Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސްރީދޭވީ ކުޅެފައިވާ މިސްޓަރ އިންޑިއާ ވެގެން ދާނީ އަބަދުވެސް އަހަރެންގެ ފޭވަރިޓަށް: ޝޯނަމް

ސޯނަމް ކުޑައިރު އޭނާގެ ގޭގައި ސްރީދޭވީ އެތައް އަހަރެއް ވަންދެން އުޅުނު ދުވަސްތައް ވަނީ ފާހަގަކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ފެބުރުއަރީ 2019 | ހޯމަ 17:02
ސްރީދޭވީ އާއި ސޯނަމް ކަޕޫރު

ސްރީދޭވީ އާއި ސޯނަމް ކަޕޫރު

އަނިލް ކަޕޫރާއި ސްރީދެވީ ލީޑް ރޯލް ކުޅެފައިވާ ފިލްމް "މިސްޓަރ އިންޑިއާ" ވެގެން ދާނީ އަބަދުވެސް އޭނާގެ ފޭވަރިޓް ފިލްމަށް ކަމަށް ސޯނަމް ކަޕޫރު ބުނެފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި ސްރީދޭވީ މަރުވިތާ އެއް އަހަރު ފުރުން އާއިލާއިން ފާހަގަ ކޮށްފައިވާއިރު "ޓައިމްސް ނައު" އިން ސޯނަމްގެ ފަހަރީ ސްރީދޭވީ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ސޯނަމްގެ ފޭވަރިޓް ފިލްމަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ ސޯނަމްގެ ބުނެފައިވަނީ މިސްޓަރ އިންޑިއާ ކަމަށެވެ. އަދި ސޯނަމް ކުޑައިރު އޭނާގެ ގޭގައި ސްރީދޭވީ އެތައް އަހަރެއް ވަންދެން އުޅުނު ދުވަސްތައް ވަނީ ފާހަގަކޮށްފައެވެ. އަދި ސްރީދޭވީގެ ކޮޓަރީގައި އޭނާގެ ޓީވީން "ހަމްހޭ ރާހީ ޕްޔާރްކޭ" ބަލަން ބައިންދާ ހަންދާންތައް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

ސްރީދޭވީގެ މަރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިދޔަ ހަފްތާގައި ސްރީދޭވީގެ ފިރިމީހާ ބޮނޭ ކަޕޫރާއި ދެ ދަރިން ކަމަށްވާ ހުޝީ ކަޕޫރާއި ޖާންވީ ކަޕޫރު އަދި އަނިލް ކަޕޫރާއި އޭނާގެ އަންހެނުން ސުނީތާ ކަޕޫރު ވަނީ ޗެންނާއީގައި ހުންނަ ސްރީދޭވީގެ ގޭގައި ހާއްސަ ޕޫޖާއެއް ބާއްވާފައެވެ.

މިޕޫޖާގައި ސްރީދޭވީ ކުޅެފައިވާ ފިލްމް "އިންގްލިޝް ވިންގްލިޝް" ގެ ޑައިރެކްޓަރ ގައުރީ ސިންޑޭ އާއި އޭނާގެ ފިރިމީހާ އާރް ބަލްކީ އަދި ޓެމިލް އެކްޓަރ އަޖިތް ވަނީ ބައިވެރިވެފައެވެ.

ސްރީދޭވީގެ ޑެތް އެނިވާސަރީ ގައި "މުމްބާއީ މިރާ"އަށް ދިން އިންޓަވިއު އެއްގައި އަނިލް ކަޕޫރު ބުނެފައިވަނީ ސްރީދޭވީ އަކީ އޭނާގެ ބޭބެގެ އަންހެނުން ކަމަށާއި އޭނާގެ އަންހެނުންގެ ރަހުމަތްތެރިއެއް ކަމަށެވެ.

"އަހަރުމެން ދިމާވާ ކޮންމެ ފަހަރަކުވެސް ވަރަށް މަޖާކުރަން. ސަކަރާތްޖަހައި ހީ ސަމާސާކޮށް ހަދަން. ސްރީދޭވީ އަކީ ހަނދާނުން ފުހެލަން ވަރަށް އުނދަގޫ މީހެއް." އަނިލް ވަނީ ބުނެފައެވެ.

ސްރީދޭވީގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް އަނިލް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
18 އެޕްރީލު 2017

ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި

18 އެޕްރީލު 2017
ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
07 އެޕްރީލު 2017

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު