Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާން 2019

ދައުލަތުގެ މުއައްސަސާތަށް ހަރުދަނާ ކުރީމަ، ފެބްރުއަރީ ހަތެއް ތަކުރާރެއް ނުވާނެ: ޝިފާޒު

8 ފެބުރުއަރީ 2019 | ހުކުރު 04:00

މާޒީގައި ވެފައި ހުރި ކަންކަން ދޫކޮށްލައި މިއަދު އެކުގައި މަސައްކަތް މި ކުރަނީ ގައުމު އިސްލާހު ކުރުމުގެ ނިޔަތުގައި

އަމަން ހަލީމް
އަމަން ހަލީމް | 8 ފެބުރުއަރީ 2019 | ހުކުރު 04:00
ރައީސް އޮފީހުގެ މިނިސްޓަރު ޝީފާޒު

ރައީސް އޮފީހުގެ މިނިސްޓަރު ޝީފާޒު

ފެބްރުއަރީ ހަތްވަނަ ދުވަހެއް ދެވަނަ ފަހަރަށް ތަކުރާރު ނުވެ ފަރު ޖެހޭނީ، ދައުލަތުގެ މުއައްސަސާތަށް މިހާރަށް ވުރެ ހަރުދަނާ ކޮށްގެން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެބްރުއަރީ ހަތްވަނަ ދުވަހަށް އިޝާރާތް ކުރައްވާ ޝިފާޒު ވިދާޅުވީ މާޒީގައި ވެފައި ހުރި ކަންކަން ދޫކޮށްލައި މިއަދު އެކުގައި މަސައްކަތް ކުރަނީ ގައުމު އިސްލާހު ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ކޯލިޝަންއެއްގެ ގޮތުގައި ކުރަން އެއްބަސްވެފައި ހުރި ކަންކަން އެބަ ހުރި ކަމަށާއި، ކަންބޮޑުވާން ޖެހޭ ވަރު އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މި މަސައްކަތުގެ އަޅުގަނޑުމެން އެންމެން މި ތިބީ އެކީގައި، އެއްމެން އެކީގައި ތިބެގެން އަޅުގަނޑުމެންނަށް އިންސްޓިޓިއުޝަންތައް ވަރުގަދަކުރެވި، ޑިމޮކްރެޓިކް ނިޒާމް ހަރުދަނާ ކުރެވުނީމަ ދެން އެފަދަ ކަމެއް ހިނގުމުގެ ޖާގަ ހަނިވެގެން ދާނެ" ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ފިކުރަކީ އަބަދުވެސް ރައްޔިތުން ބޭނުންވާ ހައްގު މިންވަރު ހޯދައި ދިނުން ކަމަށާއި، އިރާދަކުރެއްވިއްޔާމުން އެ މިންވަރު ރައްޔިތުންނަށް ހޯދައި ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

ރައީސް ސޯލިހު ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވަމުން ޝީފާޒު ވަނީ ރާއްޖެ އޮތް ހާލަތު އެއްމެނަށް ވެސް އިނގޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ހަމަ މަގަށް އަޅުވަން ކުރަންޖެހޭ މަސައްކަތުގެ ޒިންމާ ބޮޑުކަމަށާއި، ރައީސް ސޯލިހުއަކީ އެކަން ކަން ކުރެއްވޭނެ ވަރުގެ ގާބިލު ބޭފުޅެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހުގެ ދައުރުގައި ޝަރުއީ ދާއިރާއަށް އިތުބާރު ގާއިމް ކުރައްވާނެ ކަމުގެ ޔާގިން ކަން އެބަ އޮތް ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

ސަތޭކަ ދުވަހުގެ ޕްރޮގްރާމްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިފާޒު ވަނީ އެއް މަސް ދުވަހުގެ ޕްރޮގްރާމްގެ ތެރެއިން ހަ ކަމެއް ނޫނިއްޔާ ހުރިހާ ކަމެއް ކޮށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ވާނުވާ ނޭނގި ތިބެން ނުޖެހޭނެ ކަމަށާއި، މި ސަރުކާރަކީ ސުވާލުކުރީމާ ޖަވާބު ލިބޭނެ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވާ ކަންކަމުގައި އެއްވެސް ފޮރުވުމެއް ނެތި ހާމަކޮށްދެވޭނޭ. އެއީ ކޮރަޕްޝަން ހުއްޓުވަން ވެސް އޮތް މަގަކީ. ހެޔޮ ވެރިކަމަކަށް ވެސް އޮތް އެއްމެ ބޮޑު އެއް ދޮރަކީ ވެސް ހާމަކަން" ޝިފާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަނަށް ގާނޫނެއް ބޭނުންވަނީ އެއްވެސް ސުވާލެއް ނުއުފެއްދޭ ގޮތަށް އިންސާފު ކަށަވަރުކޮށްދޭން ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އާންމުންގެ ތެރޭގައި ކުރީގެ ރައީސް ޔާމިންގެ މައްސަލަ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވި އިރު، އެ މަނިކުފާނު ހައްޔަރު ނުކުރަނީ ކީއްވެގެންތޯ ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިފާޒު ވިދާޅުވި ހައްޔަރު ނުކޮށް ވެސް ތަހުގީގު ކުރެވޭނެ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރަން ޖެހިއްޖެ ހާލަތެއްގައި ހައްޔަރު ވެސް ކުރެވޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ހަމަ ހުރެފައި ގޮސް ހައްޔަރު ކުރުން ބަލައެއް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް