Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނަތް

ބޮޑު ހިޔާނާތް: ބޭރުގެ ފަންނާނުން ގެނައީ އެމްއެމްޕީއާރްސީގެ ފައިސާއިން!

15 ފެބުރުއަރީ 2019 | ހުކުރު 06:41

ޖެމެއިކާގެ މަޝްހޫރު ރެޕަރ ޝޯން ޕޯލް، އޭކަން، އަދި މަޝްހޫރު އިންޑިޔަން ބޭންޑް ސަނަމް ޕޫރި ރާއްޖެ ގެނައުމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާއިން ވަނީ ހޭދަކޮށްފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 15 ފެބުރުއަރީ 2019 | ހުކުރު 06:41
ފަންނާނުން ގެނައުމަށް ހޭދަކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާ

ފަންނާނުން ގެނައުމަށް ހޭދަކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާ

ބޭރުގެ މަޝްހޫރު ފަންނާނުން ގެނެސްގެން ބޭއްވި ޝޯތަަކައް ޚަރަދުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން ފަޅާއަރައިފިއެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތް ތަހްގީގުކުރުމަށް ފަހު އޭސީސީން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގެ ނަމުގައި މާލޭގައި ބޭއްވުނު ބޮޑު މިއުޒިކް ޝޯއާއި، އަދި އޭގެ އިތުރުން 2015 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބައެއް ފަންނާނުން ރާއްޖެ ގެނެސް ބޭއްވި މިއުޒިކް ޝޯއަށް ޚަރަދުކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިންނެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާއިން ހަރަދުކޮށްގެން ޝޯ ބާއްވަން ރާއްޖެ ގެނެސްފައިވާ ފަންނާނުންގެ ތެރޭގައި މަޝްހޫރު ރެޕް ލަވަކިޔުތެރިޔާ ޝޯން ޕޯލް، އޭކޮން، އަދި އިންޑިޔާގެ މިއުޒިކް ބޭންޑް ސަނަމް ޕޫރީ ހިމެނެއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން 2015 ވަނަ އަހަރު ފެށުމަށް ރާއްޖެ ގެނެސްގެން ބޭއްވި ޝޯގެ ކަންތައްތައް އޮގަނައިޒް ކުރުމަށް އިންފިނިޓ ޕްރޮޖެކްޓް ކްރިއޭޝަންސް ލިމިޓެޑްއަށް އައްޑިހަހާސް ހަތަރު ސަތޭކަ އައްޑިހަ އަށް ޑޮލަރު ތިރީސް ސެންޓް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދޫކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު ފެށުމުގެ ގޮތުން ބާއްވަން މަސައްކަތް ކުރެވުނު މިއުޒިކް ޝޯއަށް ޖެމެއިކާއަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕަރު ޝޯން ޕޯލް ރާއްޖެ ގެނައުމަށް މަސައްކަތް ކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާއިން މި ކަމަށް ގާތްގަނޑަކަށް 3.4 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަން އޭސީސީގެ ތަހްގީގް ރިޕޯޓްއިން ހާމަވެއެވެ.

މި ފައިސާ ދައްކާފައި ވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ގައި ހުޅުވާފައިވާ އެސްއޯއެފްގެ ޑޮލަރު އެކައުންޓުން އެމެރިކާގެ "ޓީޒެލް ޓްރެވަލް އެލްއެލްސީ އަށް އެއް ލައްކަ ތިރިސް ހާސް ފަސްދޮޅަސް ހަތަރު ޑޮލަރު ހަތްދިހަ ނުވަ ސެންޓް ވަނީ ދަތުރުގެ ހަރަދުގެ ގޮތުގައި ފޮނުވާފައެވެ. މީގެ އިތުރުން ޝޯން ޕޯލް ގެނައުމަށް ޖެމެއިކާގެ ހެޑްލައިން އެންޓަރޓެއިންމެންޓް ލިމިޓެޑަށް އައްޑިހަ ނުވަހާސް އެއްސަތޭކަ ސާދަ ޑޮލަރު ބާވީސް ސެންޓް ވަނީ ފޮނުވާފައެވެ.

މި ފަދަ ބޮޑު ހޭދައެއް ޝޯން ޕޯލް ގެނައުމަށްކޮށްފައިވާއިރު، އޭނާއަށް މަރުގެ އިންޒާރުދޭ ވީޑިއޯ އެއް ރާއްޖޭގައި އާންމުކުރުމާއި، ގުޅިގެން އޭނާ ވަނީ ރާއްޖެ ނައިސް ޝޯ ކެންސަލްކޮށްފައެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު އިންޑިޔާގެ މަޝްހޫރު މިއުޒިކް ބޭންޑް ސަނަމް ޕޫރީ ގެނެސްގެން އައްޑޫސިޓީގައި ބޭއްވި މިއުޒިކް ޝޯއަށް ޚަރަދުކޮށްފައިވަނީ ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ކަމަށް ބެލެވޭ ކަމަށް އޭސީސީން ބުނެ އެވެ.

ސަނަމް ޕޫރީ ރާއްޖެ ގެނައުމަށް އިންޑިޔާގެ ކުރިއަން އެންޑް ކޯ، އަށް ފަންސާސް ހާސް އެމެރިކާ ޑޮލަރުވަނީ ފޮނުވާފައެވެ. އެ ފައިސާ ފޮނުވާފައިވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން އެންމެ ގިނަ އަދަދަކަށް ފައިސާ ވިތްޑްރޯކޮށްފައިވާ އަދި މިހާރު ވެސް ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވާ އަޙްމަދު އިޝްފާހު ޢަލީ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް