިންޓް ޓީރެކްސްއިން ހޯދިއެވެ. ޔޫއެން ފްރެންޑްސްއަށް ކާމިޔާބު ކުރެވުނީ ނުވަ ޕޮއިންޓެވެ.

ދެވަނަ ކުއާޓާގައި ލީޑް ފުޅާ ކުރުމަށް ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. ތިންވަނަ ކުއާޓާ ފެށިގެން ޔޫއެން ފްރެންޑްސްގެ ކުޅުން ރަނގަޅުކޮށް ލީޑް އިތުރަށް ފުޅާ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން 19 ޕޮއިންޓް ކާމިޔާބު ކުރިއެވެ. ނަމަވެސް ޓީރެކްސްއަށް ހޯދުނީ ހަ ޕޮއިންޓެވެ.

ފަހު ކުއާޓާގައި ޓީރެކްސްގެ ފަރާތުން މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަތީޖާއެއްގެ ގޮތުން ވަގުތުގެ ބޭނުންހިފާ ފްރެންޑްސް ޓީމުން ލީޑް އިތުރަށް ފުޅާކޮށް ފުލު ފުލުގައި ޓީރެކްސް ކޮޅަށް ސްކޯކުރިއެވެ.

މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ ޔޫއެން ފްރެންޑްސް 70، ޓީރެކްސް ސްޕޯރޓްސް އެކަޑަމީ 32 ކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫއެން ފްރެންޑްސްގެ ޖާޒީ ނަމްބަރު 10، ފާތިމަތު ރިޝްމާއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރިޝްމާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް