Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ތިމާވެށީގެ މައްސަލަޔަކީ ހަމައެކަނި ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމެއް ނޫން: ރައީސް ނަޝީދު

17 ފެބުރުއަރީ 2019 | އާދީއްތަ 16:07

މޫސުމަށް އަންނަ ބަދަލާ ބެހޭ ގޮތުން ވާހަކަ ދެކެވޭތާ 24 އަހަރު ވެފައިވީ ނަމަވެސް މިކަމާ މެދު އެކަށިގެންވާ ފިޔަވަޅެއް މިއަދާ ހަމައަށް ވެސް އެޅިފައެއްނުވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 17 ފެބުރުއަރީ 2019 | އާދީއްތަ 16:07
ރައީސް ނަޝީދު

ރައީސް ނަޝީދު

ތިމާވެށީގެ މައްސަލަޔަކީ ހަމައެކަނި ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓުގައި ކުރިޔަށް ގެންދާ ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ފޮރިން މިނިސްޓރ ޝާހިދު ތިމާވެއްޓާއި އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ހިސާބުން ފެށިގެން ނޫސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން އޭރު ވެސް މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުން އެމަނިކުފާނު ވަކާލާތު ކުރަމުން އަންނަ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ތިމާވެއްޓައް އަންނަ ބަދަލުތަކާ ގުޅިގެން އދ. ގެ ފްރޭމްވޯކް ކޮންވެންޝަން ރިފޯމް ކުރަން ބޭނުންވާ ކަމަށާއި ހަމައެކަނި ވާހަކަ ދައްކައިގެން އެކަމެއް ހައްލެއް ނުކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ބަޖެޓްގެ 12% ތަޢުލީމަށް އަދި 13% ސިއްހީ ދައިރާ އަށް ޚަރަދު ކުރެވެމުންދާއިރު ބަޖެޓްގެ 15% އަށް ވުރެ ގިނަ އަދަދެއް މިހާރު ޚަރަދުކުރެވެނީ އެޑެޕްޓޭޝަނަށް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލް ކުރުމަށް ތަޢުލީމީ ގޮތުން މަސައްކަތްކުރާ މުޢައްސަސާތަކާއި ޔުނިވަރސިޓީތަކަށް ޒިޔާރަތް ކުރުމުގެ ނަސީބު އެމަނިކުފާނަށް ލިބިފައިވުމުން، ރާއްޖޭގެ ސަފީރުން ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ކުރިއަށްގެންދާ ޙަރަކާތްތަކާއި މަޝްވަރާ ބައްދަލްވުންތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަގު ފަހިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ފޮރިން ޕޮލިސީގައި މި މައްސަލަޔަށް ދެއްވާފައިވާ އަހައްމިޔަތުކަމުގެ މުހިއްމުކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިހާރުގެ ޔޫއެން އެފްސީސީސީ ޕްރޮސެސްއަކީ އެންމެ ފުރިހަމަ ޕްރޮސެސްއެއް ނޫން ކަމަށާއި މިކަމުގައި ދެ ގައުމެއް އެއްބައިވެ ކުރިއަށް ދާން ނިންމި ކަމުގައި ވިޔަސް ތިންވަނަ ގައުމަކުން މިކަމާ ދެކޮޅު ހަދައިފި ނަމަ މަސައްކަތް ހުއްޓިގެންދާނެ ކަމަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލާ ބެހޭ ގޮތުން ވާހަކަ ދެކެވޭތާ 24 އަހަރު ވެފައިވީ ނަމަވެސް އެކަމާ މެދު އެކަށިގެންވާ ފިޔަވަޅެއް މިއަދާ ހަމައަށް ވެސް އެޅިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދިނުމަށް މަސައްކަތް ކުރެވެމުންދާއިރު، ބައެއް ގައުމުތަކުން އަދިވެސް 2 ޑިގްރީގައި ބެހެއްޓުމަށް މަސަކަތްކުރަމުން ދާކަން އެމަނިކުފާނު ހިތާމަޔާ އެކު ފާހަގަ ކުރައްވާފައި ވެއެވެ.

ޖުމްލަ ތިން ސެޝަނެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޯކްޝޮޕްގައި މޫސުމައް އަންނަ ބަދުލަތުކާ ބެހޭ ގޮތުން ކުދި ގައުމުތަކަށް ކުރެވޭނެ ކަންތައްތަކާއި މުސްތަގުބަލުގައި ޔޫއެން އެފްސީސީސީގެ ދައުރާއި ދެކުނު އޭޝިއާގައި ބާއްވާ ޕެރިސް އެގްރީމެންޓާ ބެހޭ ގޮތުން މަޝްވާރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯރކްޝޮޕްގައި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނާއި ލިއޭޖް ޔުނިވާރސިޓީގެ ބައެއް ފަރާތްތަކާއި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް