ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފި
18 ފެބުރުއަރީ 2019 | ހޯމަ 07:1758 ކާރު، 180 ސައިކަލު ނައްތާލާނެ

ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަނީ
ގަވައިދާއި ހިލާފަށް މަގުމަތީގައި ޕާކުކޮށްފައިވުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އުނދަޅުތައް ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުޅަނދުތައް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާ އެއް ފުރިހަމަ ކުރުމަށް ފަހު، ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ނައްތާލާފައިވާ އުޅަނދުތަކާއި ނައްތާލުމަށް ޓަކައި އުޅަނދުތައް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 58 ކާރު، އަދި 180 ސައިކަލު ކަމަށެވެ.






