Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ފްލެޓަށް އެދެން ކިޔުގައި ޖެހެން ނުޖެހޭ ޕޯޓަލް ގާއިމްކޮށްފި

ކޮންމެ ސަރަހައްދެއްގައި ހުރެގެން ފްލެޓަށް ފޯމް ލެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2019 | ހޯމަ 11:06
ހައުސިން މިނިސްޓަރު މަގޭ ހިޔާވަހި ޕޯޓަލް އިފްތިތާހް ކޮށްދެއްވަނީ

ހައުސިން މިނިސްޓަރު މަގޭ ހިޔާވަހި ޕޯޓަލް އިފްތިތާހް ކޮށްދެއްވަނީ

ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގައި ކިއޫގައި ނުޖެހި ފްލެޓުތަކަށް ހުށަހެޅޭ އޮންލައިން ޕޯޓަލްއެއް ''މަގޭ ހިޔާވަހި'' ނަމުގައި ގާއިމްކޮށްފި އެވެ.

ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއޮންލައިން ޕޯޓަލް އިފްތިތާހް ކޮށްދެއްވީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރެވެ.

Advertisement - newsAdvertisement

މިޕޯޓަލްއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ ޕޯޓަލް ގާއިމްކޮށްފައި ވަނީ ހައުސިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ގުޅިގެން ކަމަށާއި، މިއީ ތިން މަސް ދުވަހުގެ މަސައްކަތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަގޭ ހިޔާވެހި ޕޯޓަލްއިން ކިއޫގައި ނުޖެހި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންމެ ސަރަހައްދެއްގައި ހުރެގެން ވެސް ފްލެޓަށް އެދެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ޕޯޓަލްގައި މިވަގުތު އެއްވެސް ފްލެޓަކަށް ކުރިމަތިލުމަށް ހުޅުވާލާފައި ނުވާ ކަމަށާއި ހައުސިން މަޝްރޫއުތަކާއެކު މިޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދެވޭނެ ކަމަށެވެ. އަދި މިހާރު ވެސް މިޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގޭހިޔާވަހި ވެބްސައިޓަށް ވަނުމަށް ފަހު ކޮންމެ މީހަކަށް ހާއްސަ ލޮގިންއެއްގެ ތެރެއިން ފްލެޓަށް ހުށަހެޅެވޭނެ އެވެ. މިޕޯޓަލަށް ލޮގިން ވުމަށް ވެބްސައިޓުގެ ވާތްފަރާތު ކަނުގައި ހާއްސަ ތަނެއް އިންނާނެ އެވެ. އެއަށް ފިތާލުމުން އަރާނީ، ސަރުކާރުގެ ބައެއް ހިދުމަތްތަކަށް އޮންލައިންކޮށް ހުށަހަޅަން ހަދާފައިވާ "އީފާސް"ގެ ޔޫސަނޭމާއި ޕާސްޕޯޑު ޖަހާށެވެ. އަދި އީފާސްގެ އެކައުންޓެއް ހަދާފައިނުވާ ނަމަ، މަގޭވެހި ބޭނުންކުރުމުގެ ކުރިން ޖެހޭނީ އޭގެ އެކައުންޓެއް ހުޅުވާށެވެ.

''މަގޭހިޔާވަހި ޕޯޓަލަށް ރަޖިސްޓްރީވުމުން، އެ ޕޯޓަލަށް އެ މައުލޫމާތު ލިބެނީ ޑީއެންއާރު މެދުވެރިކޮށް. މީގެ އިތުރުން އޮންލައިންކޮށް ފޯމު ހުށަހެޅިކަމުގައި ވިއަސް އެކަން ކަށަވަރުކުރެވޭނެ މައުލޫމާތުތައް ހުށަހަޅަންޖެހޭނެ. އެކަންކަން އަޅުގަނޑުމެން ކަށަވަރު ކުރާނެ. އެސްކީމަކާއި ގުޅޭ ގޮތުން އެލިޔެކުންތައް ހުށަހެޅޭ ގޮތަށް މިޕޯޓަލް ވެގެންދާނެ. ހުށަހަޅާ ފޯމުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ޕޯޓަލުން ލިބޭނެ ގޮތް ހަދާނެ. އަބަދު ވެސް މިވެބްސައިޓް ވެސް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ. ބުއްދިވެރިގޮތަކީ ފްލެޓަށް ކުރިމަތިލުމަށް ތައްޔާރުވެގެން ތިބުން. ކިއެކިޔުންތަކާ އެއްޗެހި ރެޑީކޮށްގެން" ރަޝީދު ވިދާޅުވިއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީން މިހާރު ވަނީ މަގޭހިޔާވެހި ޕޯޓަލަށް ހާއްސަ ޑިވެލޮޕަރުންގެ ޓީމެއް އެކުލަވާލައިފަ އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ފްލެޓަށް އެދޭ އޮންލައިން ޕޯޓަލް ހަދާފައިވަނީ ސަރުކާރުގެ ވިއުގާގެ ތެރޭގައި ކަމަށް ވުމުން، އެއްފަހަރާ ކިތައްމެ ގިނަ ބަޔަކު ބޭނުން ކުރި ނަމަވެސް ވެބްސައިޓް ޑައުން ނުވާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ވެސް މަސައްކަތް ކުރަމުންދާނީ މިޕޯޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ޕޯޓަލް އިތުރަށް ތަރައްގީކުރަން ނިންމާފައިވަނީ އެމީހަކަށް ލިބޭ މާކްސް ވެސް އެނގޭނެ ގޮތަށާއި، ދެފުށް ފެންނަ މިނިޒާމުގެ ތެރެއިން ކޮރަޕްޝަންއަށް މަގުފަހިވުމުގެ ފަދަ ނޭދެވޭ އަމަލުތައް ނުހިގާނެ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހައްގު މިންވަރު އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިއުގައި ނުޖެހި ފްލެޓަށް އެދޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ސަރުކާރުގެ 60 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތް ނިންމައި vehi.egov.mv ލޯންޗުކޮށްފައެވެ. އަދި މޯބައިލް އެޕްލިކޭޝަން ވެސް ތައަރާފް ކުރާނެއެވެ.

މީގެ ކުރިން ފްލެޓަކަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު އެއްވެ 24 ގަޑިއިރު ވަނީ ކިއުގަ ޖެހިގެން ތިބެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް

ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް

30 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު