Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީގެ ހިޔާނާތް

ވައްކަމެއް ކޮށްފައެއް ނޯންނާނެ، ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދޭނަން: މަހުލޫފް

14 ފެބުރުއަރީ 2019 | ބުރާސްފަތި 10:34

މަހުލޫފު ވިދާޅުވީ އެއީ ޑޮލަރު ގަތުމަށް އެސްއޯއެފްއާ އެކު ކުރި މުއާމަލާތެއްގެ ފައިސާ ކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 14 ފެބުރުއަރީ 2019 | ބުރާސްފަތި 10:34
މިނިސްޓަރު އަހުމަދު މަހުލޫފު

މިނިސްޓަރު އަހުމަދު މަހުލޫފު

ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި، އަދި މައްސަލަ ބެލުމަށް ފަހު ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އޭސީސީއިން ބުރާސްފަތި ދުވަހު ނެރުނު އެމްއެމްޕީއާރްސީގެ ރިޕޯޓުގައި އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް 33000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައަށް ރައްދު ދެއްވުން މަހުލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއީ އޭނާ ޑޮލަރު ގަތުމަށް އެސްއޯއެފްއާ އެކުކުރި މުއާމަލާތެއްގެ ފައިސާ ކަމަށެވެ. މަހުލޫފް ކުރެއްވި ޓްވީޓްއެއްގައި އޭނާ ވަނީ މައްސަލައާއި ގުޅިގެން އޭސީސީން ފޮނުވި ސިޓީ އާއި އެ ސިޓީއަށް ދެއްވި ޖަވާބު ވެސް ހިމަނުއްވާފައެވެ.

Advertisement - newsAdvertisement

ޓްވީޓާ އެކު ނެރުނު ބަޔާނެއްގައި މަހުލޫފު ވިދާޅުވީ އެ މުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމާލެތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ. "ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރީއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވަނީ 33،000 ޑޮލަރަށްވާ ދިވެހި ފައިސާ (508،860ރ.) އެސްއޯއެފް އަށް ލިބުނު ކަމަށް އެ ކުންފުނީގެ ނަމުގައި ދޫކޮށްފައިވާ ސްލިޕެއް ވެސް ޓްވީޓްކުރައްވާފައެވެ. ނަމަވެސް އެ ޑޮލަރުގެ މުއާމަލާތް އެސްއޯއެފް އިން ކޮށްފައި ވަނީ ބޭންކް ރޭޓް ކަމަށްވާ 15.42ރ. ގެ ރޭޓުން އެއްވެސް ފައިދާއެއް ނެތް ގޮތަށް ކަން އެނގެއެވެ. މިއީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި އިރު އެސްއޯއެފްއަކީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮތް ބައެއް ނޫންކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

އޭސީސީން ނެރުނު ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ. ހިޔާނާތްވީ ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އަދި އެސްއޯއެފް އިން ވަނީ އެ ފައިސާތައް އެކި މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް