Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއު

ހިޔާ މަޝްރޫއާ މެދު ގޮތެއް ނިންމޭނީ ކޮމެޓީން ގޮތެއް ނިންމުމުން: ހައުސިން

12 ފެބުރުއަރީ 2019 | އަންގާރަ 12:14

އަލުން ފެލެޓް އެދޭކަށް ނުޖެހޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ފެބުރުއަރީ 2019 | އަންގާރަ 12:14
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫ އިން ފްލެޓް ލިބިފައިވާ ކަމަށް ލިޔުން ހަވާލުކޮށްފައިވާ މީހުންނާ މެދު ގޮތެއް ނިންމާނީ ފްލެޓްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމެޓީން ގޮތެއް ނިންމުމުން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވެއްޖެއެވެ.

ޔާމީންގެ ދައުރުގެ އެންމެ ފަހު ވަގުތު އަވަސް އަރުވާލައިގެން ގިނަ ބަޔަކަށް ވަނީ ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އަދި ފްލެޓް ދީފައި ވަނީ ބޭއިންސާފުން ކަމަށާއި، ގިނައިން ދީފައި ހުރީ ޔާމީންގެ ކެންޕޭންގައި ހަރަކާތްތެރިވި ފަރާތްތަކަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ފްލެޓް ދިނުމުގައި އަވަސް އަރުވާލައިގެން މާބޮޑު ބެލުމެއް ނެތި ދީފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ތަހުގީގު ކުރުމަށް ރައީސް ސޯލިހު ވަނީ ޚާއްސަ ކޮމެޓީއެއް އުފައްދަވާފައެވެ. މިހާރު ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައި ތިބި މީހުންނާ މެދު ވާނެ ގޮތާއި، ފްލެޓަށް އިއުލާން ކުރުމުން އަލުން އެޕްލައި ކުރަންޖެހޭނެތޯ ބުނެ، ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ މިސަރުކާރުގައި އެ މަޝްރޫއުތަކަށް އެދުމަށް ހުޅުވާލި ނަމަވެސް ލިޔުން ލިބިފައިތިބި ފަރާތްތަކުން އަލުން އެޕްލައި ކުރަން ނުޖެހޭނެ ކަމަށާއި، ނަމަވެސް އައު މަޝްރޫއެއް ނަމަ އެޕްލައި ކުރެވިދާނެ ކަމަށެވެ.

"މިހާރު ޖެހިވަޑައިނުގަންނަވާނެ އެޕްލައި ކުރައްވާކަށް.އެބޭފުޅުން މިހާރު އެތިއްބެވީ ސްކީމަކަށް އެޕްލައި ކުރައްވައިގެން. އެހެން ނޫން އާސްކީމެއް އައިމަ އާސްކީމަކަށް އެޕްލައި ކުރައްވާނަމަ އެއީ އަދި އެހެންކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފްލެޓް ލިބުނު ފަރާތްތަކާ މެދު އަމަލުކުރާނީ ރައީސް އޮފީހުން އަރުވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ.

އޮންލައިންކޮށް ފްލެޓަށް އެދެވޭ ގޮތަށް "މަގޭ ހިޔާވެހި" ނަމުގައި ވަނީ ޕޯޓަލްއެއް ގާއިމްކޮށްފައެވެ. ޕޯޓަލްގައި މިވަގުތު އެއްވެސް ފްލެޓަކަށް ކުރިމަތިލާކަށް ހުޅުވާލާފައި ނުވާ ކަމަށާއި ނަމަވެސް ރައީސް ސޯލިހު ރިޔާސީ ބަޔާނުގައި ވިދާޅުވި 4000 ހައުސިން ޔުނިޓު ހުޅުވާލުމާ އެކު ޕޯޓަލްގައި އެއަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް