Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19

އަދާލަތާއެކު ކުރިއަށްދިއުމަށް މަޝްވަރާތައް ކުރިއަށްދޭ، ވަކިގޮތެއް އަދި ނުނިންމަން: އެމްޑީޕީ

6 ފެބުރުއަރީ 2019 | ބުދަ 07:56

އެމްޑީޕީގެ ވިސްނުމަކީ މަޖިލީހުގެ ގިނަ ގޮނޑި ހޯދައި، ރަނގަޅު މެޖޯރިޓީއެއް ހޯދުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 6 ފެބުރުއަރީ 2019 | ބުދަ 07:56
އެމްޑީޕީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީއެކު ކުރިއަށް ދިއުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، އެކަމުގައި ވަކިގޮތެއް އަދި ނުނިންމާކަމަށް އެމްޑީޕީން ބުނެފި އެވެ.

އަދާލަތު ޕާޓީން، އެމްޑީޕީއާއެކު އިންތިހާބުގައި ކުރިއަށްދާން ހުށަހަޅާފައިވާއިރު، އެ ޕާޓީން އެދިފައިވަނީ ފަސް ދާއިރާއެއް ޕާޓީއަށް ދިނުމަށެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ވިސްނުމަކީ ވެސް އަދާލަތާއެކު، އިންތިހާބުގައި ކުރިއަށް ދިޔުމެވެ. ނަމަވެސް އަދާލަތުން އެދިފައިވާ ދާއިރާތަކުގެ އެމްޑީޕީ ޓިކެޓް ލިބިފައިވާ ކެނޑިޑޭޓުން ވަނީ ޓިކެޓް ދޫކޮށްލުމަށް ދެކޮޅު ހަދާފަ އެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ 86 ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބުގައި އެމްޑިޕީގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަފްޝަން ލަތީފް ވިދާޅުވީ އަދާލަތާއެކު ކުރިއަށް ދިއުމާ ގުޅެގޮތުން ޤައުމީ މަޖިލީހުގައި ވެސް، އަދި އޭގެފަހުން ބޭއްވި ބައްދަލުވުންތަކުގައި ވެސް ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

އަފްޝަން ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ މަޖިލީހުގެ ގިނަ ގޮނޑި ހޯދައި، ރަނގަޅު މެޖޯރިޓީއެއް ހޯދުން ކަމަށެވެ. އަދި އެ މަޤްސަދު ހާސިލް ކުރުމަށް ސިޔާސީގޮތުން އެކުގައި މަސައްކަތް ކުރަން ތިބި މީހުންނާއެކު ކުރިއަށް ދިއުމުގެ ވިސްނުން ޕާޓީން ގެންގުޅޭ ކަމަށް އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ އަދާލަތުން އެދިފައިވާ ދާއިރާތަކުގެ ޓިކެޓް ލިބިފައިވާ ކެނޑިޑޭޓުންނާއި ޕާޓީގެ ލީޑަރޝިޕްއިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާގައި ވެސް އަދި ގޮތެއް ނިންމާފައިނުވާ ކަމަށާއި، އެކަމުގައި ޕާޓީގެ ލީޑަރޝިޕުން މައުލޫމަތު ހިއްސާނުކުރަނީސް އެއްޗެއް ހާމަނުކުރެވޭނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

އަދާލަތު ޕާޓީން އެދިފައިވާ ފަސް ދާއިރާއަކީ ނިލަންދޫ ދާއިރާ، ވައިކަރަދޫ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ އަދި މަކުނުދޫ ދާއިރާއެވެ. އޭގެތެރެއިން ނިލަންދޫ ދާއިރާއަށް އެމްޑީޕީން ވާދައެއް ނުކުރެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖުލައި 2018

ސަރުކާރުން މަޝްވަރާތައް ބާއްވަން ޖެހޭނީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވޭ ގޮތަށް : މާރިޔާ

17 ޖުލައި 2018
ސަރުކާރުން މަޝްވަރާތައް ބާއްވަން ޖެހޭނީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވޭ ގޮތަށް : މާރިޔާ
24 އެޕްރީލު 2018

ނާޒިމް ސައްތާރު ސަސްޕެންޑްކުރުމުން ވަކީލަކާ ނުލައި ކުރިއަށްދިއުމަށް މަހުލޫފް ނިންމަވައިފި

24 އެޕްރީލު 2018
ނާޒިމް ސައްތާރު ސަސްޕެންޑްކުރުމުން ވަކީލަކާ ނުލައި ކުރިއަށްދިއުމަށް މަހުލޫފް ނިންމަވައިފި
11 މާރިޗު 2018

މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވަފުދެއް އދ. އަށް ދަނީ

11 މާރިޗު 2018
މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވަފުދެއް އދ. އަށް ދަނީ
26 ޖެނުއަރީ 2018

ހޮންގ ކޮންގއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކޮށްފި

26 ޖެނުއަރީ 2018
ހޮންގ ކޮންގއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކޮށްފި
11 ޖެނުއަރީ 2018

2019ގެ މަޖިލިސް އިންތިހާބުގެ މަޝްވަރާތައް ވެސް ޕާޓީތަކުން އެބަ ކުރަން: ޑރ. ހުސައިން

11 ޖެނުއަރީ 2018
2019ގެ މަޖިލިސް އިންތިހާބުގެ މަޝްވަރާތައް ވެސް ޕާޓީތަކުން އެބަ ކުރަން: ޑރ. ހުސައިން
08 ޖެނުއަރީ 2018

އެއް ކެންޑިޑޭޓް ނެރުމުގެ މަޝްވަރާތައް ފަށައި، ޕާޓީތަކުން ބޭނުންވާ ކަންކަން ހުށަހަޅައިފި

08 ޖެނުއަރީ 2018
އެއް ކެންޑިޑޭޓް ނެރުމުގެ މަޝްވަރާތައް ފަށައި، ޕާޓީތަކުން ބޭނުންވާ ކަންކަން ހުށަހަޅައިފި
07 ޖެނުއަރީ 2018

ސިވިިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ މަޝްވަރާތައް ފަށައިފި

07 ޖެނުއަރީ 2018
ސިވިިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ މަޝްވަރާތައް ފަށައިފި
20 ޑިސެމްބަރު 2017

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ލަންކާގައި ބޭއްވޭތޯ މަސައްކަތް ކުރަނީ

20 ޑިސެމްބަރު 2017
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ލަންކާގައި ބޭއްވޭތޯ މަސައްކަތް ކުރަނީ
27 ޖޫން 2017

އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ

27 ޖޫން 2017
އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް