Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަދުވީ މުހައްމަދު ވަހީދު

މަރުހޫމް ނަދުވީގެ އަދަބީ ފާޑުކިޔުން ފޮތް ނެރެފި

6 ފެބުރުއަރީ 2019 | ބުދަ 01:34

ފޮތް ރަސްމީކޮށް ނެރެދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ

އަމަން ހަލީމް
އަމަން ހަލީމް | 6 ފެބުރުއަރީ 2019 | ބުދަ 01:34
މަރުހޫމް އަލްއުސްތާޒް މުހައްމަދު ވަހީދު ނަދުވީ

މަރުހޫމް އަލްއުސްތާޒް މުހައްމަދު ވަހީދު ނަދުވީ

މަޝްހޫރު ތާރީހީ އިލްމުވެރިޔާ "ނަދުވީ" މުހައްމަދު ވަހީދު ފަތްތޫރަައަށް ލިޔުއްވާފައިވާ މަޒުމޫނުތައް ހިމަނައިގެން ދިވެހި ބަހުގެ އެކެޑަމީން އެކުލަވާލި އަދަބީ ފާޑުކިޔުން ފޮތް ނެރެފިއެވެ.

މަރުހޫމް ނަދުވީގެ ހަނދާނުގައި އަންގާރަ ދުވަހު ގައުމީ ދާރުލް އާސާރުގައި ބޭއްވި ތައުބީނުގެ ޖަލްސާއެއްގައި، މި ފޮތް ރަސްމީކޮށް ނެރެދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީއެވެ.

Advertisement - newsAdvertisement

ނަދުވީގެ ހަނދާނުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ދިވެހި އަދަބިއްޔާތުގެ ދާއިރާއަށް އަދަބީ ފާޑުކިޔުން ތައާރަފްކުރެއްވީ ނަދުވީ ކަމަށެވެ. އަދި ދިވެހި އަދަބިއްޔާތަށާއި ތާރީހު ދިރާސާކުރުމަށް ނަދުވީ ކޮށްދެއްވި ހިދުމަތްތަކާއި ތައާރަފްކޮށްދެއްވި ކަންކަމުގެ އަގު ވަޒަން ކުރަން ދަތިވާނެ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ. އަދި ނަދުވީ ފަދަ އަދަބިއްޔާތަށް ހިދުމަތްކޮށްދޭ ފަރާތްތަށް މަދުކަން ފާހަގަކޮށް، ތޯރިގު ވަނީ މި ދާއިރާ ދިރުވާ އާލާކުރަން މިހާރަށް ވުރެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ހަމަގައިމުވެސް މިރޭ ދެރަވޭ. މި ރާއްޖެއަށް މުހައްމަދު ވަހީދު ނަދުވީ ކަހަލަ ބޭފުޅުން މަދުކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެބަ ޖެހޭ މި ދާއިރާއިން އެ ބޭފުޅާގެ ދަރިވަރުންގެ ތެރެއިން މި ފަދަ ދަރިންތަކެއް އުފެދެން. އެ މަގަށް އަޅުގަނޑުމެންގެ ކަންކަން ބައްޓަން ކުރަން އެބަ ޖެހޭ. ދިވެހި ބަހުގެ އެކެޑެމީއާއި ކަމާއިގުޅޭ މިނިސްޓްރީއާއި ދިވެހި ސަރުކާރުގެ ތެރެއިން މި ދާއިރާއަށް މިހާރަށް ވުރެ ބޮޑު އިސްކަމެއް ދޭންޖެހޭ" ތޯރިގު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މަރުހޫމްގެ ދެ ދަރިކަލުންގެ އިތުރުން، ކުރީގެ ބަހުގެ އެކެޑެމީގެ ރައީސް އައްބާސް އިބްރާހިމް އަދި ދިވެހި ބަހަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުﷲ ސޯދިގު (ސޯދުބެ) ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްވެރިންނާއި ސުކޫލްތަކުގެ ދަރިވަރުންނާއި ނަދުވީ ކިޔަވައިދެއްވާފައިވާ ބައެއް ދަރިވަރުން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

މަރުހޫމް މުހައްމަދު ނަދުވީ ކުރެއްވި އިތުރު މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޑިގްރީ ކޯހުގެ އަދަބިއްޔާތުގެ މުގައްރަރު ލިޔުއްވައި ކިޔަވައި ދެެއްވުން ވެސް ހިމެނެއެވެ. މިއީ ދިވެހި އަދަބީ ފާޑުކިޔުމުގެ އިލްމާއި ބެހޭގޮތުން ނެރޭ ފުރަތަމަ ފޮތެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ތަހުޤީޤްތަކަށް ހުރަސްއަޅާކަމަށް ބުނެ އެޗްއާރުސީއެމްގެ ފާޑުކިޔުން މީޑިއާތަކަށް

19 އޮކްޓޯބަރު 2017
ތަހުޤީޤްތަކަށް ހުރަސްއަޅާކަމަށް ބުނެ އެޗްއާރުސީއެމްގެ ފާޑުކިޔުން މީޑިއާތަކަށް
16 އޮކްޓޯބަރު 2017

ފާޑުކިޔުންތައް އޮހެން ފެށުމުން އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެޗްއާރުސީއެމްއިން ބަލަން ފަށައިފި

16 އޮކްޓޯބަރު 2017
ފާޑުކިޔުންތައް އޮހެން ފެށުމުން އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެޗްއާރުސީއެމްއިން ބަލަން ފަށައިފި
22 ސެޕްޓެމްބަރު 2017

އިދިކޮޅު ފަރާތްތަކުގެ އެއްވުމާއެކު މާލެއިން ކަރަންޓު ކެނޑުމުން ސަރުކާރަށް ފާޑުކިޔުންތައް އޮއްސާލައިފި

22 ސެޕްޓެމްބަރު 2017
އިދިކޮޅު ފަރާތްތަކުގެ އެއްވުމާއެކު މާލެއިން ކަރަންޓު ކެނޑުމުން ސަރުކާރަށް ފާޑުކިޔުންތައް އޮއްސާލައިފި
12 ސެޕްޓެމްބަރު 2017

ވަކީލުން ސަސްޕެންޑް ކުރުން: ބޭރުގެ ހުރިހާ ބޮޑެތި މީޑިއާއެއްގަ، ބައިނަލްއަގްވާމީ ފާޑުކިޔުން

12 ސެޕްޓެމްބަރު 2017
ވަކީލުން ސަސްޕެންޑް ކުރުން: ބޭރުގެ ހުރިހާ ބޮޑެތި މީޑިއާއެއްގަ، ބައިނަލްއަގްވާމީ ފާޑުކިޔުން
09 ޖުލައި 2017

ޗެނަލް 13 ގެ "ނަނާހުވަފެނުން" ރައީސް މައުމޫނުގެ އަބުރު ނުގެއްލޭތަ؟ ބްރޯޑްކޮމް އަށް ފާޑުކިޔުން އޮއްސާލައިފި

09 ޖުލައި 2017
ޗެނަލް 13 ގެ "ނަނާހުވަފެނުން" ރައީސް މައުމޫނުގެ އަބުރު ނުގެއްލޭތަ؟ ބްރޯޑްކޮމް އަށް ފާޑުކިޔުން އޮއްސާލައިފި
28 ޖޫން 2017

ހޯރަފުށީ މެމްބަރުގެ ފާޑުކިޔުން ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް

28 ޖޫން 2017
ހޯރަފުށީ މެމްބަރުގެ ފާޑުކިޔުން ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
25 މެއި 2017

"ރަންމުތް" ފޮތް ނެރެފި

25 މެއި 2017
"ރަންމުތް" ފޮތް ނެރެފި
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް