Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް

ކުޑަ ވެސް މިންވަރެއް ކޮރަޕްޝަނަށް ތަހައްމަލު ކުރައްވައިގެން ނުވާނެ!

ހިޔާނާތުގެ ތުހްމަތު ކުރެވޭ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2019 | ބުރާސްފަތި 14:31
ބޮޑު ހިޔާނާތް ހިންގި އެމްއެމްޕީއާރުސީ

ބޮޑު ހިޔާނާތް ހިންގި އެމްއެމްޕީއާރުސީ

ހެޔޮ ވެރިކަމަކަށް ރާއްޖެ އަނބުރާ ގެނައުމަށްޓަކައި ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދައާއި، ޚިޔާނާތުން ދައުލަތުގެ މުއައްސަސާތައް ސަލާމަތް ކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފައްޓަވާފައެވެ. އެގޮތުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން، ވަކި އުޞޫލަކުން ހާމަކުރަން ވަނީ ފަށާއެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި، ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް، ތަހައްމަލުނުކުރާނެ ކަމުގެ ޔަޤީންކަން، ހާމަކޮށްދިނުމަށްޓަކައި "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ގެ ނަމުގައި ކެމްޕެއިނެއް ވަނީ ފަށައިފައެވެ. މި ކެމްޕެއިން ފެށިތާ ދެ ދުވަސް ފަހުން، ބުރާސްފަތި ދުވަހު އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓުން ވަރަށް ގިނަ ކަންތައްތަކެއް ހާމަވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އިން ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި އޭރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރަކަށް ހުންނެވި އަދި މިހާރު ރައީސް ސޯލިހްގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ހިމެނެއެވެ. މަހްލޫފަށް 33،000 އަދި އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

އެއީ ޑޮލަރު ބައްލަވައިގަތުމުގެ މުއާމަލާތެއް ކަމަށް، އޭސީސީގެ ރިޕޯޓް ނެރުމާ އެކު މިނިސްޓަރު މަހްލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. ޑޮލަރުގެ ބަދަލުގައި އެސްއޯއެފް އަށް ފައިސާ ދެއްކި ކަމަށް ބުނާ އެ ކުންފުނީގެ ސްލިޕެއް ހާމަކުރައްވާފައި ވެއެވެ. ފައިސާ ދިން ކަމުގެ އިތުރު ހެއްކެއް ނުވަތަ ސްޓޭޓްމަންޓެއް ހާމަކުރައްވާފައެއް ނުވެއެވެ. އަކްރަމް ކަމާލުއްދީން މިހާތަނަށް މިކަމާ ގުޅޭ ގޮތުން ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނެތެވެ.

ސަރުކާރުން ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަންގެ ކެމްޕެއިން ސަރުކާރުން ފަށާފައިވާއިރު، އޭސީސީގެ ރިޕޯޓާ ގުޅިގެން މިނިސްޓަރު މަހްލޫފާއި ސްޓޭޓް މިނިސްޓަރު އަކްރަމް ގޭގައި މަޑުކުރެއްވުމަށް ރައީސް ސޯލިހް ވަނީ އަންގަވައިފައެވެ. މަހްލޫފަކީ ރައީސް ސޯލިހްގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅުގެ ފިރިކަލުންނެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކީ ވެސް ހުދު ރައީސް ސޯލިހްގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމްޑީޕީގެ ވަރުގަދަ ތަނބެކެވެ. މިފަދަ ވަރުގަދަ ދެ ބޭފުޅަކު ގޭގައި މަޑުކުރެއްވުމަށް އެނގެވުމަކީ ރައީސް ސޯލިހްގެ ހިތްވަރުފުޅު ގަދަކަމުގެ ލާމަސީލު މިސާލެކެވެ.

އޭސީސީގެ ރިޕޯޓްގައި އެމްޑީޕީން މަޖިލީހަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ނަން ހިމެނެ އެވެ. އަދި ބައެއް ކެންޑިޑޭޓުންގެ މަސްލަހަތު އޮތް ވިޔަފާރިތައް ވެސް ހިމެނެއެވެ. އެފަދަ ބޭފުޅުން ހިންގާފައިވާ މުއާމަލާތަކީ ކޮރަަޕްޝަންގެ އެއްވެސް މިންވަރެއް ނެތް މުއާމަލާތެއްކަން ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށް ދެއްވުމަށް، ރައީސް ސޯލިހް ބާރު އަޅުއްވަންޖެހެއެވެ. އެކަން ނުކުރައްވާ ނަމަ، ސަރުކާރުން އެ ފަދަ ތާއިދު ކުރެއްވުމުގެ ބޭނުމެއް ވެސް ނެތެވެ.

ރައްޔިތުންގެ ފައިސާ ވައްދާފައިވާ، އެސްއޯއެފްއާ އެކު މުއާމަލާތް ހިންގާފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެމްބަރުންގެ ކުންފުނިތަކާއި ކުރީގެ ސަރުކާރުގެތަކުގެ ވެރިންނާއި، މިހާރު މަޖިލީހަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކުންފުނިތައް ހިމެނެ އެވެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި އެ ބޭފުޅުން ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެކޭ ވިދާޅުވުމަކުން ނުފުދެ އެވެ. އެކަން ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދޭން ޖެހެއެވެ. ތަހްޒީބު ގޮތަކީ މިވަރުގެ ބޮޑު ތުހްމަތެއް ކުރެވުމުން މެމްބަރުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމެވެ. ވަޒީރުން ވަޒީރުކަމުން އިސްތިއުފާ ދެއްވުމެވެ. ޑޮމޮކްރަރީގެ ރީތި މިސާލުތައް ދައްކާ ގައުމުތަކުގައި ކަން ހިނގަނީ މިއުސޫލުންނެވެ.

މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން އަމިއްލަ ކުންފުނިތައް ޝާމިލްވާ ގޮތަށް އެސްއޯއެފްއާ އެކު ހިންގާފައިވާ މުއާމަލާތްތައް ރަނގަޅަށް ތަހްގީގުކޮށް ފިޔަވަޅު އަޅަންޖެހެއެވެ. އަދި މި މައްސަލަތައް މިހެން ހިންގަމުންދާ ކަމާއި މި މުއާމަލާތްތައް ހިންގާފައިވާކަން އެނގިތިބެ، ފިޔަވަޅު ނާޅައި ތިބި ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅަންޖެހެ އެވެ. ރައީސް ސޯލިހްއެކޭ އެއްފަދައިން، މިކަމަށް ހުރިހާ މުއައްސަސާއަކުން އިސް ނަގަންޖެހެއެވެ. މިހާތަނަށް އޭސީސީން ފަހަތު ފަހަޔަށް ބުރަވެ މި މައްސަލަތައް ބަލައި ހާމަކުރަން އެތައް ދުވަހެއް ހޭދަވުމުގެ ސަބަބުން ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު