Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިކޯކާ އަށް ދިހަ އަހަރު ފުރުން

ފ. މަގޫދޫގައި ހުންނަ އިޓަލީގެ މިލާނޯ ޔުނިވާސިޓީގެ ބިކޯކާ ކެމްޕަސް އަށް ދިހަ އަހަރު ފުރުން ފާހަގަކޮށްފި

ބިކޯކާއަކީ ރާއްޖެ އާއި އިޓަލީއާ ދެމެދު އޮންނަ ގުޅުމުގެ ވަރުގަދަ ނިޝާނެއް

އަލީ ސަމާޚް
އަލީ ސަމާޚް | 10 ފެބުރުއަރީ 2019 | އާދީއްތަ 12:08
ބިކޯކާ އަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބިކޯކާ އަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފ. މަގޫދޫ ގައި ހުންނަ އިޓަލީގެ މިލާނޯ ޔުނިވާސިޓީގެ ބިކޯކާ ކެމްޕަސް އަށް ދިހަ އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ގާއިމްކޮށްފައިވާ ބިކޯކާ އަށް 10 ފުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މަގޫދޫ ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތުގައި މިލާނޯ ޔުނިވާސިޓީގެ ރެކްޓާ، އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޫލިއާނާ މަންނޭލާގެ އިތުރުން އެ ރަށު ކައުންސިލްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެެއްވާފައި ވަނީ ކުރީގެ ރައީސް މުހައްމަަދު ނަޝީދުއެވެ.

މި ހަފްލާގައި ބިކޯކާއާ ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން ވަނީ އާކޮށްފައެވެ. އާއެއްބަސްވުމުގެ ލިޔުމާ ދިވެހި ސަރުކާރުން ހަވާލުވީ ފޮރިން ސެކެރެޓެރީ ޢަބްދުލް ޢަފޫރު މުހައްމަދެވެ. އިޓަލީގެ ފަރާތުން ހަވާލުވީ، މިލާނޯ ޔުނިވާސިޓީގެ ރެކްޓަރ މާރިޔް ކްރިސްޓީނާ މެސާއެވެ. މި އެއްބަަސްވުމުގެ ދަށުން މަގޫދޫގައި ހުންނަ ބިކޯކާ ކެމްޕަސް އިތުރު 10 އަހަރު ދުވަހަށް ބޭނުން ކުރުމުގެ ހުއްދަ މިލާނޯ ބިކޯކާ އަށް ވަނީ ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޓަލީން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު ޖޫލިއާނާ މަންނޭލާ ވިދާޅުވީ، ބިކޯކާއަކީ ރާއްޖެ އާއި އިޓަލީއާ އޮންނަ ގުޅުމުގެ ވަރުގަދަ ނިޝާނެއް ކަމަށާއި، އެ ގުޅުން އިތުރަށް ބަދަހިކުރުމަކީ އެކަމަނާ ވަރަށް އެދޭ ކަމެއް ކަމަށެވެ. އަދި މިހާތަނަށް ބިކޯކާ ކެމްޕަހުގައި 200 ދަރިވަރުން ތަމްރީންކޮށްފައިވާ ކަމަށާއި، މި ސެންޓަރުންގެ ސަބަބުން އިޓަލީ އަށް ވެސް ފައިދާތަކެއް ވެގެންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

މަގޫދޫގެ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ބިކޯކާ އިން އެރަށު ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދީފައިވާ ކަމަށާއި، އަދި ކައުންސިލްގެ ފަރާތުން އެހީ އަކަށް އެދޭ ކޮންމެ ފަހަރަކު ވެސް އެކަމަށް އިޖާބާ ދީފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު