Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުންފަތް، ހަށިގަނޑުގެ އެންމެ ބޮޑު އެއް ދުޝްމަން

ހަށިގަނޑުގެ އެންމެ ބޮޑު އެއް ދުޝްމަން

17 ފެބުރުއަރީ 2019 | އާދީއްތަ 07:02

ދުންފަތުގެ ސަބަބުން ރަނގަޅު ކޮލެސްޓްރޯލް އެޗްޑީއެލް މަދުވެ ނުބައި ކޮލެސްޓްރޯލް އެލްޑީއެލް އިތުރުވެގެން ދޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 17 ފެބުރުއަރީ 2019 | އާދީއްތަ 07:02
ސިނގިރޭޓްގެ ސަބަބުން ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު

ސިނގިރޭޓްގެ ސަބަބުން ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު

ކޮންމެ ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރިއަސް ދުންފަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކެވެ. އެއްވެސް ބާވަތެއްގެ ދުންފަތެއްގައި ހަށިގަނޑަށް ރައްކާތެރި ފައިދާކުރަނިވި އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެއެވެ.

އެގޮތުން އޭސްޓޯން، ޓާޔާ، ނިކޮޓިން އަދި ކާބަން މޮނޮކްސައިޑަކީ ހަށިގަނޑަށް އެތައްގޮތަކުން ގެއްލުންދޭ މާއްދާތަކެވެ. ތިމާ ބޯ ސިނގިރޭޓްގެ ސަބަބުން ހަމައެކަނި ގެއްލުން ވަނީ ފުއްޕާމެއަށް އެކަންޏެއް ނޫނެވެ. މުޅި ހަށިގަނޑަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ދިމާވާ މައްސަލަތަކުގެ ތެރޭގައި

ފުއްޕާމޭގެ ކެންސަރު ޖެހުން:

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގަޑަށް ފުއްޕާމޭގެ ކެންސަރު ޖެހުން ބޮޑުވެގެން ދެއެވެ. އަދި މި ކަމުގައި މަރުވާ ގިނަމީހުންނަކީ ފުއްޕާމޭގެ ކެންސަރުގައި މަރުވާ މީހުންނެވެ.

ހިތުގެ ބަލި:

ހިތުގެ ބަލިތައް ޖެހޭ މީހުން އިތުރުވެގެން ދެއެވެ. ހާޓްއެޓޭކް ފަދަ ބޮޑަތި ބަލިތައް ޖެހުމާއި ކާޑިއެކް އެރެސްޓް ޖެހުން ފަދަ ބޮޑަތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

ކޮލެސްޓްރޯލް މަތިވުން:

ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ރަނގަޅު ކޮލެސްޓްރޯލް ( އެޗްޑީއެލް ) މަދުވެ އަދި ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް) އިތުރުވެގެން ދެއެވެ.

ލޮލުގެ ފެނުން ދަށްވުން:

ލޮލުގެ ފެނުމަށް އަސަރުކޮށް ލޮލުގެ އެކި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެގޮތުން ގުލައުކޮމާ،ޑީޖެނެރޭޝަން އަދި ކެޓަރެކްޓްސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އާންމު ވެގެން ދެއެވެ.

މާބަނޑު ދުވަސްވަރު ސިނގިރޭޓް ބޯނަމަ ލިބޭ ގެއްލުމުގެ ތެރޭގައި:

މާބަނޑު ދުވަސްވަރު ސިނގިރޭޓް ބޯނަމަ އަލަށް އުފަންވާ ކުއްޖާ މަރުވެ ނޭވާ ހިއްލުމާއި ކަންފަތުގައި އިންފެކްޝަން އުފެދުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެއެވެ. އަދި ދަރިފުޅު ދުނިޔެއަށް އަންނަ ވަގުތު ބޭނުންވާ އޮކްސިޖަން ނުލިބި ތުއްތު ކުއްޖާ މަރުވުމުގެ ފުރުސަތު އެތައް ގުނައެއް އިތުރު ވެގެން ދެއެވެ.

ދަތްތައް ބަލިވުން:

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަތްތައް ބަލިވެ ދަތްތަކުގެ ހުދުކަން ގެއްލި ދަތްތައް ރީނދޫ ވެއެވެ. މިކަމުގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ކަށިތައް ބަލިވެ އަނގައިގައި އިންފެކްޝަން އުފެދެން މެދުވެރި ވެއެވެ.

އިސްތަށިގަނޑުގައި ނުބައިވަސް ދުވުން:

ދުންފަތުގެ ބާވަތެއް ކަމުގައިވާ ސިގިރޭޓް ބުޔުމުގެ ސަބަބުން އެ ބޯ މީހާގެ ހަށިގަނޑުގަޔާއި، އިސްތަށިގަނޑުގަޔާއި އަދި އަނގައިގައި ނުބައިވަސް ދުވާ އަދި އެކަމުގެ ސަބަބުން އެހެން މީހުންނަށް އެކަމުގެ އުނދަގޫ ތަކާއި ކުރިމަތި ލާންޖެހޭ ކަމެކެވެ.

ނިޔަފަތި ތަކަށް ރީނދޫ ކުލައެރުން:

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އިނގިލިތަކާއި އިނގިލީގެ ނިޔަފަތިތަކަށް ރީނދޫ ކުލަ އަރާ އިނިގިލި ތަކުގެ ހަންގަނޑު ކުރަކިވާން މެދުވެރިވެއެވެ.

ގައިގެ ހަން ކުރަކިވުން:

ސިނގިރޭޓް ބޯނަމަ ގައިގެ ހަން ކުރަކިވެ ލޭގެ ދައުރުވުން ކުޑަވެގެން ދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބުމަށް އުނދަގޫ ވެއެވެ.

މީގެ އިތުރުން ކޮންމެ އެއް ސިނގިރޭޓެއްގައި ހަށިގަނޑަށް ގެއްލުންދޭ 600 މާއްދާ އެކުލެވިގެން ވެއެވެ. ސިނގިރޭޓެއް ދަމާލާ ކޮންމެ ފަހަރަކުން 7000 ކެމިކަލް ޕާޓިކަލް ހަށިގަނޑުގައި ދައުރު ވެއެވެ. މީގެތެރޭގައި ގިނަ ކެމިކަލް ތަކަކީ ހަށިގަނޑަށް ގެއްލުން ދެނިވި ކެމިކަލް ތަކެވެ.

އެގޮތުން 70 ކެމިކަލް އަކީ ކެންސަރާއި ގުޅުންހުރި ކެމިކަލް ތަކެއް ކަމަށް އެމެރިކަން ލަންގު އެސޯސިއޭޝަނުން ކުރި ދިރާސާއަކުން ދައްކައެވެ.

ދުންފަތުގެ ސަބަބުން އަތުންދާ ފައިސާގެ ތެރޭގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ދުވާލަކު ސިނގިރޭޓް ފޮއްޓެއް ބޯނަމަ ކޮންމެ ދުވަހަކު އަތުން 25 ޑޮލަރު ހޭދަވާނެ ކަމަށް ބުނެއެވެ. އެއްހަފްތާގެ ތެރޭގައި 177 ޑޮލަރު ބޭކާރު ވެގެން ދާއިރު މަހެއްގެ މައްޗަށް 5310 ޑޮލަރު އަތުން އެއްވެސް ބޭނުމެއް ނެތްގޮތެއްގައި ހޭދަވެގެން ދެއެވެ.

އެހެން ކަމުން ސިއްހީ ގޮތުންނާއި މާއްދީ ގޮތުން ގެއްލުންތަކެއް ސިނގިރޭޓް ބޯ މީހާއަށް ލިބިގެން ދާއިރު މީ ވިސްނާލަން ޖެހޭ ކަމެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް