Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ

ތިން ގާޒީން އެހެން ކޯޓުތަކަށް ބަދަލުކުރުމާއި ގުޅިގެން ގާނޫނީ ވަކީލުން ފާޑު ވިދާޅުވެއްޖެ

7 ފެބުރުއަރީ 2019 | ބުރާސްފަތި 03:48

މިއީ ޝަރުއީ ދާއިރާއަށް ބާރުފޯރުވުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 ފެބުރުއަރީ 2019 | ބުރާސްފަތި 03:48
ޖުޑިޝަލް ސާވިސް ކޮމިޝަން

ޖުޑިޝަލް ސާވިސް ކޮމިޝަން

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކޮށް، އިތުރު ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެން މަޝްހޫރު ދެގާނޫނީ ވަކީލުން ފާޑުވިދާޅުވެއްޖެއެވެ.

ޖޭއެސްސީން އިން ވަނީ ގާޒީ އާރިފް ބަދަލުކުރަން ނިންމީ ޑްރަގް ކޯޓަށެވެ. އަދި ކްރިމިނަލް ކޯޓަށް ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ރަޝީދު ބަދަލުކުރަން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އެ ތިން ބޭފުޅުން ބަދަލު ކުރަން ނިންމީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބަދަލު ކުރުމާ ބެހޭ އުސޫލުގެ ދަށުން ސުޕްރީމް ކޯޓުން އެގޮތަށް ހުށަހެޅުމުން ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

ޖޭއެސްސީގެ މިނިންމުންތަކަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ސުޕްރިމްކޯޓުން އެގޮތަށް ފަޑިޔާރުން ބަދަލު ކުރުން އެއީ ޝަރުއީ ދާއިރާއަށް ބާރުފޯރުވުން ކަމަށާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަށް މަތިކޮށްފައި އޮތް ބާރެއް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ ފަޑިޔާރުން ބަދަލުކުރަނީ އެކަމަށް މަތިކޮށްފައި އޮންނަ ތަނަކުން ކަމަށާއި، މިކަމަކީ ޖޭއެސްސީ ވަރަށް ބޮޑު ފެއިލިއަރއެއް ކަމަށެވެ. އަދި މިއީ ބަލަންޖެހޭ ވަރަށް ކަންކަން ނުބެލުން ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ރައީސް އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ނޫން ގޮތަކަށް އަދި އެފަޑިޔާރެއްގެ ރުހުން ނެތި އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމަކީ ފަޑިޔާރުންގެ މުސްތަގިއްލުކަމާއި، ހިލާފު ކަމެއް ކަމަށެވެ.

މިއީ ޣައިރު ދުސްތޫރީ އަމަލެއްގެ ގޮތުގައި ހުސްނުއްސުއޫދު ވަނީ ސިފަކުރައްވާފައެވެ.

އާދަމް އާރިފް ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ އެ ކޯޓު ދުވަސް ކޮޅަކަށް ހިންގަވާފަ އެވެ. ކުރިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އާދަމް އާރިފް ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ދުވަސްވަރު ޖިނާއީ ބޮޑެތި މައްސަލަތަކާއި ސިޔާސީ ބޭފުޅުންގެ މައްސަލަތައް ބައްލަވާފައި އެވެ.

ގާޒީ އަލީ ރަޝީދަކީ ކުރިން ވެސް ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު 2011 ގައި އޭނާ ސިވިލް ކޯޓަށް ބަދަލުކުރީ އޭނާ އަމިއްލައަށް އެދިވަޑައިގަތުމުންނެވެ. ފަހުން ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. އޭނާ ޑްރަގް ކޯޓަށް ބަދަލުކުރީ އޭގެފަހުންނެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް