Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

އާންމު ސިއްހަތު ޤާއިމުކުރުމަށްޓަކައި ސާފުތާހިރު ވުން މުހިއްމު: ޚުތުބާ

ބަލިތަކުން ރައްކާތެރި ވުމަށް ގޮވާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ފެބުރުއަރީ 2019 | ހުކުރު 08:09
ކުނި އެއްކޮށްފައިވާ ސަރަހައްދެއް

ކުނި އެއްކޮށްފައިވާ ސަރަހައްދެއް

އާންމު ސިއްހަތު ޤާއިމުކުރުމަށްޓަކައި އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކީ ސާފުތާހިރުވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އާންމު ސިއްހަތު – އެންމެންގެ މަސްއޫލިއްޔަތު" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައިވަނީ ސާފުތާހިރު ނުވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ އެކި މައްސަލަތަކާއި ސާފުތާހިރު ވުމަށް އިސްލާމް ދީނުގައި ބާރުއަޅާ މިންވަރުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ފަހަކަށް އައިސް ޑެންގޫއާއި ޗިކަން ގުންޔާ ފަދަ ބަލިތައް އާންމުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ޚުތުބާގައި ބުނެފައިވަނީ އެފަދަ ބަލިތަކަކީ ވަރަށް އަވަހަށް ފެތުރޭ ބަލިތަކެއް ކަމަށާއި، ޑޮކްޓަރުންނާއި ސިއްހީ ދާއިރާތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ.

" ޑެންގޫއާއި ޗިކަން ގުންޔާ އަދި އޫރު ރޯގާއާއި، ދޫނި ރޯގާ ފަދަ ރޯގާތަކަކީ ވަރަށް ބާރަށް ފެތުރޭ ބަލިތަކެކެވެ. މިހެންވެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާތަކުން އަޅުގަނޑުމެންނަށް އާންމު ސިއްހީ އިރުޝާދުތަކެއް ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި ގިނައިން އަތް ދޮވުމާއި، އާންމު ތަންތަނަށް ކުޅު ނުޖެހުމާއި، ރޯގާ ޖެހިފައިވާ މީހުން ބޭރަށް ނުކުމެ އެއްތަނަކަށް ޖަމާވެ ނޫޅުން ފަދަ ކަންތައްތައް ހިމެނޭ، އެއީ އިސްލާމީ ޝަރުއީ ޤާއިދާ ކަމަށްވާ ގެއްލުން ލިބިގަތުމެއް އަދި ގެއްލުން ދިނުމެއްވެސް ނުވޭ، އޭގެ ދަށުން" ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މިއަދުގެ ޚުތުބާގައި ވަނީ ދުޅަހެއު ސިއްހަތެއްގައި ހުރުމަށްޓަކައި ދިރިއުޅޭ ވެށީގެ ސާފުތާހިރުކަން ޤާއިމު ކުރުމުގެ މުހިއްމުކަމަށްވެސް އަލިއަޅުވާލާފައެވެ.

" ފައިސާއާއި ތަނަވަސްކަމެއް ނެތް ކަމަށް ބުނެ ސާފުތާހިރުކަމާ ދުރަށް ދެވޭކަށްނެތެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު އެމީހެއްގެ މަސްއޫލިއްޔަތު މިކަމުގައި އަދާކޮށްފިނަމަ އަޅުގަނޑުމެންގެ ރަށްތައް ރީތި ސާފު ރަށްތަކަކަށް ވާނެއެވެ. އަޅުގަނޑުމެން ފެން ހުސްކުރާ ފުޅިތަކާއި ޖޫސް ހުސްކުރާ ޕެކެޓުތަކާއި ދަޅުތައް މަގުމައްޗަށް އުކައި ނުލާނަމަ މަގުތައް ހަޑިވާނެތޯއެވެ ؟ އަޅުގަނޑުމެން ގޭގޭގެ ކުނި ކޮތަޅުތައް މަގުމައްޗަށް އުކައިނުލާނަމަ މަގުމަތި ގޮނޑުވާނެތޯއެވެ ؟ އަޅުގަނޑުމެން އަރިދަފުސް ފޮޅާ ކަރުދާސް ރުމާތައް މަގުމައްޗަށް އެއްލައި ނުލާނަމަ ރޯގާ ފެތުރޭނެތޯއެވެ ؟ " ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ސާފުތާހިރުކަމަކީ ތަނަވަސްކަމެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ނިޒާމުގެ މައްސަލައެއްވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބަލިތަކުން ރައްކާތެރި ވެވޭނެ ގޮތްތައް ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު