Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޖެންޑާ 19

އެޖެންޑާ 19 ގެ އިންސާފުގެ ހިނގާލުން އަންގާރަ ދުވަހު ހަވީރު!

ހިނގާލުން ފެށޭނީ އަންގާރަ ދުވަހު 4:00 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ފެބުރުއަރީ 2019 | އާދީއްތަ 07:47
އެމްޑީޕީގެ ސަޕޯރޓަރުންތަކެއް

އެމްޑީޕީގެ ސަޕޯރޓަރުންތަކެއް

އެމްޑީޕީގެ ވަރަށް ޚާއްސަ ހިނގާލުމެއް އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19ގެ "އިންސާފުގެ ހިނގާލުން" ނަމުގައި ބާއްވާ މި ހިނގާލުން އޮންނާނީ އަންގާރަ ދުވަހު ކަމަށާއި، މި ހިނގާލުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

" އަންގާރަ ދުވަހު މި ހިނގާލުން ފެށޭނީ 4:15 އިން ހަރުގެ ކުރިމަތިން. ހިނގާލުން ކުރިއަށްދާނީ މަޖީދީ މަގުުގައި. މީ އަޅުގަނޑުމެން އެޖެންޑާ 19 އިންސާފުގެ ސިޔާސަތުތައް ލޯންޗު ކުރުމުގެ ހިނގާލުން. އަދި މި ހިނގާލުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ މެމްބަރުންނާއި، އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ ބޭފުޅުންނާއި، އެޖެންޑާ 19 ގެ ދަށުން އަޅުގަނޑުމެން ހުށައަޅާ ކަންތައްތަކަށް އެއްބާރުލުން ދެއްވާ އަޅުގަނޑުމެންނަށް ސަޕޯޓު ކުރައްވާ ބޭފުޅުން މި ހިނގާލުމުގައި ބައިވެރިވުން" އަފްޝަން ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަން ހޯމަ ދުވަހުގެ ރޭ 9:00 ގައި އިސްލާމިކް ޔުނިވާރސިޓީގެ ހޯލުގައި އޮންނާނެ ކަމަށާއި، އެ ޕެނަލްގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓު ހިސާން ހުސައިންއާއި، ލ.ފޮނަދޫ އެމްޑީޕީ ކެނޑިޑޭޓު މޫސާ ސިރާޖުގެ އިތުރުން ޤާނޫނީ ވަކީލު ހުސްނުއްސުއޫދުވެސް ބައިވެރިވެލައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެރޭގެ ޕެނަލްގައި ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި، ޕަބްލިކް ޑިޕެންޑަރސް އޮފީސް ޤާއިމުކުުރުމާ ގުޅޭގޮތުން އެމްޑީޕީން ހުށައަޅާ ސިޔާސަތު ތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވީހާ ވެސް ގިނަ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ޕެނަލްގައި ބައިވެރިވުމަށް އެ ޕާޓީން އެދިފައިވެއެވެ.

އަފްޝަން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީން އަދާލާތާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ ކަމަށެވެ. އަދި އޭގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިިއެވެ.

އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ. އެމްޑީޕީން ވާދަ ނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށެވެ. ހަ ދާއިރާއެއްގެ ގޮނޑި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އަދާލަތަށް ދިނުމަށް އެމްޑީޕީން ވަނީ ދާދިފަހުން މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް ގިނަ ކެނޑިޑޭޓުން ގޮނޑި ދޫކޮށްލަން ބޭނުންނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު