Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އެއް މިލިއަން ޑޮލަރަކީ ހިޔާނާތުގެ ފައިސާ ކަމަށް ނުނިންމާ: ވަކީލުން

7 ފެބުރުއަރީ 2019 | ބުރާސްފަތި 03:56

ގާނޫނު ހުރިހާ ފަރާތަކަށް ވެސް އެއް ހަމައަކުން ތަންފީޒު ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ފެބުރުއަރީ 2019 | ބުރާސްފަތި 03:56
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައިނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.

މަނީ ލޯންޑަރ ކުރުމާއި، ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ޔާމީންގެ މައްޗަށް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ބުދަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި އަދި އެނޫން ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ޖަމާކޮށްފައިވާ ކަމަށް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ޔާމީން ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ނުވަތަ ދައުލަތުގެ ފައިސާ ކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނުވަތަ ޝަރުއީ ކޯޓަކުން ވެސް މިހާތަނަށް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ބަޔާނުގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔާމީން ބައިވެރިވާ ގޮތަށް އެސްކްރޯ އެކައުންޓެއްގައި އެއް މިލިއަން އެމެރިކާ ޑޮލަރު ބަހައްޓަން ނިންމި ނިންމުމަކީ ޔާމީންގެ އަމިއްލަ އިސްނެގުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

މިއަދާ ހަމައަށް ވެސް ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތަކުން އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާގެ ތެރެއިން ޖަމާކޮށްފައިވާ ފައިސާއެއްކަން އޭސީސީން ކަނޑައަޅާފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

ވަކީލުންގެ މިބަޔާނުގައި ބުނީ އެސްއޯއެފްއަކީ ރާއްޖޭގައި އެތައް ވިޔަފާރިއެއް ހިންގާފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏާ ވިޔަފާރި މުއާމަލާތް ހިންގާފައިވާ އެހެން އެތައް ކުންފުންޏެއް އަދި އެތައް ބަޔަކު ރާއްޖޭގައި ތިބިއިރު އޭގެ ތެރެއިން ޔާމީން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ މައްޗަށް މިހާތަނަށް ތަހުގީގެއް ހިންގައި ދައުވާ އުފުލާފައިނުވާ ކަމަށެވެ.

"ކަންމިހެން އޮތްއިރު އަޅުގަނޑުމެންގެ މުވައްކިލު އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރުމަށް ޕޮލިސްއަށް ފޮނުވާފައިވާ މައްސަލާގައި އެފަރާތުން ހާމަކުރައްވާފައިވާ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ކަމަށް ބަޔާންކޮށްފައިވާ އިބާރާތަކީ ކަމާގުޅުން ހުރި އިދާރާއަކުން ހިންގާފައިވާ ތަހުގީގުތަކުން ސާބިތުވެފައި އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔެފައިވާ އިބާރާތެއް ނޫނެވެ." ބަޔާނުގައި ބުނެފަވެއެވެ.

ގާނޫނަކީ ހުރިހާ ފަރާތަކަށް ވެސް އެއް ހަމައަކުން ތަންފީޒު ކުރަންޖެހޭ އެއްޗެއް ކަމަށާއި، ގާނޫނު އަސާސީގައި ބަޔާންކުރާ ދުސްތޫރީ ހައްގުތައް ދިނުމާއި، އިދާރީ ފިޔަވަޅުތައް އެޅުމުގައި ހަމަހަމަކަމަށް ރިޔާއަތްކޮށް، ޔާމީނަށް ޓާގެޓްކޮށް ހަމައެކަނި އެފަރާތުގެ މައްޗަށް ގާނޫނު ތަންފީޒު ކުރަން އުޅުމަކީ ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ ދުސްތޫރީ ހަމަހަމަކަމާއި، ހިލާފު ކަމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ވަކީލުންގެ މިބަޔާނުގައި ބުނީ ޔާމީންގެ މައްޗައް ދައުވާކުރަން ފޮނުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.

އަދި ގާނޫނު ތަންފީޒު ކުރުމާއި، ގާނޫނުގެ ހުކޫމަތް ދެމެހެއްޓުމުގައި ވަކި ފަރާތަކަށް ޓާގެޓް ކޮށްގެން ގާނޫނު ތަންފީޒު ނުކުރުމަށާއި، ދުސްތޫރުގައި ބަޔާން ކޮށްފައިވާ ހަމަހަމަކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިއްބައިދިނުމަށް ދައުލަތުގެ ކަމާބެހޭ މުއްސަސާތަކާއި، މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް