Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންވަޔަރަމަންޓް މިނިސްޓްރީ

ސަމަކާރަ ލޭބަލްގެ ފަރުމާއެއް ކަނޑައެޅުމަށް އާންމުންގެ ވޯޓަކަށް

މިއީ ކަރަންޓުގެ ހަރަދު ކުޑަ އާލާތްތައް ދެނެގަތުމަށް ކުރާ ސަރވޭއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ފެބުރުއަރީ 2019 | އާދީއްތަ 20:01
ސަމަކާރަ ލޭބަލްގެ ފަރުމާއެއް ކަނޑައެޅުމަށް އާންމުންގެ ވޯޓު ހޯދަނީ

ސަމަކާރަ ލޭބަލްގެ ފަރުމާއެއް ކަނޑައެޅުމަށް އާންމުންގެ ވޯޓު ހޯދަނީ

ރާއްޖެއަށް ތައާރަފް ކުރުމަށް މަސައްކަތް ކުރާ އެނަރޖީ އެފިޝަންސީ ލޭބަލްގެ ނަމޫނާއަށް އާންމުންގެ ޚިޔާލު ހޯދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އާދިއްތަ ދުވަހު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ދަށުން ހިންގަމުން އަންނަ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ތައްޔާރުކުރާ އެނަރޖީ އެފިޝަންސީ ލޭބަލް ޕްރޮގްރާމަކީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކުރިއަށްގެންދާނެ ލޭބަލް ޕްރޮގްރާމެކެވެ.

Advertisement - newsAdvertisement

މި ލޭބަލް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ބާޒާރަށް ވިއްކަން ނެރޭ އައިސްއަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަން ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން އެ ތަކެއްޗަކީ ރާއްޖޭގެ އެނަރޖީ އެފިޝަންސީ މިންގަނޑަށް ފެތޭ ތަކެތިތޯ ބަލައި، މިންގަނޑަށް ފެތޭ ތަކެތިން ބޭނުންކުރާ ކަރަންޓުގެ މިންވަރާއި ސަމަކާރަ މިންވަރު ދެނެގަނެ އެ އާލަތެއް ފެތޭ ދަރަޖައިގެ ލޭބަލެއް ހަރުކުރެވިފައި ހުންނާނެއެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ސަމަކާރަ ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލް އަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ކުޑަ މިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އޮންލައިންކޮށް ކުރިއަށްގެންދާ މި ސާރވޭގައި އެނަރޖީ ލޭބަލްގެ ދެ ނަމޫނާ އެއްވަނީ ހިމަނާފައެވެ. އެގޮތުން ޑޯމް ބައްޓަމަށް ފަރުމާކޮށްފައިވާ ލޭބަލްގައި ދަރަޖަ އަންގައިދިނުމަށް ބޭނުންކުރެވިފައިވަނީ ތަރި އާއި ނަމްބަރެވެ.

އެގޮތުން ތަރި ލޭބަލްގެ އެންމެ މަތީ ދަރަޖަ ފަސް ތަރި ލޭބަލުން އަންގައިދޭއިރު އަދަދު ހިމަނައިގެން ތައްޔާރުކޮށްފައިވާ ނަމޫނާގައި ފަސް ވަނަ ދަރަޖައިގެ ލޭބަލް ރަމްޒުކޮށްދޭނީ ހަކަތަ ސަމަކާރަ މިންވަރު އެންމެ ރަނގަޅު ކަރަންޓު އާލާތްތަކެވެ.

މި މައުލޫމާތުގެ އިތުރުން ކޮންމެ ދަރަޖައެއްގެ ލޭބަލުގައިވެސް އެ ލޭބަލެއް ހަރުކުރެވިފައި ހުންނަ އާލަތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ބޭނުންކުރާނެ ކަރަންޓުގެ މިންވަރާއި އެނަރޖީ އެފިޝަންސީ ރޭޝިއޯ ހިމަނާފައިވާނެއެވެ.

ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުންނަ ކަރަންޓު އާލާތްތަކުގައި ހަރުކުރަން ތައްޔާރުކުރާ މި ލޭބަލަކީ އެއް ވައްތަރުގެ، އެއް ވަރުގެ އާލާތްތައް އަޅާކިޔާ އިރު ކަރަންޓު މަދުންބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މަޢުލޫމާތު އަންގައިދިނުމުގެ މަޤްސަދުގައި ހަރުކުރާ ލޭބަލެކެވެ.

ދިރިއުޅުން ފަސޭހަކުރުމަށްޓަކައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެން ދިއުމަކީ ގިނަބަޔަކަށް އެކަމުގެ ސަބަބުން ތަކުލީފުތަކެއް ކުރިމަތިވާކަމަކެވެ. އިސްރާފުވާ ފައިސާއާއި ބޭކަރުގޮތުގައި އަންދާ ތެލުގެ ސަބަބުން ތިމާވެއްޓަށްލިބޭ ގެއްލުމަކީވެސް އިޔާދަ ނުކުރެވޭނެ ޤެއްލުންތަކެކެވެ. އެހެންކަމުން ހަކަތަ ސަމަކާރަ އާލާތްތައް ބޭނުންކުރާ ވަރު އިތުރުކޮށް ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭނެއެވެ

މި ސަރވޭގައި ބައިވެރިވެވޭނީ https://goo.gl/forms/gfTYEH8Oh7fMzxAp2 މި ލިންކް މެދުވެރިކޮށެވެ.

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2018

ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް

18 ނޮވެމްބަރު 2018
ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
30 އޮކްޓޯބަރު 2018

ފެން ޕަމްޕުތައް ހަލާކު ކޮށްލި ވާހަަކަތައް ހާމަކުރުމުން މިނިސްޓަރ މުއިއްޒަށް އާންމުންގެ ފާޑުކިޔުން!

30 އޮކްޓޯބަރު 2018
ފެން ޕަމްޕުތައް ހަލާކު ކޮށްލި ވާހަަކަތައް ހާމަކުރުމުން މިނިސްޓަރ މުއިއްޒަށް އާންމުންގެ ފާޑުކިޔުން!
17 އޮކްޓޯބަރު 2018

އިންތިޚާބީ ރައީސް ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ނަގައިފި

17 އޮކްޓޯބަރު 2018
އިންތިޚާބީ ރައީސް ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ނަގައިފި
11 ޖުލައި 2018

އިންތިހާބީ ކެންޑިޑޭޓުންނަށް ވަގުތު ހާއްސަ ކުރުމުގެ ހަމަތައް ބަޔާން ކުރާ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

11 ޖުލައި 2018
އިންތިހާބީ ކެންޑިޑޭޓުންނަށް ވަގުތު ހާއްސަ ކުރުމުގެ ހަމަތައް ބަޔާން ކުރާ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
08 ޖުލައި 2018

ރަނިންމޭޓެއް ކަނޑައެޅުމަށް އެމްޑީއޭ އާއި މަޝްވަރާކުރިން: ޕީޕީއެމް

08 ޖުލައި 2018
ރަނިންމޭޓެއް ކަނޑައެޅުމަށް އެމްޑީއޭ އާއި މަޝްވަރާކުރިން: ޕީޕީއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު