Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

ފައިނޭންޝަލް އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި ވެމްކޯ ދައްކާނަން: ވެމްކޯގެ އެމްޑީ

10 ފެބުރުއަރީ 2019 | އާދީއްތަ 19:59

ކުންފުނީގެ ހާލަތާއި ކުންފުނި ފަށައިގެންއިރު ކުރިން ހިންގާފައިހުރި ކަންތައްތަކުގެ ތަފްސީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރާނަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ފެބުރުއަރީ 2019 | އާދީއްތަ 19:59
ފަލަސުރުހީ ޕްރޮގްރާމުގައި ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދު

ފަލަސުރުހީ ޕްރޮގްރާމުގައި ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދު

ފައިނޭންޝަލް އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ދައްކާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް މުހައްމަދު ވިދާޅުވީ ކުންފުނީގެ ހާލަތާއި ކުންފުނި ފަށައިގެންއިރު ކުރިން ހިންގާފައިހުރި ކަންތައްތަކުގެ ތަފްސީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާނެ ކަމަށެވެ.

"މިކުންފުނި އިރާދުކުރެއްވިއްޖެއްޔާ ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި މި ފައިނޭންޝަން އިޔަރ ނިމުމުގެ ކުރިން ދައްކާނަން، ކުންފުނި ފަށައިގެން މިހިސާބަށް އައިރު ހިނގާފައި ހުރި ކަންތައްތައް. ކުންފުނީގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތި ތަފްސީލް އަރުވަމުންދާނަން" އާދަމް މުހައްމަދު ވިދާޅުވިއެވެ.

ކަސްޓަމަރުންގެ މައުލޫމާތު ނުބައިކޮށް ޑޭޓާބޭސްއަށް އެންޓަރކޮށްފައިވާކަން ފާހަގަކުރައްވާ އާދަމް މުހައްމަދު ވިދާޅުވީ, އެކަން އެގޮތަށް ދިމާވީ ކުންފުންޏަށް މުވައްޒަފުން ނެގިއިރު އަވަސް އަރުވާލައިގެން އެކަން ކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވުންދާ ކަމަށާއި މިއަހަރުގެ މެދުތެރޭގައި އެމަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގިނަ ގޭބީސީތައް ވެމްކޯގައި އަދިވެސް ރަޖިސްޓްރީ ނުކުރެވިވާ ކަމަށާއި ރަޖިސްޓްރީ ކުރެވިފައި މީހުންގެ ތެރެއިން ވެސް ބިލް ބަރާބަރަށް ދައްކަނީ 10،000 ވަރަކަށް ގޭބީސީތަކުން ކަމަށް ވެމްކޯގެ އެމްޑީ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގޭބީސީތަކުން ޖުމްލަ 6.7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ލިބެންޖެހޭ ކަމަށާއި އެހެންނަމަވެސް މަހެއްގެ މައްޗަށް ލިބެނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި ގޭބީސީތަކުން ދައްކަންޖެހޭ ފައިސާގެ ކަންތައްތައް ހައްލުކޮށް ކުންފުނި ރަނގަޅު ނިޒާމެއްގެ ދަށުން ހިންގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާދަމް މުހައްމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ކުންފުނީގައި މިހާރު ކުރެވުމުންދާ މަސައްކަތަކީ ކުންފުނި ރީސްޓްރަކްޗަރ ކުރުމާއި ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް. އިރާދުކުރެއްވިއްޔާ ރައްޔިތުން އުންމީދު ކުރާ ވެމްކޯ މި ދޭ ހިދުމަތް ރައްޔިތުންނަށް ފެންނާނެ. ވެމްކޯ ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްޤީކޮށްފައި ދައްކާނަން" އާދަމް މުހައްމަދު ވިދާޅުވިއެވެ.

މާލޭގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންދާ ވެމްކޯގެ މަސައްކަތް ފުޅާކޮށް، ރާއްޖޭގެ ގިނަ ރަށްތަކުގައި އަންނަނީ ހިދުމަތްދެމުންނެވެ. ވެމްކޯގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް